ސްރީދޭވީ އަދި ކަރަން ޖޯހަރު.
15 ނޮވެމްބަރ 2018 - 07:38
މި އަހަރު އޮގަސްޓް 15 ވެގެން ދިޔައީ އަކްޝޭ ކުމާރާއި ޖޯން އަބްރަހަމް ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދިޔަ ދުވަހަކަށެވެ. އެކަމަކު ފާހަގަ ކުރަން ޖެހޭ ކަމަކީ، ދެ އެކްޓަރުންގެ ފިލްމުތައް ވެސް އެއް ދުވަހެއްގައި ރިލީޒްކޮށްގެން ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ވެސް ހޯދި ކަމެވެ.
އެގޮތުން އަކްޝޭގެ ކްރިކެޓް ފިލްމު "ގޯލްޑް" އަކީ 100 ކްރޯޑުން ކުލަބުން ޖާހަ ހޯދި ފިލްމެކެވެ. އަދި މި ފިލްމަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައި ލިބުނު ޖުމްލަ 151.43 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ.
ސަތޭކަ ކްރޯޑް ކުލަބުން ޖޯންގެ އެކްޝަން ތުރިލާ "ސަތިޔަމޭވް ޖަޔަތޭ" އަށް ޖާގައެއް ނުލިބުނަސް، އެއީ މި އަހަރުގެ އެންމެ ވިޔަފާރި ރަނގަޅު އެއް ފިލްމެވެ. މި އަހަރު އެންމެ ހިނގި އެއް ލަވަ ކަމަށްވާ "ދިލްބަރު" ވެސް ހިމެނޭ މިލަޕް މިލަން ޒަވޭރީ ޑައިރެކްޓް ކުރި "ސަތިޔަމޭވް ޖަޔަތޭ" އަކީ އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ޖުމްލަ 106.8 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
މި ދެ ފިލްމުގެ ބޮކްސް އޮފީސް ހަނގުރާމަ ބަލާ އިރު ކަށަވަރުވި ކަމަކީ ބެލުންތެރިންނަށް ކަމުދާ ކަހަލަ ކޮންޓެންޓް އެކުލެވޭ ފިލްމެއް ނަމަ، އެއް ދުވަހެއްގައި ރިލީޒްކޮށްގެން ވެސް ރަނގަޅު ވިޔަފާރިއަށް ކުރާނެ ކަމެވެ. ބޭނުން ވަނީ އޮއްޓަރު ހުރި ވާހަކަތަކެއް ކިޔައިދޭ ފިލްމުތަކެވެ.
އަންނަ އަހަރަކީ އަނެއްކާ ވެސް ޖޯން އާއި އަކްޝޭގެ ފިލްމުތަކެއް އެއް ދުވަހެއްގައި ރިލީޒް ކުރާނެ އަހަރެކެވެ. އެ ވެސް ހަމަ އޮގަސްޓް 15 ގަ އެވެ. އެ ތާރީހަކީ އިންޑިއާގެ މިނިވަން ދުވަސް މެ އެވެ.
A powerful true story of ordinary people with extraordinary dreams, on an unheard of mission to achieve the impossible. #MissionMangal will come alive on 15th August, 2019. See you at the theaters. @foxstarhindi
— Akshay Kumar (@akshaykumar) November 13, 2018
އަކްޝޭގެ ޓްވީޓް.
އަންނަ އަހަރު އެ ތާރީހުގައި ދެ ތަރިން އަންނާނީ "ބަތުލާ ހައުސް" އާއި "މިޝަން މަންގަލް" އާ އެކުގަ އެވެ.
ޖޯންް އަނެއްކާ ވެސް ފުލުހެއްގެ ރޯލުން ފެނިގެންދާ "ބަތުލާ ހައުސް" އަކީ ނިކިލް އަދުވާނީ ޑައިރެކްޓް ކުރާ ފިލްމެކެވެ. މިއީ އިންޑިއާގެ ކޮންޓްރަވާޝަލް ކޮޕެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
އޮގަސްޓް، 15، 2019 ގައި ރިލީޒް ކުރާ "މިޝަން މަންގަލް" އަކީ އަކްޝޭ މުހިއްމު ރޯލެއް ކުޅުމުގެ އިތުރަށް އޭނާ ކޯ ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނަގާ ފިލްމެކެވެ. ޖަގަން ޝަކްތީ ޑައިރެކްޓް ކުރާ މި ފިލްމަކީ އިންޑިއާ އިން މާސް އަށް ވާސިލުވާން ކުރިއަށް ގެންދާ މަޝްރޫއު މިޝަން އޯބިޓާ މާސް (މަންގަލިޔާން) އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
އަކްޝޭއާ އެކު ފިލްމުގައި ވިދިޔާ ބާލަން، ސޮނާކްޝީ ސިންހާ، ނިތިޔާ މެނަން، ތާޕްސީ ޕައްނޫ، ޝަރުމަން ޖޯޝީ އަދި ކިރިތީ ކުލްހާރީ ހިމެނެ އެވެ.
