ސަންޖޭ: އޭނާގެ ގިނަ ފިލްމުތަކެއް ކުރިއަށް އެބަހުރި.
09 ނޮވެމްބަރ 2018 - 06:17
ނެޓްފްލިކްސް އިން ގެނެސް ދިން އިންޑިއާގެ ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ގެ ލިޔުންތެރިޔާ ވަރުން ގްރޯވާ އަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވި، އޭގެ ޕްރޮޑަކްޝަނުގައި ހިއްސާވި ފިލްމު ކުންފުނި ފެންޓަމް ފިލްމުގެ ހިއްސާދާރަކަށް ވެސް ޖިންސީ ގޯނާގެ ތުހުމަތު ކުރެވުމާ ގުޅިގެން މީގެ ދެވަނަ ސީޒަނެއް ހަދާނެ ކަމާ ދޭތެރޭ އޮތީ ސުވާލު އުފެދިފަ އެވެ.
އެކަމަކު ނެޓްފްލިކްސް އިން އޮތީ މި މައްސަލަގަނޑު ހޫނުވުމުގެ ކުރިން "ސެކްރެޑް ގޭމްސް" ގެ ދެވަނަ ބައެއް ހަދާނެކަން އިއުލާން ވެސްކޮށްފަ އެވެ. އަނެއްކޮޅުން ފުރަތަމަ ސީޒަނަށް ލިބުނު ތަރުހީބު އެހާމެ ބޮޑެވެ. އެހެންވެ ދެވަނަ ސީޒަނެއް ގެނެސް ދިނުމުގެ ޝައުގުވެރިކަން ނެޓްފްލިކްގެ ވެސް ވަރަށް ބޮޑެވެ.
އުފާވެރި ހަބަރަކީ "ސެކްރެޑް ގޭމްސް" ގެ ދެވަނަ ސީޒަންގެ މަސައްކަތް ފަށައި އޭގެ ޝޫޓިން ވެސް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމެވެ. އެހެންވެ މީގެ މުހިއްމު ރޯލްތައް ކުޅުނު ސައިފް އަލީ ހާނާއި ނަވާޒުއްދީން ސިއްދީގީ އެ މީހުންގެ ރޯލުތަކުން ފެނިގެން ދާނެ އެވެ.
The worst is yet to come. Sacred Games will be back for Season 2. pic.twitter.com/lSBIzQR2b9
— Netflix India (@NetflixIndia) September 21, 2018
ނެޓްފްލިކްސްގެ ޓްވީޓެއް.
ސައިފް ޝޫޓިންގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް މީޑިއާތަކަށް ތިލަވެފައިވެ އެވެ. "ސެކްރެޑް ގޭމްސް" ގެ ޑައިރެކްޓަރުންނަކީ އަނޫރާގް ކެޝަޕާއި ވިކަރްމަދިތިޔާ މޮޓްވާނާ އެވެ. ނެޓްފްލިކްސް އިން ބުނި ގޮތުގައި ސީޒަން ދޭއްގެ މަސައްކަތް ފެށީ އެ ޖިންސީ މައްސަލަތަކާ ގުޅިގެން ހިންގި އެތެރޭގެ ތަހުގީގަކަށް ފަހު އެވެ.
އެގޮތުން ލިޔުންތެރިތާ ވަރުންގެ މައްޗަށް ކުރި ތުހުމަތުގައި ބުރަދަނެއް ނެތްކަން އެނގުމާއި ފެންޓަމް އުވާލުމާއި އޭގައި ހިއްސާވި ޕްރޮޑިއުސަރު/ޑައިރެކްޓަރު ވިކާސް ބާލްގެ އެއްވެސް ހިއްސާއެއް "ސެކްރެޑް ގޭމްސް" ގައި ނެތުން ހިމެނެ އެވެ.
"ސެކްރެޑް ގޭމްސް" ގެ ދެވަނަ ސީޒަން ގެނެސް ދޭނެ އިރެއް އަދި ނޭނގެ އެވެ. ފުރަތަމަ ސީޒަނުގައި ހިމެނެނީ 8 އެޕިސޯޑެވެ.
ކުރީގެ "ކަސޯޓީ" އާއި "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ފަދަ މަޝްހޫރު ޓީވީ ސިލްސިލާތަކުގެ އިތުރުން "ހޭޓް ސްޓޯރީ 2" ފަދަ ބޮލީވުޑްގެ ފިލްމުތައް ކުޅެފައިވާ ބަތަލާ ސުރްވީން ޗާވްލާ އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސުރްވީން، ފިރިމީހާއާ އެކު.
ބޮލީވުޑް ލައިފުން ބުނީ 34 އަހަރުގެ ސުރްވީން ވިހާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކަމަށެވެ. އޭނާ ކައިވެނި ކުރީ 2015 ގަ އެވެ. ސުރްވީންގެ ފިރިމީހާއަކީ އަކްޝޭ ތައްކަރު ކިޔާ ވިޔަފާވެރިއެކެވެ.
"ޕާޗްޑް" އާއި "އަގްލީ" ފަދަ ފިލްމުތައް ވެސް ކުޅުނު ސުރްވީން ވަނީ ނެޓްފްލިކްސް މި އަހަރު ގެނެސް ދިން ވެން ސީރީޒް "ސެކްރެޑް ގޭމްސް" ގައި ވެސް ރޯލެއް ކުޅެފަ އެވެ.
