ކަރީނާގެ ޝޯގައި ދައްތަ ކަރިޝްމާ.
09 ޑިސެމްބަރ 2018 - 08:04
އަޔޫޝްމަން ކުރާނާ އާއި ބޫމީ ޕެޑްނޭކަރު ތިން ވަނަ ފިލްމެއްގައި އެކުގައި މަސައްކަތް ކުރަން ފަށާ ވާހަކަ އިވިގެން ދިޔައީ އިހަކަށް ދުވަހު އެވެ. މިހާރު އޮތީ އެ ފިލްމުގެ އެންމެ ފަހުގެ ވާހަކަތަކެވެ.
މިދިޔަ އަހަރު ރިލީޒް ކުރި "ޝުބް މަންގަލް ސާވްދާން" އާއި 2014 ގެ "ދަމް ލަގޭ ހައިޝާ" އެކީގައި ކުޅުނު ދެ ތަރިން މި ފަހަރު ސޮއި ކުރި ފިލްމަށް ދީފައިވާ ނަމަކީ "ބާލާ" އެވެ.
މި އަހަރު ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި "އިސްތިރީ" ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަން އާއި ޑައިރެކްޓަރު އަމަރު ކޯޝިކްގެ "ބާލާ" ގެ ޝޫޓިން އަންނަ މާޗް މަހުގެ ތެރޭގައި ފަށާނެ އެވެ. އަދި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
Ayushmann Khurrana and Bhumi Pednekar... After #DumLagaKeHaisha and #ShubhMangalSaavdhan, the duo to head the cast of quirky laugh riot, titled #Bala... Produced by Dinesh Vijan and directed by Amar Kaushik, the team that delivered the Blockbuster #Stree... pic.twitter.com/t7OcUU6MQO
— taran adarsh (@taran_adarsh) December 8, 2018
ފިލްމު ކްރިޓިކް ތަރަންގެ ޓްވީޓެއް
އަޔޫޝްމަން މިހާރު އަންނަނީ އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ "ޑްރީމް ގާލް" ގެ މަސައްކަތް ކުރަމުންނެވެ.
އޭނާ ޕްރޮޑިއުސް ކުރާ "ޑޯލީ ކިޓީ އޯރް ވޯ ޗަމަކްތޭ ސިތާރޭ" ގެ މަސައްކަތް ބޫމީ ކުރަމުން އަންނަ އިރު، އޭނާ ވަނީ ކަރަން ޖޯހަރުގެ ތާރީހީ ފިލްމު "ތަހުތު" އަށް ވެސް ސޮއިކޮށްފަ އެވެ. ބޫމީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ފެބްރުއަރީ މަހުގެ 8 ގައި ރިލީޒް ކުރާ "ސޯންޗިޅިޔާ" އިންނެވެ.
ހެއްވާ، މަޖާ ލޯބީގެ ފިލްމު ހަދަން މަޝްހޫރު ޑައިރެކްޓަރު އަނީސް ބަޒްމީގެ ފިލްމަކަށް ޒުވާން އެކްޓަރު ކާތިކް އަރިޔަން ސޮއިކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަދި ނަން އިއުލާންކޮށްފައި ނުވާ މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން އުފައްދާ ފިލްމެކެވެ. އަންނަ އަހަރުގެ މެދުތެރޭގައި ޝޫޓިން ފަށާ ފިލްމަށް މިހާރު އަންނަނީ ބަތަލާއަކު ވެސް ހޯދަމުންނެވެ.
ކާތިކް، އަނީސް އަދި ބުޝަން.
ފިލްމު ޝޫޓް ކުރަން ހަމަޖެހިފައި ވަނީ އިންޑިއާ އާއި އިންޑިއާ އިން ބޭރުގަ އެވެ. އަނީސް މިހާރު އަންނަނީ ޖޯން އަބްރަހަމް އާއި އިލިއާނާ ޑި ކްރޫޒް އަދި އަނިލް ކަޕޫރު މުހިއްމު ރޯލްތައް ކުޅޭ ފިލްމު "ޕާގަލްޕަންތީ" ގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ.
މި އަހަރު ރިލީޒް ކުރި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިން ވިދައިލި ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކަކީ "ލުއްކާ ޗުއްޕީ" އާއި ކަންނާޑާ ފިލްމު "ކިރިކް ޕާޓީ" ގެ ހިންދީ ރީމެކެވެ.
ކަރީނާ ކަޕޫރު އާރްޖޭއެއްގެ ގޮތުގައި މަސައްކަތް ކުރާ ފުރަތަމަ ރޭޑިއޯ ޝޯ ގެ ޕްރޮމޯ ދައްކާލައިފި އެވެ.
It's about time! Here's the trailer for #KareenaKapoorKhan's new show #DaburAmlaWhatWomenWant on Ishq 104.8 FMhttps://t.co/xqNXTgEdH4
— Ishq (@IshqFM) December 6, 2018
އިޝްގް އެފްއެމްގެ ޓްވީޓް.
"ވަޓް ވިމެން ވޯންޓް ވިތު ކަރީނާ ކަޕޫރު" ގެ ނަމުގައި ގެނެސްދޭ މި ޝޯއަކީ އެހުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ރޭޑިއޯ ޗެނެލް އިޝްގް 104.8 އެފްއެމް އިން ގެނެސްދޭ ޝޯއެކެވެ. މި ޝޯ އަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނިކޮށް ދައްކައިލި ޕްރޮމޯއާ އެކު ވަނީ ޝޯ އިން ފެނިގެން ދާނެ ބައެއް މެހުމާނުންނަކީ ކޮބައިކަން ވެސް އެނގިގެން ގޮސްފަ އެވެ.
ކަރީނާ އިންޓަވިއު ކުރާ ތަރިންގެ ތެރޭގައި ސަނީ ލިއޯނީ، މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ، އަންހެން ކޮމީޑިއަން މަލިކާ ދުއާ، ބަތަލާ ސްވަރާ ބާސްކަރު، ކަރީނާގެ ފިރިމީހާ ސައިފް އަލީ ހާންގެ ކޮއްކޮ އަދި ބަތަލާ ސޯހާ އަލީ ހާން، ކަރީނާގެ ދައްތަ އަދި ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރު އަދި ކަރީނާގެ ގާތް އެކުވެރިޔާ/ކުރީގެ ބަތަލާ އަމްރިތާ އަރޯރާ ހިމެނެ އެވެ.
ބްރެޒިލްގެ 17 އަހަރުގެ މޮޑެލްއަކަށް ބޭއަދަބީ ފޮޓޯތަކެއް ފޮނުވި މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދުބާއީން ހައްޔަރު ކުރި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގް ދޫކޮށްލައިފި އެވެ.
Indian pop singer Mika Singh back in UAE police custody https://t.co/2SUFN0UTy7
— Gulf News (@gulf_news) December 7, 2018
މިކާ ހައްޔަރު ކުރީ ބުރާސްފަތި ދުވަހުގެ ރޭ.
ގަލްފް ނިއުސް އިން ބުނި ގޮތުގައި 41 އަހަރުގެ ލަވަކިޔުންތެރިޔާ ދޫކޮށްލީ ފަހުގެ ތާރީހެއްގައި ކޯޓަށް ހާޒިރު ވާން ޖެހޭ ގޮތަށެވެ.
މިކާގެ މައްސަލަ ދުބާއީގެ ފުލުހުންނަށް ރިޕޯޓް ކުރި މޮޑެލްއާ ހަވާލާދީ މީޑިއާތަކުން ބުނީ މިކާ އޭނާ އަށް ބަރަހަނާ މަންޒަރު ދައްކުވައިދޭ ބޭއަދަބީ ފޮޓޯތަކެއް ފޮނުވުމުގެ އިތުރަށް ބޮލީވުޑުން ފުރުސަތު ހޯދައި ދޭނެ ކަމަށް ބުނެ ޖިންސީ އުފާތަކެއް ހޯދަން ވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ދުބާއީން މިކާ ހައްޔަރު ކުރި އިރު އޭނާ ދުބާއީ އަށް ގޮސް ހުރީ ޕްރައިވެޓް ޕާޓީއެއްގައި ޕަފޯމް ކުރާށެވެ.
މިހާރު ހާލަކުން ފަހަރަކު ނޫނީ ކުޅޭނެ ފިލްމެއް ނުލިބޭ އެކްޓަރު އަރުޖުން ރާމްޕާލް ޒީ ނެޓްވޯކްގެ ޑިޖިޓަލް ޕްލެޓްފޯމް ޒީ5 އިން އިން ހަދާ ވެބް ސީރީޒަކަށް ސޮއިކޮށްފި އެވެ.
މިހާރު ކަޝްމީރުގައި ޝޫޓިން ކުރިއަށްދާ މި ސީރީޒްގެ ނަމަކީ "ފައިނަލް ކޯލް" އެވެ. މީތި ބިނާކޮށްފައި ވަނީ ޕްރިޔާ ކުމާރު ލިޔެފައިވާ ވާހަކަ "އައި ވިލް ގޯ ވިތު ޔޫ" އަށެވެ.
އަރުޖުން: މިހާރު ފިލްމުތަކުން ފެންނަލެއް ވަރަށް މަދު.
ބޮލީވުޑް ލައިފުން ބުނި ގޮތުގައި އަރުޖުންއާ އެކު، "ފައިނަލް ކޯލް" އިން ފިލްމު "ހައިދަރު" ގައި ޝާހިދު ކަޕޫރުގެ ފުރާވަރުގެ ރޯލް ކުޅުނު އެކްޓަރު އަންޝުމަން މަލްއުތުރާ ވެސް ފެނިގެން ދާނެ އެވެ. އެމްޓީވީގެ ސްލްޕިލްޓްވިލާގައި ވެސް ވާދަކޮށްފައިވާ އަންޝުމަން ވަނީ ދާދި ފަހުން ރާޖްޝުރީ ޕްރޮޑަކްޝަނުން އަންނަ އަހަރު ގެނެސް ދޭން އިއުލާން ކުރި ފިލްމު "ހަމް ޗާރު" އަށް ވެސް ސޮއިކޮށްފަ އެވެ.
އަރުޖުންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ސެޕްޓެމްބަރު މަހު ރިލީޒް ކުރި ހަނގުރާމަތީ ފިލްމު "ޕަލްޓާން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy