ސޯފީ އާއި ޖޯއީ: އަންނަ އަހަރު ކައިވެނި ކުރާނެ.
04 ޑިސެމްބަރ 2018 - 08:09
އެޗްބީއޯގެ މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" އިން ވިދައިލި ޒުވާން ބަތަލާ ސޯފީ ޓާނާ އަންނަ އަހަރު ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި އަހަރުގެ ކުރީކޮޅު ރާއްޖޭގައި ޗުއްޓީ ވެސް ހޭދަ ކުރި އަދި "ގޭމް އޮފް ތުރޯންސް" ގައި ސަންސާ ސްޓާކްގެ ކެރެކްޓާ ކުޅޭ 22 އަހަރުގެ ބަތަލާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ކައިވެނި ކުރި އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސްގެ ބޭބެ ޖޯއީ ޖޯނަސްއާ އެވެ.
"އެނަދަ މީ" އާއި "އެކްސް މެން: އެޕޮކެލިޕްސް" ފަދަ ފިލްމުތައް ކުޅެފައިވާ ސޯފީ އާއި ޖޯއީ އެންގޭޖްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
France 2019 💖 pic.twitter.com/o2Vo4mmqDs
— Sophiet.fan.Belfast (@FanBelfastLeigh) November 24, 2018
ސޯފީގެ ފޭނެއްގެ ޓްވީޓެއް.
ސޯފީއާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ޖޯއީ ވަނީ އެމެރިކާގެ އަންހެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި "އެޑްރިފްޓް" އާއި "ފްރޮމް ޕްރާޑާ ޓު ނާޑާ" ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާ ކެމީލާ ބެލްއާ ވެސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ.
ސޯފީ އާއި ޖޯއީ އަންނަ އަހަރު ފްރާންސްގައި ކައިވެނި ކުރާކަން ލައިފް ކޯޗް މައިކް ބެޔާ ވީޑިއޯއަކުން އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކުރުމަށް ފަހު، އެ ޕޯސްޓް ފަހުން ޑިލީޓްކޮށްލި ނަމަވެސް ސޯފީގެ ބައެއް ފޭނުން ވަނީ އެ ވީޑިއޯ ސޭވްކޮށް، ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ޕްރިޔަންކާ އާއި ނިކް ހޮނިހިރު ދުވަހު އިންޑިއާގެ ޖޯދުޕޫރްގައި ކައިވެނި ކުރި އިރު، އެ ހަފުލާގައި އެންމެ ފޯރި ނެގި މީހުންގެ ތެރޭގައި ސޯފީ އާއި ޖޯއީ ހިމެނެ އެވެ. އަންނަ އަހަރު އެ ދެ މީހުން ކައިވެނި ކުރަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމަ އެވެ.
އެކަމަކު އަސް ވީކްލީން ބުނި ގޮތުގައި ސޯފީ އާއި ޖޯއީ ކައިވެނި ކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.
"Game of Thrones" ge bathalaa Sophie Turner Raajjey gai
The most trusted news source in the Maldives
Mihaaru
ސޯފީ ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކޮށްފައި.
އަންނަ އެޕްރީލް މަހުގެ ތެރޭގައި "ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަން ދައްކަން ތައްޔާރުވަމުން އަންނަ އިރު، ސޯފީގެ ކުރިއަށް އޮތް ފިލްމަކީ ޖޫން، 7، 2019 ގައި ރިލީޒް ކުރާ "ޑާކް ފީނިކްސް" އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒް ކުރި "ޓައިމް ފްރީކް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy