ވިކީ ކޯޝަލް: މިއީ މިހާރު އަރަމުން އަންނަ އެންމެ އުންމީދީ އެއް އެކްޓަރު.
28 ޖެނުއަރީ 2019 - 07:33
އިންޑިއާގެ ކުރީގެ އެސްޓްރޮނޯޓް ރާކޭޝް ޝަރުމާގެ ބައޮގްރަފިކަލް ޑްރާމާ "ސާރޭ ޖަހާ ސެ އައްޗާ" ޝާހްރުކް ހާން ދޫކޮށްލުމުން، އެ ފިލްމު ޒުވާން އެކްޓަރު ވިކީ ކޯޝަލް އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ކުރިއަމުން އަންނަ އުންމީދީ ޒުވާން އެކްޓަރަށް ފިލްމު ހުށަހެޅި ނަމަވެސް، އެ ފިލްމުގެ ޓީމުން އަދި އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހިއްސާއެއް ނުކުރެ އެވެ. އެކަމަކު ވިކީ އަށް ފިލްމު ހުށަހެޅުމުން އޭނާ ވަނީ ވަގުތުން ފިލްމަށް އެއްބަސްވެފައި ކަމަށްވެ އެވެ.
އެ ނޫހުން ބުނި ގޮތުގައި ކުރިން އާމިރު ހާނަށް ހުށަހެޅުމުން އޭނާ އަމިއްލަ ސަބަބުތަކާ ހެދި ފިލްމު ދޫކޮށްލައި، ފިލްމު ކުޅެދޭން ޝާހްރުކަށް ހުށަހެޅުމުން އެކަން އޭނާ ގަބޫލުކޮށް، ޝޫޓިން ވެސް ފަށަން ތައްޔާރުވަމުން ދަނިކޮށް، ފިލްމުން ވަކިވުމުން "ސާރޭ ޖަހާ ސެ އައްޗާ" ގެ ޓީމުން ދެން ބޭނުންވީ ޒުވާން އެކްޓަރަކު ލައްވައި މި ފިލްމު ކުޅުވާށެވެ.
އެގޮތުން ވިކީ ފިލްމަށް ވަރަށް ފިޓްވާ ކަމަށްވެ އެވެ. "ސާރޭ ޖަހާ ސެ އައްޗާ" އަށް އޭނާ ސޮއިކުރިކަން ކަށަވަރު ވެއްޖެ ނަމަ، ފިލްމުގައި ވިކީ ކުޅޭނީ ރާކޭޝްގެ ރޯލެވެ.
މި މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރި ވިކީގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އަހަރުގެ ފުރަތަމަ ސުޕަ ހިޓް ފިލްމުގެ މަގާމު ހޯދާފައިވާ އިރު، އޭނާއަކީ މިހާރު ޑިމާންޑް ބޮޑުވަމުން އަންނަ އަދި ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވަމުން އަންނަ ހުނަރުވެރި އެކްޓަރެކެވެ.
Shah Rukh Khan "Saare Jaha Se Accha" dhookollee?
The most trusted news source in the Maldives
Mihaaru
ޝާހްރުކް "ސާރޭ ޗަހާ ސެ އައްޗާ ދޫކޮށްލީ" ފަރްހާންގެ "ޑޮން 3" އަށް ވަގުތު ދޭން ކަމަށްވޭ.
"ސާރޭ ޖަހާ ސެ އައްޗާ" ވިކީ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްކޮށްފައި މި ވަނީ ކަރަން ޖޯހަރުގެ ތާރީހީ ފިލްމު "ތަހުތު" ވެސް އޭނާ ތައްޔާރު ވާން ފަށާފައި ވަނިކޮށެވެ.
"ސާރޭ ޖަހާ ސެ އައްޗާ" ގެ ޑައިރެކްޓަރަކީ މަހޭޝް މަތާއީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy