ސަލްމާން: އޭނާގެ ކައިވެންޏާ ބެހޭ ގޮތުން ކުރެވޭ ސުވާލުތައް ގިނަ.
08 ޖެނުއަރީ 2019 - 07:41
އުމުރުން 53 އަހަރުގެ ސަލްމާން ހާންގެ ކައިވެންޏާ ބެހޭ ގޮތުން ކުރެވޭ ސުވާލުތަކަށް ހުއްޓުމެއް ނެތެވެ. އޭނާ ދާ ކޮންމެ ތާކުން އެންމެ އާންމުކޮށް ކުރެވޭ ސުވާލަކީ ވެސް ކައިވެނި ކުރާނީ ކޮން އިރަކުތޯ އެވެ؟
ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހުގެ ރޭ ސޮނީ ޓީވީން ދެއްކި "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ވެސް ހަމަ އެ ސުވާލަށް ސަލްމާނަށް އެތައް ފަހަރަކު ޖަވާބު ދޭން ޖެހުނެވެ. އެގޮތުން ވަރަށް ގިނަ ތަރިންގެ ކައިވެނި ދާދި ފަހުން ވެސް ކުރެވިއްޖެ ކަަމަށާއި ސަލްމާން ކައިވެނި ކުރާނީ ކޮން އިރަކުތޯ ކަޕިލް ކުރި ސުވާލަށް ސަލްމާން މި ފަހަރު ވެސް ދީފައި ވަނީ ވަރަށް ފިނި ޖަވާބެކެވެ.
އޭނާ ބުނި ގޮތުގައި މިހާރު ކުޅެމުން އަންނަ ފިލްމު "ބާރަތު" ގައި ވެސް 72 އަހަރާ ހަމައަށް އަންނަ އިރު ވެސް އޭނާ ފެނިގެން ދާނީ ކައިވެނި ނުކޮށް ހުންނަ މީހެއްގެ ގޮތުގަ އެވެ.
ސަލްމާން ބައިވެރިވި "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ތެރެއިން.
"އެހެންވެ އެ ކެރެކްޓާ އަހަރެން މި ފޮލޯ ކުރަނީ،" ހިނިގަނޑެއް ޖަހައިލަމުން ސަމާސާ މިޒާޖަކަށް ސަލްމާން ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކައިވެނި ނުކޮށް ހުރުމުން މާ ބޮލަށް ފަސޭހަވެފައި މިނިވަންކަމާ އެކު ހަމަޖެހިލައިގެން އުޅެލަން ފުރުސަތު އޮންނާނެ އެވެ.
އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ "ބާރަތު" އިން ސަލްމާންގެ އުމުރުން 19-80 އަހަރާ ދެމެދުގެ މުއްދަތެއް ތަފާތު ލުކްސްތަކުގައި ފެނިގެން ދާނެ އެވެ. މި ފިލްމަކީ މި އަހަރު ފިތުރު އީދުގައި ރިލީޒް ކުރާ ފިލްމެކެވެ.
ސަލްމާން "ދަ ކަޕިލް ޝަރުމާ ޝޯ" ގައި.
"ބާރަތު" ގެ ބަތަލާއަކީ ސަލްމާނާ އެއް ދުވަސްވަރެއްގައި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކެޓްރީނާ ކެއިފެވެ. އިތުރު ކާސްޓުންގެ ތެރޭގައި ތައްބޫ، ޑިޝާ ޕަޓްނީ، ނޯރާ ފަތެހީ، ސުނިލް ގްރޯވާ، ޖެކީ ޝްރޮފް އަދި ސަތިޝް ކޯޝިކް ހިމެނެ އެވެ.
Salman lulia aa kaiveni kuraanetha?
The most trusted news source in the Maldives
Mihaaru
ސަލްމާނާއި އޫލިއާގެ ގުޅުމަކީ ހަގީގަތް ސާފު ނުވާ ސިއްރެއް.
ސަލްމާނުގެ ކައިވެނީގެ ވާހަކަ އިންޑިއާގެ "ގައުމީ މައްސަލައެއްހާ" ބޮޑުކޮށް މީޑިއާތަކުން ނަގާ އިރު، އޭނާއާ މި ފަހުން އަޅުވާ ކިޔަމުން އަންނަނީ ރޮމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރެވެ. އޭނާއަކީ ސަލްމާނާއި އޭނާގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ މީހެކެވެ. ސަލްމާންގެ އާއިލާއިން ބާއްވާ އެކިއެކި ހަފުލާތަކުން ފެންނާނެ އެންމެ އާންމު މޫނަކީ ވެސް މިހާރު އޫލިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަލަޑޭ
08 January 2019
ވެދާނެ ނުން ދިވެއްސަކާ އިންނަން ކަމަށްވެސް؟
އެމްއެމްއައި
08 January 2019
ސަލްމާނުގެ ކައިވެންޏާ ކަލޭމެންނާ ކޮންބެހޭ ކަމެއްތަ؟ ކައިވެނިކުރަންޖެހި ކައިވެނި ނުކޮށް މިދުނިޔޭގައި ހުރީ ސަލްމާނު އެކަނިތަ؟ މީސްތަކުން ޒާތީ ދިރިއުޅުން ޚަބަރަކަށް ވާކަށް ނުޖެހޭ.
އުމަރުބެ
08 January 2019
އޭނައަކީ ކައިވެންޏަކަށް އެކަށީގެން ނުވާ މީހަކަށްވެސް ވެދާނެދޯ މިބުނީ ނުކުޅެދުންތެރިކަމެއް ހުރެދާނެނޫންހޭ ؟ އަދި އެކަން އާންމުވާން ބޭނުން ނުވެދާނެ ކަމަށް ވިސްނަމާ