18 ޖެނުއަރީ 2019 - 07:52
ރަންވީރު ސިންގް ބުނާ ގޮތުން ކައިވެނި ވަރަށް އުފާވެރި އެވެ. އޭނާ އާއި އަންހެނުން އަދި ދީޕިކާ ޕަދްކޯންގެ ދިރިއުޅުން މިހާރު ވަރަށް ފުރިހަމަ އެވެ. އަދި ކައިވެންޏަށް ފަހު ދެ މީހުން ކުރިއަށް ވުރެ ވެސް ޒިންމާދާރު ދެ މީހުންނަށްވެ، އެކަކަކު އަނެކަކަށް އޮންނަ އިތުބާރާއި ލޯބި ވެސް އެތައް ގުނައަކަށް އިތުރުވެއްޖެ އެވެ.
ފިލްމުފެއާ އިން ބޭއްވި ޝޯއެއްގައި ރަންވީރު ބުނި ގޮތުގައި ކައިވެންޏަށް ފަހު، އޭނާ އަށް ތިން ކަމެއް މިހާރު މަނަލެވެ. އަދި އެކަންކަން ނުކުރަން ދީޕިކާ ވަރަށް ބާރު އަޅާ ކަމަށް ބުންޏެވެ.
އޭގެ ތެރެއިން ފުރަތަމަ ކަމަކީ މާ ލަސްވަންދެން ގެއިން ބޭރުގައި އުޅުމެވެ. ދެވަނަ ކަމަކީ ނުކައި ގެއިން ބޭރަށް ދިއުމެވެ. ތިން ވަނަ ކަމަކީ ދީޕިކާގެ އެއްވެސް ކޯލެއް މިސްކޮށް ނުލުމެވެ.
— Ranveer Singh (@RanveerOfficial) November 20, 2018
"އެ ތިން ކަމަށް ވެސް ވަރަށް ބޮޑަށް ސަމާލުވެގެން އަދި އެގޮތަށް އުޅެވޭތޯ މި ބަލަނީ،" މިދިޔަ މަހު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ސިމްބާ" ގެ ބަތަލު ބުންޏެވެ.
ރަންވީރު ބުނި ގޮތުގައި އޭނާ ކައިގެންތޯ ބަލާނެ މީހަކު ކުރިން ނުހުރެ އެވެ. އެކަމަކު މިހާރު ދީޕިކާ އެކަމަށް ވަރަށް ބަލާ ކަމަށް ބުންޏެވެ.
"މިހާރު ދީޕިކާ ވަކިން ހާއްސަކޮށް ރޭގަނޑު ކެއުމަށް އަންނަން އަހަރެން ކޮންމެ ތާކު ހުއްޓަސް ހަނދާންކޮށް ދޭނެ. އެހެންވެ ރޭގަަނޑުގެ ކެއުން އެކީގައި އިންސާފުކުރުމަކީ ވަރަށް މުހިއްމު ކަމެއް،" އޭނާ ބުންޏެވެ.
ރަންވީރުގެ ތަފާތު ސްޓައިލެއް.
ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 14 ގައި ރިލީޒް ކުރާ "ގަލީ ބޯއި" އެވެ. އަދި އޭނާ މިހާރު އަންނަނީ ކަބީރު ހާން ޑައިރެކްޓް ކުރާ ކްރިކެޓް ފިލްމު "83" ގެ ޝޫޓިން ފަށަން ތައްޔާރުވަމުންނެވެ.
މީޑިއާތަކުން ބުނާ ގޮތުގައި ކައިވެންޏަށް ފަހު ރަންވީރަށް އައި އެންމެ އެންމެ ބޮޑު ބަދަލަކީ އޭނާ ހެދުން އަޅާ ސްޓައިލަށް އައި ކުއްލި ބަދަލެވެ. އޭނާ ކުރިން އާންމުންގެ ސަމާލުކަން ހޯދަނީ ވަރަށް "ޖޯކްކޮށް" ހެދުން އަޅައިގެންނެވެ.
އެގޮތުން ބޮލީވުޑްގެ އެކްޓަރުން ނުލާ ފާޑުގެ، ތަންކޮޅެއް ތަފާތު ސްޓައިލްގެ ކެޝްއެލް ހެދުންތައް ރަންވީރު ކުރިން ލައި އުޅުނެވެ. އެކަމަށް ދީޕިކާ ވެސް އިންސްޓަގްރާމްގައި އޭނާ އަށް އެތައް ފަހަރަކު ކުރިން ޖޯކް ޖަހާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާދީބުރާނީ
19 January 2019
ޗިލު ވެބަލަ. ކައިވެންޏަކީވެސް ފާޑެއްގެ އެއްޗެއް. އެކަކަށްވެސް މަބޮޑަށް ދޫކޮށްގެންވެސް ސަލާމަތެއް ނޯވޭ. ދޫނުކުރިއަސް ސަލަމަތެއް ނޯވޭ.އިނަސް ސަލާމަތެއް ނެތް. ނުއިނަސް ސަލާމަތެއް ނެތް.އިނދެގެން އުޅެންޏާ ހީވާނީ ގެއްލިދާނޭ. ނުއިނދެ އުޅެއްޏާ ހީވާނެ އިނދެގެން އުޅޭމީހުން ހާދަ އުފަލަކުއޭ އުޅެނީ.އަމިއްލައަށް އިނީމަ ހިތަށް އަރާނެ މީ ޖެހެން ހެޔޮވާވަރު ދަންތުރައެއް ނޫނޭ.ރަގަޅު އަނހެނުން އިންނާނެ ކަޑަ ފިރިހެނުންނާ. ރަގަޅު ފިރިހެނުން އިންނާނެ ކަޑައަންހެނުންނާ.
