މުނިފޫހިފިލުވުން / ކެޓްރީނާ ކައިފް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސަންޖޭ އަންހެނުން މަންޔަތާއާ އެކު ރަންވީރާއި ދީޕިކާގެ ކައިވެނި ޕާޓީގައި: "ޕާނިޕަޓް" ގައި ސަންޖޭ ފެންނާނީ ތަލަކޮށް.

03 ޑިސެމްބަރ 2018 - 06:59

ސަލްމާން ހާންގެ ޅިޔަނު އާޔޫޝް ޝަރުމާގެ އަލަތު ފިލްމު "ލަވް ޔާތުރީ" އަށް ބެލުންތެރިންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބުނަސް އޭނާގެ ކެރިއަރު ކުރިއަށް އޮތީ އެވެ. ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާޔޫޝް ދެން ވެސް ކުޅޭނީ ސަލްމާން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

އެކަމަކު އެ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ރިޕޯޓް ކުރަމުން އަންނަ ގޮތުގައި އާޔޫޝް ވަނީ ސަންޖޭ ދަތާ އެކު ކުޅޭ ފިލްމަކަށް ސޮއިކޮށްފަ އެވެ. އަދި ވަކި ނަމެއް ދީފައި ނުވާ މި ފިލްމަކީ ގޭންްގްސްޓާރުންގެ ވާހަކަތަކެއް ކިޔައިދޭ އަންޑަވޯލްޑް ތުރިލާއެއް ކަމަށްވެ އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ސަންޖޭ އާއި އަޔޫޝް އެކީގައި ފެނިގެންދާ ފިލްމަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބާގީ 2" ގެ ޑައިރެކްޓަރު އަހުމަދު ހާނާއި ސްޓޫޑިއޯ ފައިވް އިލެމެންޓްސް ގުޅިގެން ހަދާ ފިލްމެކެވެ. އަދި ވަރަށް އަވަހަށް މި ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް އެ ނޫހުން ބުންޏެވެ.

އަޔޫޝް: އޭނާގެ ފުރަތަމަ ފިލްމަކީ "ލަވް ޔާތުރީ".

ސޮނާލީ އެނބުރި އިންޑިއާ އަށް

މިދިޔަ ޖުލައި މަހުން ފެށިގެން އެމެރިކާގެ ނިއު ޔޯކްގައި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ކުރީގެ ބަތަލާ ސޮނާލީ ބެންޑްރޭ އެނބުރި އިންޑިއާ އަށް ހިނގައްޖެ އެވެ.

އޭނާ ވަނީ ފުރުމުގެ ކުރިން އެ ވާހަކަ އިންސްޓަގްރާމްގައި ވެސް ފޭނުންނާ ހިއްސާކޮށްފަ އެވެ. ސޮނާލީ ބުނީ ދުވަސްތަކެއް ފަހުން އާއިލާ އާއި ގާތް ރައްޓެހިންގެ ކައިރި އަށް ދެވޭތީ ވަރަށް އުފާވާ ކަމަށާއި އެއީ ބޮޑު ހިތްވަރެއް ކަމަށެވެ.

"ހަމް ސާތު ސާތު ހޭ" އާއި "ދިލް ޖަލޭ" އަދި "ޑުޕްލިކޭޓް" ފަދަ އެތައް ފިލްމެއް ކުޅެފައިވާ ސޮނާލީ ކެންސަރަށް ފަރުވާ ހޯދާކަން ހިއްސާކުރީ ޖުލައި 4 ވަނަ ދުވަހު އެވެ. އޭރު އޭނާ ބުނެފައި ވަނީ "ހައި ގްރޭޑް" ކެންސަރުގެ ބާވަތަކަށް ފަރުވާ ހޯދަން ފަށާފައިވާ ކަމަށެވެ.

ސޮނާލީ އިންޑިއާ އަށް ފުރުމުގެ ކުރިން ނިއު ޔޯކްގައި.

ސޮނާލީ ގެންދިޔައީ ފަރުވާ ހޯދަން ފެށި ފަހުން އޭނާގެ ހާލަތާ ބެހޭ ވާހަކަތައް ވަރަށް އާންމުކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. ކީމޯތެރަފީ ފަރުވާ ނަގަން ފެށި ފަހުން އޭނާގެ ފަން ދިގު އިސްތަށިގަނޑު ފޭބުމުން ދޭތެރެ ދޭތެރެ އިން ވިގް ޖަހައިގެންނާއި ތަލަކޮށް ވެސް ފޮޓޯ ނަގައި، ސޮނާލީ އިންސްޓާގައި ހިއްސާ ކުރެ އެވެ.

