ޕްރިޔަންކާ އާއި ނިކް: އަންނަ މަހު ކައިވެނި ކުރާނެ ކަމަށްވޭ.
14 އޮކްޓޯބަރ 2018 - 07:35
މިދިޔަ އޮގަސްޓް މަހު މުމްބާއީގައި އެންގޭޖްމަންޓް ރަސްމީކޮށް އިއުލާން ކުރި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އޭނާގެ އެމެރިކާގެ ލޯބިވެރިޔާ ނިކް ޖޯނަސް އަންނަ މަހުގެ ތެރޭގައި އިންޑިއާގައި ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުރިން އަޑު އަރާފައިވާ ގޮތުން ޕަޕަރާޒީންގެ ތުރާތަކުން ސަލާމަތްވުމަށްޓަކައި، ދެ ތަރިން ކައިވެނި ކުރާ ގޮތަށް އޮތީ ނިކްގެ މަގުބޫލު ޗުއްޓީ މަންޒިލެއްގެ ގޮތުގައި ފާހަގަކުރާ އެމެރިކާގެ ހަވާއީގައި އަންނަ އަހަރު އެވެ. ނަމަވެސް މީޑިއާތަކުން މިހާރު ބުނަނީ ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރާނީ އަންނަ މަހު އިންޑިއާގެ ޖޯދުޕޫރްގައި ކަމަށެވެ.
މިދިޔަ މަހު އިންޑިއާ އަށް ނިކް ކުރި ދަތުރުގައި ޖޯދުޕޫރަށް ޒިޔާރަތްކޮށް، ކައިވެނީގެ ހަފުލާ ބާއްވާނެ ތަނެއް ބަލައިފައިވާ ކަމަށްވެ އެވެ. އެގޮތުން ކައިވެނީގެ ހަފުލާ ބާއްވާނީ ޖޯދުޕޫރްގެ އުމައިދު ބަވަންގައި ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް ކައިވެނީގެ ހަފުލާ އޮންނާނެ ސީދާ ތާރީހެއް ހާމައެއް ނުކުރެ އެވެ. އެކަމަކު މި ހަފުލާގައި ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިންގެ ތެރެއިން 200 މީހަކަށް ދައުވަތު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ. އަދި ކައިވެނީގެ ހަފުލާގައި ޕްރިޔަންކާ އާއި ނިކް ބޭނުން ކުރާނީ އިންޑިއާގެ މަޝްހޫރު ދެ ފެޝަން ޑިޒައިނަރުން ކަމަށްވާ އަބޫ ޖާނީ އާއި ސަންދީޕް ކޯސްލާގެ ފަރުމާއެއް ކަމަށްވެ އެވެ.
ޕްރިޔަންކާ އާއި ނިކްގެ އެންގޭޖްމަންޓް އިއުލާން ކުރީ އޮގަސްޓް 18 ގައި.
މިހާރު އެމެރިކާގައި ހުރި ޕްރިޔަންކާ ދާދި ފަހުން އީ ނިއުސް އަށް ދިން އިންޓަވިއެއްގައި ބުނީ ނިކްއާ އެކު އާ ހަޔާތެއް ފަށަން މިހާރު ކެތްތެރިކަން ކުޑަވެފައިވާ ކަމަށެވެ. އަދި ކައިވެނި ކުރާ ދުވަހަކަށް ދެ މީހުން ވެސް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ޕްރިޔަންކާ، 36، އާއި ނިކް، 26 ގެ އެންގޭޖްމަންޓް ރަސްމީކޮށް އިއުލާން ކުރީ މުމްބާއީގައި އޮގަސްޓް މަހުގެ 18 ވަނަ ދުވަހު އެވެ. އެކަމަކު ދެ މީހުން އެންގޭޖްވީ ޖުލައި މަހު ލަންޑަންގަ އެވެ.
Priyanka Chopra aai Nick Jonas ge kaiveni Hawaii gai
The most trusted news source in the Maldives
Mihaaru
ކުރިން އަޑު އަރާފައި އޮތް ގޮތުން ދެ ތަރިން ކައިވެނު ކުރާނީ އަންނަ އަހަރު ހަވާއީގައި.
އަންނަ މަހުގެ ތެރޭގައި ކައިވެނި ކުރަން ޕްރިޔަންކާ ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އިރު، އޭނާ އަންނަނީ "ދަ ސްކައި އިޒް ޕިންކް" ކިޔާ ހިންދީ ފިލްމެއް ވެސް ކުޅެމުންނެވެ. ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ ފެބްރުއަރީ، 14، 2019 ގައި ރިލީޒް ކުރާ ހޮލީވުޑް ފިލްމު "އިޒިންޓް އިޓް ރޮމޭންޓިކް" އިންނެވެ.
އޭނާގެ އެންމެ ފަހުގެ ފިލްމަކީ ޖޫން މަހު ރިލީޒް ކުރި "އަ ކިޑް ލައިކް ޖޭކް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮލްކު7
14 October 2018
މެޗެއް ނުވޭ... މީ އެންމެ އަވަހަށް ރޫޅޭނެ ޖޯޑު.. އުމުރުގެ ތަފާތުވެސް މާ ބޮޑީ... މަޝްހޫރު ވާން ކުރާ ކަމެއް މީ..
މިލް
14 October 2018
ނިކް ހާދަ ރީއްޗޭ! ދިވެހި ފިރިހެނުން ނިކް ހާ ރީތި ނުވަނީ ކީއްވެ؟؟؟ އަޅޭ!!!
އަމްރީކާ
14 October 2018
ރީތި ފިރިހެނުން ހޯދަން އަމްރީކާއަށް ދާންވީނު؟
ސާބަހޭ
14 October 2018
ރީތި ފިރިހެނުން ނުލިބިގެން އުޅޭ މީހުން ތިހެން ހަބަރު ތަކައް ނުވާނެ ކަންތަކުގެ ވާހަކަ ދައްކަނީ. ދެން ބައިވަރު ވާހަކަ އަޅޭ!
ފުންއަސަރު
14 October 2018
އެހެންވެގެން މިބުނަނީ އުމުރުގެ ތަފާތަކީ ހަމަ އެއްވެސް އެއްޗެއްނޫނޭ. ބަލާބަލަނިކަން. އަހަރެންނަށް 36 އަހަރު. ނިކްއަށް 26 އަހަރު. ގައިމު އަހަރެންގެ ޖާދޫ ދެރަނަމަ އޭނާއަށް މިޗޮއިސް ކަމަކު ނުދިޔައީހެއްނު.
ސުނީތާ
14 October 2018
މަށާ އައްޅޯ އާ ވެސް ދެން އިންނަން މިއުޅެނީ