ޝާއްކޮ
18 January 2019
މީގަ އަޅެ މީހަކު ދަށުވާވަރު އެއްޗެއް ބުނެފަ އެބައޮތްތަ؟ ދިވެހި ފިރިހެނަކަށް ބޭނުންވަނީ ރައްޓެހިންނާ އެކީ ދޭއް ތިނެއް ޖަހަންދެން ކޮފީ ބޯން ތިބެން. ގޭގަ އަންހެނުން ކައްކާ އެއްޗެހި ކެޔަސް އަނބި ދަށުވީއެ. ފަތިސް އަތަށް އަޅާއިރުވެސް ގެޔަށް ނައިސްގެން ވީތަނެއް ބަލަން ގުޅައިފިއްޔާ އެވީ ފާރަލާ ކާމަށް. ?
ސަމާސާއެއްނޫން
19 January 2019
ހެޔޮކޮށް ތިބުނީ. ދިވެހިން މީ ފިސާރި ބައެއް. ރަނގަޅަށް ކުރާ ކަންކަންވެސް ވާނީ ގޯސް.
ދާދޭ
18 January 2019
ނިކަން އަވަސްވާނެ ވަރިވާލެއް. ފުރަތަމަ ދަރިފުޅު ލިބެންދެން (1 އަހަރު) ތިކަން ފުރިހަމަ ކުރެވިދާނެ ފަހަރުގާ.
އުދުހޭ
18 January 2019
އެޕެއް އަޅާފަ އޮޓޯ އާންސަރ އަށް ލާފަ ބައިންދާ އޭރަކުން ކޯލެއް މިސްއެއްނުވާނެ.
ލޮލް ކުމާރު
18 January 2019
މިކަހަލަ އަންހެނުން ރާއްޖޭގައިވެސް އުޅޭ. ކޮފީއަކަށް ނުދެވޭނެ، އޮފީސް ޕިކުނިކު ދަތުރު ނުދެވޭނެ، ހެދުމުގަ އިތުރު ސެންޓްވަހެއް ދުވާތޯ ބަލާނެ، ޗެރީކޯލާ ބޮއިގެން ތުންފަތުގެ ކުލަ ބަދަލްވެފަ ހުރެއްޖެއްޔާ އިލޮށިފަތި ހިފައިގެން ދުމެއްޖަހާފަ އަންނާނީ. އަނެއްހެން ބުނާނަމަ ފޯނުގެ ފާސްވޯޑްވެސް އޭނަ ޖަހާނީ.
ބޯބްރާންތި
18 January 2019
ބްރޯތީ ޝަރުތަކުގެ ފެށުން އަހަރެއްވާއިރު ގެއިންވެސް ނިކުކުމެވޭނޭ ކަންނޭގޭ. ފިލްމްގެ ވެސް ހީރޯގެ ރޯލު ދޫކޮށްލަން ޖެހޭނީ ހީރޯއިންއާއެކު ލަވަ ކުޅެންޖެހޭތީ. ބައްޕަގެ ރޯލަށް މިހާރުއްސުރެ ރެޑީވާން ޕްރެކްޓިސްކުރޭ.
ދީޕިކާ
18 January 2019
ޕީދިކާގެ ކޯލެއް މިސްކޮއްލެވެން ނެތީ ޕީދިކާ ބަރުވެގެން އުޅެނީތަ!
މާޓިން ބަޝީރު
18 January 2019
މީ ހާދަ މިލިޓަރީ އަންހެނެކޭ. ފިރިސޮރަށް ރައްޓެހިންނާއެކު އެއްޗެއް ކަޅެއްޖަހާލަން ނުދެވޭ، ފޯނެއް މިސްކޮށްނުލެވޭ 24/7 އޮންކޯލްގަ ހުންނަޖެހެނީ. ރަންބީރު ކަލޯ ތިއޮތީ ރަގަޅު އަންހެނަކާ ޖެހިފަ.
އަންްނި
18 January 2019
"ތިން ވަނަ ކަމަކީ ދީޕިކާގެ އެއްވެސް ކޯލެއް މިސްކޮށް ނުލުމެވެ". ކޯލް މިސްކޮށްނުލުން މަނާކަމަށްވަންޏާ މާނައަކީ ކޯލް މިސްކުރާށޭ؟
ލަމްބާ
18 January 2019
ކަލޯ، ކަލޭވެސް ތި ހަލާކުވީ. އަންހެނަކު ބުނާހާ ގޮތަކަށް އުޅެން ވެއްޖެއްޔާ ދެން އެހެންކަމެއް ކުރާނެ އަވައްޖެއް ނުވާނެ. އިންޗިއެއް ދިނިއްޔާ ކިލޯމީޓަރެއް ވަރު ދަމާލާނެ އެވެރިން.
ދާދޭ
18 January 2019
100ގެ ކޮމެންޓެއް. ޝައްކެއްނެތް.