އަނެއްކާވެސް އަޔޫޝްމަން އާއި ބޫމީ

ބަތަލާ ބޫމީ ޕެޑްނޭކަރު ބޮލީވުޑަށް ތައާރަފުވީ ވެސް އެކްޓަރު އަޔޫޝްމަން ކުރާނާއާ އެކު 2014 ގެ ފިލްމު "ދަމް ލަގާ ޙައިޝާ" އިންނެވެ. އޭގެ ފަހުން ދެ ތަރިން ވަނީ މިދިޔަ އަހަރު ރިލީޒް ކުރި "ޝުބް މަންގަލް ސާވްދާން" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

އަދި ތިން ވަނަ ފިލްމެއް ވެސް މި ދެ ތަރިންނާ އެކު "މަންމަރުޒިޔާން" ގެ ނަމުގައި އިއުލާން ކުރި އެވެ. އެކަމަކު އަނޫރާގް ކޭޝަޕް ޑައިރެކްޓްކޮށް މި އަހަރު އެ ފިލްމު ސިނަމާތަކަށް ގެނައި އަބީޝެކް ބައްޗަން އާއި ތާޕްސީ ޕައްނޫގެ އިތުރުން ވިކީ ކޯޝަލް ހިމަނައިގެންނެވެ.

އަޔޫޝްމަން އާއި ބޫމީ.

އުފާވެރި ހަބަރަކީ މި ފަހަރު ތިން ވަނަ ފިލްމަކުން އަޔޫޝްމަން އާއި ބޫމީ ފެނިގެން ދާނެތީ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ޝުބް މަންގަލް ސާވްދާން" ގެނެސް ދިން ޑައިރެކްޓަރު އާރްއެސް ޕުރައްސަނާގެ ކުރިއަށް އޮތް ރޮމޭންޓިކް ކޮމެޑީ އަށް ދެ ތަރިން ވަނީ ސޮއިކޮށްފަ އެވެ. އަދި މި ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް ލޯންޗް ކުރަން ވަނީ ހަމަޖެހިފަ އެވެ.

"އޭބީސީޑީ 3" އެއް ނޫން "ޑާންސް ޑާންސް"

ވަކި ނަމެއް ނުދީ މިދިޔަ އެޕްރީލް މަހު ވަރުން ދަވަން އާއި ކެޓްރީނާ ކެއިފް ނެށުމުގެ ފިލްމު ލޯންޗް ކުރި ހިސާބުން ވެސް ނަމާ ބެހޭ ގޮތުން އެކި ވާހަކަތައް ދިޔައީ ދެކެވެމުންނެވެ.

ކުރިން އަޑުއެރި ގޮތުން އެ ފިލްމުގެ ނަމަކީ އެނީބަޑީ ކޭން ޑާންސް (އޭބީސީޑީ) 3 އެވެ. މިއީ މަޝްހޫރު ކޮރިއޮގްރާފަރު ރެމޯ ޑި ސޫޒާގެ ކާމިޔާބު ފްރެންޗައިޒެކެވެ. ވަރުން އާއި ކެޓްރީނާގެ ޖޯޑު އަލަށް ސްކްރީނުން ފެނިގެންދާ ފިލްމަކީ ޑާންސް ފިލްމަކަށް ވާތީ މިއީ "އޭބީސީޑީ" ގެ ތިން ވަނަ ބައި ކަމަށް ބުނި ނަމަވެސް. ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ނަމަކީ "ޑާންސް ޑާންސް" އެވެ. މިއީ މި އަހަރުހެ ޖޫންގައި ރިލީޒް ކުރި "ރޭސް 3" އަށް ފަހު، ރެމޯ ޑައިރެކްޓް ކުރާނެ ފުރަތަމަ ފިލްމެވެ.

މި މަހުގެ ތެރޭގައި "ޑާންސް ޑާންސް" ގެ ޝޫޓިން ފަށަން އޮތް ނަމަވެސް މިހާރު ވަނީ އަންނަ އެޕްރީލަށް ފަސްކޮށްފަ އެވެ. އަދި ފިލްމުން ވަރުން އާއި ކެޓްރީނާއާ އެކު އިތުރު އެހެން ލީޑިން ބަތަލާއަކު ވެސް ފެނިގެން ދާނެ ކަމަށްވެ އެވެ. މީގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ނެށުންތެރިޔާ ޕުރަބޫދޭވާ ވެސް ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454