ސޮނާލީ: ކެންސަރަަށް ފަރުވާ ހޯދަމުން އަންނަނީ ނިއު ޔޯކްގައި.
04 ނޮވެމްބަރ 2018 - 07:35
ކެންސަރަށް ކުރާ ފަރުވާގަގައި ނަގާ ކީމޯތެރަޕީގެ ސަބަބުން ލޮލުގެ ފެނުމަށް ވެސް އަސަރުކޮށް، ލޮލަށް އާދަޔާހިލާފު ގޮތްތަކެއް ވަމުންދާ ކަމަށް ބޮލީވުޑްގެ ބަތަލާ ސޮނާލީ ބެންޑްރޭ ބުނެފި އެވެ.
އުމުރުން 43 އަހަރުގެ ބަތަލާ މިދިޔަ ޖުލައި މަހުން ފެށިގެން ނިއު ޔޯކްގައި ފަރުވާ ހޯދަމުން އަންނަ އިރު، އޭނާ ދޭތެރެ ދޭތެރެ ބައްޔާ ބެހޭ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރެ އެވެ. ފޮތްކިޔުމަށް ލޯބިކުރާ ސޮނާލީ ފޮތެއް ހިފައިގެން ހުރި ފޮޓޯއަކާ އެކު އިންސްޓަގްރާމްގައި ބުނީ ކީމޯތެރަޕީގެ ސަބަބުން ލޮލަށް އަސަރުކޮށް ކިޔަން ވެސް އުނދަގޫވާ ކަމަށެވެ. އޭނާގެ މި ޕޯސްޓަށް ކޮމެންޓް ކުރި ގިނަ ބަޔަކު ވަނީ އަވަސް ޝިފާއަކަށް އެދިފަ އެވެ.
"އަ ލިޓްލް ލައިފް" އާ ބެހޭ ގޮތުން ސޮނާލީ ބުނީ އެ ފޮތް ކިޔައިލަން ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމަށެވެ. ކީމޯތަރެޕީ ނަގަން ފެށުމުން، އޭނާގެ ފަން، ދިގު އިސްތަށިގަނޑު ވެސް ވަނީ ގެއްލިފަ އެވެ.
ސޮނާލީގެ ޕޯސްޓް.
"ހަމް ސާތު ސާތު ހޭ" ފަދަ ފިލްމުތައް ކުޅުނު މިހާރު ސޮނާލީ ހުރީ ތަލަކޮށެވެ. އަދި ދޭތެރެ ދޭތެރެއިން އެކި ކަހަލަ ވިގް ޖަހައިގެން ނަގާފައިވާ ފޮޓޯތައް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.
"ޑްރޯނާ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ގޯލްޑީ ބޭލްއާ ކައިވެނިކޮށްގެން ސޮނާލީގެ ފިރިހެން ދަރިއަކު ވެސް އެބަ ހުއްޓެވެެ. އެއީ 12 އަހަރުގެ ރަންވީރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޯލްރައިޓް
04 November 2018
މަމެން އެދެން ތިކުއްޖާ އަށް އަވަސް ރިކަވަރީ އަކަށް އިނގޭތޭ ބައިދަވޭ ޔޫ ގޮޓް ބިއުޓިފުލް އައިޒް...
ސާބަސް00
04 November 2018
އޭނަ އިންސްޓަގްރާމްގައި އެއިނީ ކުރިން ފޮތްކިޔަން އުނދަގޫ ވިޔަސް މިހަަރު ރަނގަޅޭ ދޯ ބުނެފައި . ފުކެއް ބޮޑުވަރު !!!