މުނިފޫހިފިލުވުން / ބޮލީވުޑް

އަކްޝޭ ކުމާރުގެ "މިޝަން މަންގަލް" ގެ ސްކްރިޕްޓަށް މީހަކު ދައުވާކުރަނީ

ފިލްމު "މިޝަން މަންގަލް" ގެ ތަރިންތަކެއް: މީގެ މަސައްކަތް ފަށަން އަންނަނީ ތައްޔާރުވަމުން.

23 ނޮވެމްބަރ 2018 - 06:14

އަކްޝޭ ކުމާރުގެ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސް އާއި ފޮކްސް ސްޓާ ސްޓޫޑިއޯސް ގުޅިގެން ހަދަން ނިންމާފައިވާ ފިލްމު "މިޝަން މަންގަލް" އަކީ އެމެރިކާގައި ދިރިއުޅޭ ރާދާ ބަރަދުވާޖް ކިޔާ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ސްކްރިޕްޓަކަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށް ބުނެ އޭގެ މަސައްކަތް ހުއްޓުވައި ދޭން އެދި އޭނާ ބޮމްބޭ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ރާދާ ބުނި ގޮތުގައި އަންހެން އިންޖިނިއަރުންތަކެއް އިސްކޮށް ތިބެގެން އިންޑިއާ އިން މާސް އަށް ދާން ކުރާ ދަތުރަށް ބިނާކޮށް އޭނާ ލިޔެފައިވާ ސްކްރިޕްޓަކީ 2016 ގައި ޔޫއެސް ކޮޕީރައިޓް އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ އެއްޗެކެވެ.

އަދި އެއަށް ފިލްމެއް ހަދަން ޕްރޮޑިއުސަރު އަތުލް ކަސްބޭރުގެ ފިލްމު ކުންފުނި އެލިޕްސިސް އެންޓަޓައިންމަންޓާއި ބަތަލާ ވިދިޔާ ބާލަންއާ ސްކްރިޕްޓް ހިއްސާކޮށް އޭގެ މަސައްކަތްތަތަކެއް ކުރެވިފައިވާ ކަމަށް ރާދާ ބުންޏެވެ.

ވިދިޔާއަކީ އަކްޝޭ ވެސް މުހިއްމު ރޯލެއް ކުޅޭ "މިޝަން މަންގަލް" ގެ އެއް ބަތަލާ އެވެ. ޖަގަން ޝަކްތީ ޑައިރެކްޓް ކުރާ މި ފިލްމުގެ މައިގަނޑު ވާހަކައަކީ އަންހެނުން ސައިންޓިސްޓުންތަކެއްގެ ވާހަކަ އެވެ. އަދި ފިލްމު ބިނާކޮށްފައި ވަނީ އިންޑިއަން ރިސާޗް ސްޕޭސް އޮގަނައިޒޭޝަން (އިސްރޯ) އިން ނޮވެމްބަރު، 5، 2013 ގައި ލޯންޗް ކުރި މާސް އޯބިޓާ މިޝަން (މަންގަލިޔާން) އަށެވެ.

ރާދާ ބުނި ގޮތުގައި އޭނާފެ ސްކްރިޕްޓްގެ މައިގަނޑު ޕްލޮޓް "ވީދައިގެން" އެހެން ބަޔަކަށް ފިލްމެއް ނެހެދޭނެ އެވެ. އަދި އަކްޝޭ އާއި އޭނާގެ ޓީމުން ފިލްމު ހަދަނީ ރާދާގެ ސްކްރިޕްޓް ކޮންމެވެސް ގޮތަކަށް އަކްޝޭ އާއި ފޮކްސް ސްޓާއާ ހިއްސާ ކުރެވިގެން ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެކަން ސާބިތު ކުރެވޭނެ ލިޔެކިޔުންތައް ވެސް އެބަހުރި ކަމަށް ބުންޏެވެ.

ރާދާގެ ވަކީލު ސުރިޝީ އޮޖާ ވިދާޅުވީ އަކްޝޭގެ "މިޝަން މަންގަލް" ހަދަނީ ސީދާ ރާދާގެ ސްކްރިޕްޓްގައި ފިލްމުގެ ވާހަކަ ބައްޓަންކޮށްފައިވާ އެންގަލުން ކަމަށާއި އެހެންވެ އެއީ ކޮޕީރައިޓް ގާނޫނަށް އަރައިގަތުން ކަމަށެވެ.

އަކްޝޭގެ ޓްވީޓެއް.

މިކަމާ ބެހޭ ގޮތުން އަކްޝޭ އާއި ފޮކްސް ސްޓާ އިން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު ފިލްމު "ނީރްޖާ" ގެނެސް ދިން އަތުލްގެ ފިލްމް ކުންފުނިން ބުނީ ރާދާގެ ސްކްރިޕްޓަށް ފިލްމެއް ހަދަން މީގެ ކުރިން ވާހަކަތަކެއް ދެކެވުނު ކަމަށެވެ. ނަމަވެސް ދެ ފަރާތުގެ މެދުގައި އެއްބަސްވުމަކަށް ނާދެވިގެން އެކަން ހުއްޓިފައިވާ ކަމަށާއި ރާދާ ހަދަން އުޅޭ ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް އެލިޕްސިސް އެންޓަޓައިންމަންޓަށް މިހާރު ނޭނގޭ ކަމަށް ބުންޏެވެ.

"މިޝަން މަންގަލް" ގެ ޝޫޓިން މި މަހު ފަށާނެ ކަމަށް ބުނެފައިވާ އިރު، މީގެ ކާސްޓުންގެ ތެރޭގައި އަކްޝޭ އާއު ވިދިޔާއާ އެކު، ސޮނާކްޝީ ސިންހާ، ތާޕްސީ ޕައްނޫ، ކިރިތީ ކުލްހާނީ، ނިތިޔާ މެނަން، ޝަރުމަން ޖޯޝީ އަދި ސަންޖޭ ކަޕޫރު ހި،މެނެ އެވެ.

ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އޮގަސްޓް، 15، 2019 ގަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 50%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454