އައިޝްވާރިޔާ: އޭނާ ބުނީ ކެންސަރަށް ހޭލުންތެރިކަން އިތުރު ކުރަން ޖެހޭ ކަމަށް.
19 އޮކްޓޯބަރ 2018 - 06:38
އިންޑިއާގައި މިހާރަށް ވުރެ ބޮޑަށް ކެންސަރަށް ހޭލުންތެރިކަން އުފައްދަންޖެހޭ ކަމަށާއި އެ ބައްޔާ ބެހޭ ގޮތުން އަދިވެސް އެކަށީގެންވާ ވަރަށް އާންމުންގެ މެދުގައި ހޭލުންތެރިކަން ނުހުންނަ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ ބުނެފި އެވެ.
ޓާޓާ މެމޯރިއަލް ހޮސްޕިޓަލާއި ވިމެންސް ކެންސާ އިނިޝިއޭޓިވް (ޑަބްލިއުސީއައި) ގުޅިގެން ބޭއްވި އިވެންޓެއްގައި، ކުރީގެ ރީތީގެ ރާނީ ބުނީ އެންމެ މުހިއްމު ކަމަކީ ކެންސަރާ ބެހޭ މައުލޫމާތު ވީހާ ވެސް ފުޅާކޮށް ލިބޭނެ ގޮތް ހެދުން ކަމަށެވެ.
"ފަސޭހައިން މައުލޫމާތު ލިބޭނެ ގޮތްތައް އިންތިޒާމުކޮށް، މައުލޫމާތުތައް ފަރުގައި ކެންސަރު ބައްޔާ ބެހޭ ގޮތުން ހޭލުންތެރި ކުރުވުމަކީ ހުއްޓުމެއް ނެތި ކުރަން ޖެހޭ ކަމެއް،" ދާދި ފަހުން ރިލީޒް ކުރި "ފަނޭ ހާން" ގެ ބަތަލާ ބުންޏެވެ.
އައިޝްވާރިޔާ ބުނި ގޮތުގައި ކެންސަރާ ބެހޭ މައުލޫމާތު ކުޑަވުމަކީ، މި ބައްޔާ ދޭތެރޭ މީހުން ދެކޭ ގޮތާއި ބައްޔާ ދެކޮޅަށް ކުރަން ޖެހޭ މަސައްކަތްތަކަށް ވެވޭ އިހުމާލެކެވެ.
އައިޝްވާރިޔާ ފިރިމީހާ އަބީޝެކާއި ދަރިފުޅު އަރާދިއާއާ އެކު.
"އެންމެ މުހިއްމު ކަމަކަށް ކެންސަރަކީ އެ ބަލި ޖެހޭތާ ކުރީކޮޅު އެކަށީގެންވާ ފަރުވާ ދެވިއްޖެ ނަމަ ރަނގަޅު ކުރެވިދާނެ ބައްޔެއްކަން. ހަހަގީގަތުގައި މިހަކަ މައުލޫމާތުތައް ގިނަ ބަޔަކަށް ނޭނގުުމާއި ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަން ކުރެވޭ ގޮތުން ސިއްހީ ބޮޑެތި މައްސަލަތަކުގެ ތެރެއަށް މީހުން ހުށަހެޅޭ،" ޔޫއެންގެ އެއިޑްސް ޕްރޮގްރާމާއި ޔޫއެން އެއިޑްސްގެ އެމްބަސެޑަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ އައިޝްވާރިޔާ ބުންޏެވެ.
އޭނާ މަސައްކަތްކުރާ ފިލްމީ ދާއިރާ އަށް ބަލާ އިރު، ކެންސަރު ޖެހިގެން، ފަރުވާ ހޯދުމަށް ފަހު ރަނގަޅުވެފައި ތިބި މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ބަތަލާ މަނީނާ ކޮއިރަލާއި ލީޒާ ރޭ ހިމެނެ އެވެ.
ބޮލިވުޑްގެ ފަންނާނުންގެ ތެރެއިން ކެންސަރަށް މިހާރު ފަރުވާ ހޯދާ މީހުންގެ ތެރޭގައި އިރްފާން ހާން، ސޮނާލީ ބެންޑްރޭ އަދި އަޔޫޝްމަން ކުރާނާގެ އަންހެނުން ތާހިރާ ކެޝަޕް ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީކޭ
19 October 2018
ކުރާނެ އެހެން ކަމެއް ނެތީތަ؟ ތި އިންޑިއާގަ ކެންސަރަށްވުރެ ބޮޑަށް ރޭޕްގެ ބަލި ބޮޑު.
ވޯރޑްސް
19 October 2018
ކެންސަރަށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ބޮލީވުޑް ގައި ހުރި އެންމެ ކުޅަދާނަ އެކްޓްރެސް ކަމުގައިވާ އައިޝްވަރިޔާ ބުނުމުން މަމެން އެކަމާއި ވަރަށް އުފާ ކުރަމޭ މިގޮތުން ވަރަށް މުހިއްމޭ އޮގަނިކް ފުޑްސް ކެއުން އާދަ ކުރުމަށް ޖަންކް ފުޑްސް ނުކައި މޮޑަރން ކޮމިއުނިޓީ ކޮފީއަށް ދެވި ހިފާ ޖަންކް ފުޑްސް ކެއުން ފެގް ބުއިން ދުފުން އަދި ރާބުއިން މީ ކެންސަރަށް މަގެކޭ އައިޝް މިކަމުގައި އިނީޝިއޭޓިވް ނެގުން ހެޕީ ނިއުސް ދީސް އާރ ދަ ވޯރޑްސް އައި ހެލްޑް ބެކް.