ރިޝީ ކަޕޫރުގެ ބޭބެ ރަޖީބް ކަޕޫރު 28 އަހަރު ފަހުން ސްކްރީނަށް އަންނަ ފިލްމު "ތޫލްސިޑާސް ޖޫނިއާ" ގެ ހާއްސަ ފެނިލުމަކަށް ސަންޖޭ ދަތު އެއްބަސްވެއްޖެ އެވެ.
މިހާރު ފިލްމުގެ ޝޫޓިން ވެސް ކުރިއަށްދާ އިރު، މިދިޔަ ހަފުތާގެ ތެރޭހައި ސަންޖޭ ފެނިގެންދާ މަންޒަރުތައް އޭނާ ޝޫޓްކޮށްފައިވާ ކަމަށް ނޫސްތަކުން ބުންޏެވެ. "ޓޫލްސިޑަސް" ޖޫނިއާ" އަކީ ސަންޖޭ ސޮއިކޮށްފައި އޮތް ފިލްމު "ޕާނިޕަޓް" ގެ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާ ޕްރޮޑިއުސް ކުރާ ފިލްމެކެވެ. އެއީ އަންނަ އަހަރުގެ ޑިސެމްބަރުގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމެކެވެ.
Rajiv Kapoor 28 aharu fahun screen ah annanee
The most trusted news source in the Maldives
Mihaaru
"ޓޫލްސިޑަސް" އަކީ ރަޖީވް އެނބުރި ސްކްރީނަށް އަންނަ ފިލްމު.
"ޓޫލްސިޑަސް ޖޫނިއާ" އާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް އަދި ހާމައެއް ނުކުރެ އެވެ. މި ފިލްމަކީ 2005 ގައި "މިސްޑް ކޯލް" ގެނެސް ދިން ޑައިރެކްޓަރު މިރުދުލް ޑައިރެކްޓް ކުރާ ފިލްމެކެވެ.
ސަންޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ތޯރުބާޒް"، "ކަލަންކް"، "ޕްރަޝްތާނަމް" އަދި "ސަޅަކު 2" ހިމެނެ އެވެ.
މި އަހަރު ކާމިޔާބު ދެ ފިލްމެއް ކުޅުނު އަޔޫޝްމަން ކުރާނާ އަށް ކުރީގެ ހިންދީ ފިލްމެއްގެ ރިމެކެއްގެ ލީޑް ރޯލް ހުށަހަޅައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
Badhaaiyaan Bibi tenu badhaaiyaan re 💯
— Team_AyushmannK (@Ayushmann_Team) November 4, 2018
@BadhaaiHoFilm crosses 100 crores mark.... here's to many more👏🏻👏🏻
@ayushmannk @sanyamalhotra07 @raogajraj @Neenagupta001 @iAmitRSharma #BadhaaiHo pic.twitter.com/XB2pxNDKkb
އަޔޫޝްމަންގެ ޓްވީޓެއް.
އެ ފިލްމަކީ 1976 ގައި ރިލީޒު ކުރި ރޮމޭންޓިކް ކޮމެޑީ "ޗޯޓީ ސީ ބާތު" އެވެ. ބާސޫ ޗެޓަޖީ ޑައިރެކްޓް ކުރި ފިލްމުގެ ކާސްޓުންނަކީ އަމޯލް ޕަލޭކަރް، ވިދިޔާ ސިންހާ، އަޝޯކް ކުމާރު، ދަރުމެންދުރާ އަދި ހެމާ މާލިނީ އެވެ.
"ޗޯޓީ ސީ ބާތު" ގެ ރިމެކެއް ހަދަން ނިންމި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް، ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ނެތެވެ. އެކަމަކު އަޔޫޝްމަން އަށް ހުށަހަޅާފައި ވަނީ ޕަލޭކަރު ކުޅުނު ކެރެކްޓާ ކަމަށްވެ އެވެ.
ދާދި ފަހުން ރިލީޒް ކުރި "ބަދާއީ ހޯ އާއި "އަންދާދުން" ގެ ބޮޑު ކާމިޔާބީ އަށް ފަހު، އަޔޫޝްމަން ކުޅޭނެ ފިލްމުތައް ހޮވުމުގައި ކުރިއަށް އޮތް ތަނުގައި އަދި މާ ބޮޑަށް ވެސް ވިސްނާނެ ކަމަށެވެ. ސަބަބަކީ އޭނާ އާންމުކޮށް ކުޅޭ ފިލްމުތަކަކީ ބޮލީވުޑްގެ އެކްޓަރުން ނުކުޅޭ ކަހަލަ ތަންކޮޅެއް "އަންކޮންވެންޝަނަލް" ރޯލްތަކަށް އިސްކަން ދިނުމެވެ. އަދި ކުރިއަށް ވެސް ދާން ބޭނުމީ އެގޮތުގައި ކަމަށް އަޔޫޝްމަން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާއުޝާ
10 November 2018
ޜިޝީކަޕޫރުގެ ބޭބެ އެއްނޫން އެއީ އެއާއިލާގެ އެންމެ ހަގު ރިޝީގެ ކޮއްކޮ