ވިލް ސުމިތު އަދި އައިޝްވާރިޔާ: ސުމިތުގެ "ހިޗް" އިން އައިޝްވާރިޔާ އަށް ލިބުނު ފުރުސަތު ވަނީ ދޫކޮށްލާފައި.
09 އޮކްޓޯބަރ 2018 - 08:11
މީގެ 15 ވަރަކަށް އަހަރު ކުރިން އައިޝްވާރިޔާ ރާއީ އަށް، ހޮލީވުޑްގެ އެކްޓަރު ވިލް ސުމިތާ އެކު ފިލްމެއް ކުޅެން ހުށަހެޅި އެވެ. އެއީ 2005 ގެ "ހިޗް" އެވެ. އެކަމަކު ކުރީގެ ރީތީގެ ރާނީ ވަނީ އެ ފިލްމުން ލިބުނު ފުރުސަތު ދޫކޮށްލައިފަ އެވެ.
އައިޝްވާރިޔާއަކީ ޕިންކް ޕެންތާ 2 (2009)، ދަ މިސްޓްރެސް އޮފް ސްޕައިސް (2005) އަދި ޕްރައިޑް އެންޑް ޕްރެޖިޑައިޒް (2004) ފަދަ ހޮލީވުޑް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ.
އޭނާއާ އެކު ފިލްމެއް ކުޅެން ކުރިން ދެކެމުން އައި ހުވެފެން ބިލާހަކަށްވި ނަމަވެސް ވިލް ސުމިތު އަދިވެސް ހުރީ އައިޝްވާރިޔާއާ އެކު ފިލްމެއް ކުޅެން ދެކޭ ހުވަފެނުގަ އެވެ. މިދިޔަ ހަފުތާގައި ބޭއްވި ހިންދުސްތާން ޓައިމްސް ލީޑަޝިޕް ސަމިޓްގައި، 50 އަހަރުގެ އެކްޓަރު ބުނި ގޮތުގައި އައިޝްވާރިޔާއާ އެކު ސްކްރީން ހިއްސާކުރުމަކީ އޭނާ އަބަދުވެސް ބަލާނެ ހުވަފެނެވެ.
Just @FarOutAkhtar teaching some desi moves to @willsmith. pic.twitter.com/0s4KhZX5eO
— Filmfare (@filmfare) October 6, 2018
ފަރްހާނާ އެކު ވިލް ސުމިތު ޑާންސް ސްޓެޕެއް ޖައްސަނީ.
"އުންމީދުކުރަން އަދިވެސް ކޮންމެވެސް ދުވަހަކުން އެ ފުރުސަތު ލިބޭނެ ކަމަށް،" ސަމިޓްގެ ތެރޭގައި އެކްޓަރު ފަރްހާން ހޯސްޓް ކުރި ސެގްމަންޓްގައި، "މެން އިން ބްލެކް" އާއި "އަލީ" ފަދަ ކާމިޔާބު ފިލްމުތަކުގެ އެކްޓަރު ބުންޏެވެ.
ސުމިތު ބުނި ގޮތުގައި ބޮލީވުޑް ފިލްމެއްގައި މަސައްކަތްކޮށްލުމަކީ ވެސް ބޭނުންވާ ކަމެކެވެ. އެގޮތުން ފިލްމެއްގައި ބޮލީވުޑް ސްޓައިލްގެ ނެށުމެއް ދައްކައިލަން ބޭނުންވާ ކަމަށް ބުންޏެވެ. ފަރްހާން ވަނީ ސުމިތަށް ޕަންޖާބީންގެ ސިގްނޭޗާ ބަންގްރާ ސްޓެޕެއް ވެސް ސްޓޭޖް މަތީގައި އިށީނދެގެން ތިބެ، ސުމިތު ލައްވައި ޖައްސުވައިފަ އެވެ.
ވިލް ސުމިތު ކަރަން އާއި ރަންވީރުއާ އެކު.
ފާހަގަކޮށްލެވޭ ކަމަކީ ހިންދީ ފިލްމެއްގައި ހިއްސާވެލަން އޭނާ ބޭނުންވާ ކަމަށް ބުނެފައިވާ އިރު ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، އަންނަ އަހަރު ނެރޭ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ހާއްސަ ފެނިލުމަކުން ވެސް ސުމިތު ފެންނާނެ ކަމެވެ. އެ ފިލްމުގެ ތަރިންނާ އެކު، ލަވައެއްގެ ޝޫޓިންގެ ތެރެއިން ސެޓުން ނަގާފައިވާ ފޮޓޯތަކެއް ސުމިތު ވަނީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ.
ސުމިތުގެ "ސޮޓީ 2" ގެ ސެޓްގައި.
ރެޕާއެއްގެ ގޮތުގައި މުނިފޫހި ފިލުވުމުގެ ދާއިރާ އަށް ނުކުމެ، ފަހުން ވަރުގަދަ އޭ ލިސްޓް އެކްޓަރަކަށް ބަދަލުވެގެން ދިޔަ ސުމިތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އަލައްދިން" އާއި "ޖެމިނީ މޭން" ހިމެނެ އެވެ.
ސުމިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ނެރުނު "ބްރައިޓް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
09 October 2018
ތިޔަ ބޯދާ ޚިޔާލު ދޫކޮށްލާ. ކުރިން ނުކުޅުނު ފިލްމެއް ދެނެއް ސްމިތު އާ އެކު ނުކުޅޭނެ. އަނެއްކާ މިހާރު އައިޝްވާރިޔާއާ ޖެހިފާ އެހެރީ ވަރުގަދަ ބަފާބެއެއް. އާއިލާގެ އަގުވެއްޓިދާނެތީއޯ؟ އެކަމަކު ފުލުފުލުގާ ފިލްމު ކުޅުނަސް އެއީކީ މައްސަލައެއްނޫން. އެހެން އުޅެލާފަވެސް ވަރުގަދަ ލޯބީގެފިލްމެއް ކުޅެލައިފިއްޔާ ދެން އެޖެހުނީ ކަންތަކާ. އާއިލާގެ އެކަކުވެސް އެފިލްމު ބެލިޔަކަވެސް ނުދޭނެ. އެހެންވީމަ މިބުނީ ކުރަންއުޅެ ނުވާނެކަންތައްވެސް ހުންނާނޭ.