ވިޝާލް އާއި ނޭހާއާ އެކު އައްނޫ (ކ) އިންޑިއަން އައިޑޮލްގެ ސްޓޭޖްގައި.
22 އޮކްޓޯބަރ 2018 - 07:31
ސޮނީ ޓީވީން މިހާރު ދައްކާ އިންޑިއަން އައިޑޮލް ސީޒަން 10 ގެ ޖަޖުންގެ ތެރޭގައި ހިމެނޭ އައްނޫ މަލިކުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރުމުން، އޭނާ ޖަޖުންގެ ޕެނަލުން ވަކިވާން ގޮވާލާ މީހުން ގިންވުމާ އެކު އައްނޫ ދެން ޖަޖުންގެ ޕެނެލުން ނުފެންނާނެ ކަމަށް ސޮނީ ޓީވީން ބުނެފި އެވެ.
އެ ޗެނެލުން ނެރުނު ބަޔާނެއްގައި ބުނީ ޖޫރީ ޕެނެލުން ދެން އައްނޫ ނުފެންނާނެ ކަމަށާއި އޭނާގެ ބަދަލުގައި ވަރަށް އަވަހަށް ފަންނާނަކު ހަމަޖައްސާނެ ކަމަށެވެ. ސޮނީން ބުނީ އައްނޫ ދެން ނުފެނުނަސް ކުރިއެކޭ އެއްގޮތަށް ޝޯ ކުރިއަށް ދާނެ ކަމަށެވެ.
އޭނާއާ އެކު ޖަޖުންގެ ޕެނެލުގައި މި ފަހަރު ހިމެނެނީ ވިޝާލް ދަދްލާނީ އާއި ނޭހާ ކައްކަރް އެވެ.
އެތަކެއް ފިލްމަކަށް މިއުޒިކް ހަދައި ދީފައިވާ އައްނޫ، 57، ފާހަގަ ކުރެވިފައި ވަނީ އިންޑިއަން އައިޑޮލް 2004 ގައި ގެނެސް ދޭން ފެށި ފަހުން، އެ ޝޯގެ ކޮންމެ ސީޒަނެއްގައި ވެސް ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފަންނާނެއްގެ ގޮތުގަ އެވެ.
އައްނޫ ޕިންކްވިލާ އަށް ބުނީ "މަސައްކަތަށް މި ވަގުތު ފޯކަސް ކުރެވެން ނެތުމުން އިންޑިއަން އައިޑޮލް އިން ބްރޭކެއް ނަގާފައިވާ" ކަމަށެވެ. ބެލެވޭ ގޮތުން އަންނަ ހަފުތާގައި ގެނެސްދޭ އެޕިސޯޑްތަކުން އޭނާ ނުފެންނާނެ އެވެ.
Kuch log aise hote hai jinhone zindagi mein itna kuch kar liya hota hai, ki unko sametna mushkil hota hai! Woh Laxmikant-Pyarelal Ji hai! #IndianIdol pic.twitter.com/QqiTh7zgz9
— Sony TV (@SonyTV) October 20, 2018
ހޮނިހިރު ދުވަހުގެ ރޭ ދެއްކި އައިޑޮލްގެ އެޕިސޯޑްގެ ތެރެއިން.
އިންޑިއަން އައިޑޮލްގެ ވަރަށް ފޯރި ގަދަ ހިސާބަކަށް އައިސްފައި ވަނިކޮށް، އައްނޫ އަށް ޝޯ އިން ވަކި ކުރަން ޖެހުނީ އޭނާގެ ފަރާތުން އަންހެނުންތަކަކަށް ޖިންސީ ގޯނާ ލިބުނު ކަމަށް ބުނެ، އެ ވާހަކަތައް މީޑިއާގައި ވަރަށް ބޮޑަށް ދެކެވިފައި ވަނިކޮށެވެ. އެގޮތުން ލަވަކިޔުންތެރިން ކަމަށްވާ ޝްވޭތާ ޕަންޑިތު އާއި އާއި ސޯނާ މަހާޕަޓްރާގެ އިތުރުން ނަން ހާމަ ނުކޮށް ވެސް އަންހެނުންތަކެއް ވަނީ އައްނޫގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފަ އެވެ.
Anu Malik ah kuraa thuhumaththah dhogukoffi
The most trusted news source in the Maldives
Mihaaru
އައްނޫ އަށް ވަނީ ޖިންސީ ގޯނާގެ މައްސަލަތަކެއް ތުހުމަތުކޮށްފައި
ނަމަވެސް އައްނޫ ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އޭނާ މިދިޔަ ހަފުތާގައި ނެރުނު ބަޔާނެއްގައި ބުނީ އެއީ އަބުރު ކަތިލަން ބަޔަކު ހަދައިގެން ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނެ ލަވަކިޔުންތެރިޔާ އަލީޝާ ޗިނޯއި ވެސް އައްނޫ އަށް ދައުވާކޮށްފައިވާ ކަމެވެ.
އެ މައްސަލާގައި ފަހުން އައްނޫ މާފަށް އެދުމުން އަލީޝާ ވަނީ މައްސަލަ ކޯޓުން ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުންއަސަރު
22 October 2018
ކުށެއްނެތްކަން ޔަގީންކޮށްދީފަ އަލުން ޝޯއާ ގުޅުމީ އެދޭއެދުން.