ޕްރިޔަންކާ އާއި ނިކްގެ ކައިވެނީގެ ހަފުލާގެ ތެރެއިން.
04 ޑިސެމްބަރ 2018 - 08:08
އިންޑިއާގައި ފާހަގަ ކުރާ ދިވާލީ ފަދަ ހާއްސަ މުނާސަބުތަކާ ގުޅުވައިގެން ހަވާ އަރުވައި، ބަޑިބޭހުގެ ތަފާތު ކުޅިވަރުތުތައް ކުޅުމަކީ ސަގާފީ އާދައެކެވެ. އެކަމަކު މި ފަހުން ބަޑިބޭހުގެ ކުޅިވަރުތަކުގެ ސަބަބުން ނުރައްކާތެރި ބައެއް ހާދިސާތައް ހިނގާފައިވުމާއި އޭގެ ސަބަބުން ޖައްވު ނުސާފުވެ، އަޑުފަށްގަނޑު ވެސް ގަދަވާތީ ބަޑިބޭހުގެ ކުޅިވަރު ކުޅުން އިންޑިއާގައި މިހާރު އޮންނަނީ ހިފެހެއްޓިފަ އެވެ.
ނަމަވެސް ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އިންޑިއާގެ މަޝްހޫރި ބަތަލާ ޕްރިޔަންކާގެ ޗޯޕްޅާ އާއި އެމެރިކާގެ ނިކް ޖޯނަސްގެ ކައިވެނީގެ ހަފުލާތައް ޖޯދުޕޫރްގެ އުމައިދު ބަވަން ގަނޑުވަރުގައި ކުރިއަށް ގެންދިޔަ އިރު، ރޭގަނޑު ވަނީ ވަރަށް ގަދައަށް ހަވާ އެރުވުމުގެ ހަރަކާތްތަކެއް ބާއްވައިފަ އެވެ. މިކަމާ ގުޅިގެން ޕްރިޔަންކާ އަށް އެތައް ބައެއްގެ ފާޑުކިޔުންތައް މިހާރު ވަނީ އަމާޒުވެފަ އެވެ.
#WATCH: Fireworks at Umaid Bhawan Palace in Jodhpur, Rajasthan, after Priyanka Chopra and Nick Jonas tied the knot as per Christian rituals. pic.twitter.com/XpzYtGZG2G
— ANI (@ANI) December 1, 2018
އުމެއިދު ބަވަން ގަނޑުވަރުގައި ހަވާ އަރުވަނީ.
އޭނާއަކީ ވެސް ދިވާލީ ފަދަ މުނާސަބަތުތައް ފާހަގަ ކުރަން ވާނީ ތިމާވެއްޓާ ރައްޓެހިކޮށް ބަޑިބޭހާ ނުލާ ކަމަށް ދައުވާ ކުރާ ބަތަލާއެކެވެ. އަދި ނޭވާ ހިއްލުމުގެ މައްސަލަ ވެސް ހުންނާތީ ބަޑިބޭހުގެ ކުޅިވަރަކީ އެހާ ގަޔާވާ ކަމެއް ނޫން ކަމަށް ވެސް ޕްރިޔަންކާ ކުރިިން ބުނެފައިވެ އެވެ.
Why cracker has been burst in the wedding.
— Being_Stranger (@Being_Stranger) December 1, 2018
Priyanka hypocrisy has been exposed.
She was the one who r preaching ppl not to crack cracker to control pollution now where is the morality??
Priyanka shd apologize pic.twitter.com/CIFqJvcKfJ
މީހެއްގެ ޓްވީޓެއް.
އެހެންވެ، އޭނާގެ ކައިވެނީގެ ހަފުލާގައި ހަވާ އެރުމުން އެކަން ގިނަ ބަޔަކަށް ހަޖަމު ކުރަން ދަތިވީ އެވެ. އަދި ސޯޝަލް މީޑިއާގައި ދަނީ ޕްރިޔަންކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
@priyankachopra pic.twitter.com/pMkKDHiqNW
— #ChappalChorPakistan (@SupariTroller) December 1, 2018
މީހެއްގެ ޓްވީޓެއް.
މިކަމާ ގުޅިގެން ހިޔާލު ފާޅު ކުރި މީހަކު ބުނި ގޮތުގައި ޕްރިޔަންކާގެ ފަރާތުން ފެނުނީ ދެފުށް ދެގޮތްކަމުގެ ލާމަސީލު މިސާލެކެވެ. އަދި އެހެން މީހުންނަށް ކަންކަން ނުކުރުމަށް ގޮވައިލާ އިރު، ފުރަތަމަ ތިމާ މީހާ އިސްލާހު ވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
"ބަޑިބޭހުގެ ކުޅިވަރު ކުޅޭތީ އޭނާ އަށް ނޭވާލެވޭ ކަމަކަށް ނުލެވޭ. އަޑުފަށްގަނޑު ގަދަކަމުން ކަންފަތް ބައްވޭ. އެކަމަކު އަމިއްލަ ކައިވެނީގެ ހަފުލާގައި ހަވާ އަރުވަންވީމަ މިއިން އެއްވެސް ކަމެއް ވާ ކަމަކަށް ނުވޭ،" ޓްވިޓާގައި މީހަކު ބުންޏެވެ.
އޭނާ އަދި ވަނީ ޕްރިޔަންކާގެ ކައިވެނީގެ ހަފުލާގައި އެރުުވީ ފަތްފިލާވެލިން ތައްޔާރުކޮށްފައިވާ ތިމާވެއްޓާ ރައްޓެހި ހަވާތޯ ވެސް ސުވާލު އުފައްދައި، ޖޯކް ޖަހައިފަ އެވެ.
ބައެއް މީހުން އަދި ވަނީ ކައިވެނީގެ ހަފުލާގައި ހަވާ އެރުވި ސީދާ ސަބަބު ޕްރިޔަންކާ ސާފުކޮށް ދޭން ޖެހޭނެ ކަމަށާއި އެކަމަށް މައާފަށް އެދެން ޖެހޭނެ ކަމަށް ވެސް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީކޭ
04 December 2018
އެއީ ދެން އެވަރު ކަމެއްތަ؟ މި ރާއްޖޭގަ ކުޑަކުޑަ ފާލަމެއް ހުޅުވަން އެރުވިހާ ހަވާޔޯ؟