ޖޯން އާއި އަކްޝޭގެ ފިލްމުގެ އިތުރުން އަންނަ އަހަރުގެ އޮގަސްޓް 15 ގައި ރާޖްކުމާރު ރާއޯ އާއި މޯނީ ރޯއީގެ "މޭޑް އިން ޗައިނާ" ވެސް ރިލީޒް ކުރަން ވަނީ ތާވަލުކޮށްފަ އެވެ. އެ ތާރީހުގައި ކުރަން ރިލީޒް ކުރަން އޮތް އާލިއާ ބަޓާއި ރަންބީރު ކަޕޫރުގެ "ބުރައްމަސްތުރާ" ވަނީ އަންނަ އަހަރުގެ ޑިސެމްބަރަށް ފަސްކޮށްފަ އެވެ.
ޒީޓީވީން ދައްކާ ހެއްވާ މަޖާ ސިލްސިލާ "ބާބިޖީ ގަރްޕަރު ހޭ" ގެ ބަތަލާ ސޯމިއާ ޓަންޑަން ބަލިވެ އިންކަން އިއުލާންކޮށްފި އެވެ.
ސޯމިޔާގެ ޕޯސްޓް.
އެ ސިލްސިލާގައި އަނީތާ ވިބޫތީ ނާރަޔަން މިޝްރާ ކެރެކްޓާ ކުޅޭ ސޯމިޔާ، 34، ބަލިވެއިންކަން ވަނީ ހިއްސާ ކުރީ އިންސްޓަގްރާމްގަ އެވެ. އޭނާ ބުނީ ބަލިވެ އިނުމަކީ ލިބުނު ވަރަށް ބޮޑު އުފާވެރި ކަމެއް ކަމަށާއި މަޔަކަށްވާން އުޅުމުގެ އިހުސާސަކީ އާދަޔާހިލާފު ކަމެއް ކަމަށެވެ. ސޯރަބް ދެވެންދުރަ ސިންގް ކިޔާ މީހަކާ ސޯމިޔާ ކައިވެނި ކުރީ 2016 ގަ އެވެ.
ބޮލީވުޑްގެ ފިލްމު "ޖަބް ވީ މެޓް" ގައި ސަޕޯޓިން ކުޅެފައިވާ ބަތަލާ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "އެއިސާ ދޭސް ހެ މޭރާ" އާއި "މޭރީ އާވާޒް ކޯ މިލްގައީ ރޯޝްނީ" ހިމެނެ އެވެ.
"ތޭރޭ ނާމް" ގައި ސަލްމާން ހާން، "ބަޖިރާއޯ މަސްތާނީ" ގައި ރަންވީރު ސިންގް އަދި "މޭރީ ކޮމް" ގައި ޕްރިޔަންކާ ޗޯޕްޅާ ތަލަކޮށް ބެލުންތެރިންނަށް ސްކްރީނުގައި ފެނިފައި ވާނެ އެވެ. ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން އަރުޖުން ކަޕޫރު ވެސް ތަލަ ކެރެކްޓާއަކުން ފެންނާނެ އެވެ.
މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އަޝުތޯޝް ގޮވަރިކާގެ ތާރީހީ ހަނގުރާމަމަތީ ފިލްމު "ޕާނިޕަޓް" ގައި އަރްޖުން ފެނިގެން ދާނީ ތަލަކޮށެވެ.
އަރުޖުން ކަޕޫރު: އޭނާގެ އެންމެ ފަހުގެ ފިލްމަކީ "ނަމަސްތޭ އިންގްލެންޑް".
އެ ފިލްމުގައި އޭނާ ކުޅޭ ކެރެކްޓާގެ ނަމަކީ ސަދާޝިވް ރާއޯ ބައުގެ ރޯލެވެ. "ޕަނިޕަޓް" ޝޫޓިން އަށް އަރުޖުން ތައްޔާރުވާން ފަށާފައިވާ އިރު، އޭނާ ޑިޓެކްޓިވެއްގެ ރޯލު ކުޅޭ ރާޖްކުމާރު ގުޕްތާގެ ފިލްމު "އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ ޝޫޓިން މިހާރު ވަނީ ނިންމާލައިފަ އެވެ.
އަންނަ އަހަރުގެ ޑިސެމްބަރު 6 ގައި ރިލީޒް ކުރަން ނިންމާފައިވާ "ޕާނިޕަޓް" ގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތު، ކިރިތީ ސެނަން، މޯނިޝް ބާލް އަދި ޕަދުމިނީ ކޯލަޕޫރީ ހިމެނެ އެވެ.
ޑައިރެކްޓް ކުރާ ފިލްމެއްގައި ސްރީދޭވީއާ އެކު މަސައްކަތްކޮށްލަން ނުލިބުމުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށް ކަރަން ޖޯހަރު ބުނެފި އެވެ.
އޭނާ ބުނީ މި އަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ސްރީދޭވީ މަރުވުމުގެ ކުރިން އޭނާއާ އެކު ފިލްމެއްގައި މަސައްކަތް ކުރަން ވަރަށް ބޮޑަށް ހުވަފެން ދެކެމުން ދިޔަ ކަމަށެވެ. އެކަމަކު ކަރަން ޑައިރެކްޓް ކުރާ ފިލްމެއްގައި މަސައްކަތްލަން ނުލިބުމުގެ އިތުރަށް އޭނާ ޕްރޮޑިއުސް ކުރި ފިލްމެއްގައި ވެސް ސްރީދޭވީއާ އެކު މަސައްކަތްކޮށްލަން ނުލިބުމަކީ އަބަދު ވެސް އެކަމާ ދެރަވާނެ ކަމެއް ކަމަށް ކަރަން ބުންޏެވެ.
These are a few of my favourite people: #Sridevi & #KaranJohar.
— Sridevi Sena (@ProudSridevians) August 25, 2014
- Juhi Chawla@SrideviBKapoor @karanjohar @iam_juhipic.twitter.com/3oQwFuGs3i
ކަރަން. ސްރީދޭވީ އާއި ޖޫހީ ޗާވްލާއާ އެކު.
ކަރަންގެ ބައްޕަ އަދި ކުރީގެ ޕްރޮޑިއުސަރު ޔާޝް ޖޯހަރު ވަނީ ސްރީދޭވީގެ ފިލްމެއް ޕްރޮޑިއުސްކޮށްފަ އެވެ. އެއީ 1993 ގައި މަހޭޝް ބަޓް ޑައިރެކްޓް ކުރި "ގުމްރާހް" ގަ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ސްރީދޭވީ މަރުވި އިރު، ކަރަން ޕްރޮޑިއުސް ކުރާ ފިލްމަކަށް އޭނާ ސޮއިކޮށްފައި އޮތް ކަމެވެ. އެއީ މިހާރު އަބީޝެކް ވަރުމަން އަންނަ އަހަރުގެ އެޕްރީލް 19 ގައި ގެނެސްދޭ ޕީރިއަޑް ޑްރާމާ "ކަލަންކް" އެވެ. އެ ފިލްމުން ސްރީދޭވީ ދިން ރޯލު މިހާރު ކުޅެނީ މަދޫރީ ޑިކްސިޓެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތު، އާލިއާ ބަޓް، ވަރުން ދަވަން، ސޮނާކްޝީ ސިންހާ އަދި އަދިތިޔާ ރޯއި ކަޕޫރު ހިމެނެ އެވެ.
ސްރީދޭވީއާ އެކު ފިލްމެއްގެ މަސައްކަތްކޮށްލަން ނުލިބުނަސް އޭނާގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު ބޮލީވުޑަށް ނެރުނީ ކަރަން އެވެ. އެއީ މި އަހަރު ރިލީޒް ކުރި "ދަޅަކް" އިންނެވެ. ޖާންވީއަކީ ކަރަންގެ "ތަހުތު" ގެ ބަތަލާއެއް ވެސް މެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ޙުޝީ ކަޕޫރު ވެސް ބޮލީވުޑަށް ނެރޭނީ ކަރަން އެވެ. އެއީ ޝާހްރުކްގެ ދޮށީ ފިރިހެން ދަރިފުޅު އަރިޔަން ހާނާ އެކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy