މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ސެޓެލައިޓް ޝަންކަރު" ގެ ޕޯސްޓަރެއްގައި ސޫރަޖް.

ބޮލީވުޑަށް ތައާރަފުވިތާ ހަތަރު އަހަރު ފަހުން ޒުވާން އެކްޓަރު ސޫރަޖް ޕަންޗޯލީގެ ދެވަނަ ފިލްމު "ސެޓްލައިޓް ޝަންކަރު" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

ޓީ ސީރީޒުން އުފައްދާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހު އެވެ. ސަލްމާން ހާން ޕްރޮޑިއުސް ކުރި "ހީރޯ" އިން ސޫރަޖް ބޮލީވުޑަށް ތައާރަފުވީ 2015 ގަ އެވެ.

އޭނާގެ ދެވަނަ ފިލްމު "ސެޓްލައިޓް ޝަންކަރު" އަކީ އިރްފާން ކަމަލް ޑައިރެކްޓް ކުރާ ފިލްމެކެވެ. ސޫރަޖް ސިފައިންގެ މީހެއްގެ ރޯލުން ފެނިގެންދާ ފިލްމުގެ ކާސްޓުންގެ ތެރޭގައި މޭގާ އާކާޝް އާއި ޕަލޯމީ ގޯޝް ހިމެނެ އެވެ.

މި ފިލްމުގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، ސޫރަޖް ވަނީ ތިން ވަނަ ފިލްމެއްގެ މަސައްކަތް ވެސް ނިންމައިގަ އެވެ. އެއީ ކެޓްރީނާ ކެއިފްގެ ކޮއްކޮ އީޒަބެލް ކެއިފް ބޮލީވުޑަށް ތައާރަފު ކުރާ ޑާންސް ފިލްމު "ޓައިމް ޓު ޑާންސް" އެވެ. އެ ފިލްމު އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

އަދިތިޔާ ޕަންޗޯލީގެ ދަރިފުޅު ސޫރަޖްގެ ކެރިއަރު އުންމީދު ކުރި ސްޕީޑްގައި އަރައިގެން ނުދިޔަ މައިގަނޑު ސަބަބަކީ 2013 ވަނަ އަހަރު "ދަންޖެހިގެން މަރުވި" ބަތަލާ ޖިއާ ހާންގެ މަރުގެ މައްސަލާގައި އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެވިފައިވާތީ އެވެ. ޖިއާ މަރުވި އިރު، ސޫރަޖް އުޅުނީ އޭނާއާ ލޯބީގެ ގުޅިގެން ކަމަށްވެ އެވެ. އަދި ޖިއާ އިނީ ބަލިވެ ކަމަށް އަޑުތައް އެރި އެވެ.

ޕްރަތީކްގެ ކައިވެނި މި މަހުގެ 22 ނުވަތަ 23 ގައި

ބޮލީވުޑްގެ ޒުވާން އެކްޓަރު ޕްރަތީކް ބައްބަރު މި މަހުގެ ތެރޭގައި ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕްރަތީކް ލޯބިވެރިޔާއާ އެކު.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޕްރަތީކާއި ލޯބިވެރިޔާ ސާނިއާ ސާގަރު ކައިވެނި ކުރާނީ މި މަހުގެ 22 ނޫނީ 23 ވަނަ ދުވަހު އެވެ. ސާނިއާއާ ރައްޓެހިވުމުގެ ކުރިން ޕްރަތީކް ވަނީ ދާދި މިިދިޔަ ހަފުތާގައި އެންގޭޖްމަންޓް އިއުލާން ކުރި ބަތަލާ އެމީ ޖެކްސަންއާ ވެސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ.

ޕްރަތީކް، 32، އަކީ މަރުވެފައިވާ ކުރީގެ މަޝްހޫރު ބަތަލާ ސުމީތާ ޕަޓިލް އާއި އެކްޓަރު ރާޖް ބައްބަރުގެ ދަރިއެކެވެ. މިދިޔަ އަހަރު އޭނާގެ ތިން ފިލްމެއް ރިލީޒްވި އެވެ. އެއީ "ބާގީ 2" އާއި "މުލްކް" ގެ އިތުރުން "މިތުރޯން" އެވެ.

ޕްރަތީކްގެ ތިން ފިލްމެއް މި އަހަރު ވެސް ރިލީޒް ވާނެ ކަމަޑް ބެލެވޭ އިރު އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ "ޑަންގަލް" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ އޮގަސްޓް 30 ގައި ގެނެސްދޭ "ޗިޗޯރް" އެވެ.

"އޭކް ލަޅްކީ" ގެ ޓައިޓްލް ލަވަ ދައްކާލައިފި

އަންނަ މަހުގެ 1 ވަނަ ދުވަހު ސިނަމާތަކަށް ގެންނަ ފިލްމު "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" ގެ ޓައިޓްލް ލަވަ ދައްކާލައިފި އެވެ.

މި ލަވައަކީ ފިލްމަށް ވެސް ނަން ދީފައިވާ ގޮތަށް، ބަތަލާ ސޯނަމް ކަޕޫރްގެ ބައްޕަ އަނިލް ކަޕޫރްގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 1994 ގެ "1942: އަ ލަވް ސްޓޯރީ" ގެ ޓައިޓްލް ލަވައިގެ ތެރެއަށް އިތުރު ރާގެއް ފައްތައިގެން ހަދާފައިވާ ލައެވެކެވެ. އޮރިޖިނަލް ލަވައިގެ މިއުޒިކް އާރްޑީ ބަރްމަން ހަދާފައިވާ އިރު، އާ ލަވައިގެ މިއުޒިކާ ކުޅެފައި ވަނީ ލަވައިގެ އެއް އަޑުގެ ވެރިޔާ ރޮޗަކް ކޯލީ އެވެ. ލަވަ ކިޔާފައި ވަނީ އޭނާ އާއި ދަރުޝަން ރަވަލް އެވެ.

ޝެލީ ޗޯޕްޅާ ދާރް ޑައިރެކްޓްކޮށްފައިވާ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" ގެ ލީޑް ރޯލުން ފެނިގެން ދާނީ ސޯނަމާއި އަނިލް އާއި ޖޫހީ ޗާވްލާގެ އިތުރުން ރާޖްކުމާރު ރާއޯ އެވެ.

"ޕާގަލްޕަންތީ" ގެ ކާސްޓާ ކްރިތީ ވެސް ގުޅިއްޖެ

އަނީސް ބަޒްމީ ލަންޑަނުގައި ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" ގެ ކާސްޓާ ޒުވާން ބަތަލާ ކްރިތީ ކަރްބަންދާ ވެސް ގުޅިއްޖެ އެވެ.

މި ފިލްމަށް ކުރިން ސޮއިކޮށްފައިވާ ތަރިންނަކީ ޖޯން އަބްރަހަމް، އަނިލް ކަޕޫރް، އިލިއާނާ ޑި ކްރޫޒް، ޕުލްކިތު ސަމްރާޓް އަދި އަރުޝަދު ވަރްސީ އެވެ.

އިންޑިއާގެ ސައުތުގެ ފިލްމުތަކުން ވިދައިލި ކިރިތީ، 30، އަކީ އިމްރާން ހާޝިމީއާ އެކު "ރާޒް ރީބޫޓް" އިން 2016 ގައި ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ.

އޭނާ ކުޅެފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި "ޝާދީ މޭ ޒަރޫޒު އާނާ" އާއި "ޔަމްލާ ޕަގްލާ ދީވާނާ: ޕިރް ސޭ" ހިމެނެ އެވެ. ކްރިތީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ހައުސްފުލް 4" ފާހަގަކޮށްލެވެ އެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454