ބޯނީ: ކާމިޔާބު ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވޭ.
13 ފެބުރުއަރީ 2019 - 06:34
ދެހާސް ސޯޅައިގައި ރިލީޒްކުރި ހިންދީ ފިލްމު "ޕިންކް" ގެ ތަމަޅަ ރިމޭކެއް ޕްރޮޑިއުސް ކުރަމުން އަންނަ ބޯނީ ކަޕޫރް، މިސްރުގެ މަގުބޫލު ފިލްމެއްގެ ހިންދީ ރިމޭކެއް ވެސް ގެނެސްދޭން ނިންމައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ ރިމެކެއްގެ ގޮތުގައި ގެނެސް ދޭން ނިންމާފައި ވަނީ 2016 ގައި ރިލީޒްކުރި މިސްރުގެ ލޯބީގެ ފިލްމު "ހެޕްޓާ: ދަ ލާސްޓް ލެކްޗާ" އެވެ. މިއީ ލޯބީގެ ހަތް މަރުހަލާއަކަށް ބެލުންތެރިން ގެންގޮސްދޭ ފިލްމެކެވެ. މިސްރުގެ ސިނަމާގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ހެޕްޓާ" އަކީ ހާދީ އަލް ބަގޯރީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ބޯނީ ބުނި މި ފިލްމު ހިންދީ ބަހުގެ އިތުރުން އިންޑިއާގެ އެހެން ބަހުރުވަތަކުން ވެސް ގެނެސް ދޭން ނިންމާފައިވާ ކަމަށެވެ. އެކަމަކު ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ނުދެ އެވެ.
"މިސްރަކީ އިންޑިއަން ސިނަމާގެ ނުފޫޒު ވެސް ވަރަށް ގަދަ ގައުމެއް. އެހެންވެ އެ ގައުމުގެ ކާމިޔާބު ފިލްމެއްގެ ރިމެކެއް އިންޑިއާގެ ސިނަމާތަކަށް ގެނައުމަކީ ވެސް ދެ ގައުމުގެ ސިނަމާގެ ގުޅުން ބަދަހި ވާނެ ކަމެއް ކަމަށް އަހަރެން ގަބޫލު ކުރަނީ،" ޖުދާއީ އާއި ވޯންޓެޑް އަދި ތޭވަރު ފަދަ ފިލްމުތަކުގެ ޕްރޮޑިއުސަރު ބުންޏެވެ.
ބޯނީ ބުނީ "ހެޕްޓާ" ގެ ރިމެކް ގެނެސް ދޭނީ އޭނާގެ ފިލްމު ކުންފުނި ބޭވިއު ޕްރޮޖެކްޓްސް އާއި ފްރެޝް ލައިމް ފިލްމްސް ގުޅިގެން ކަމަށެވެ.
"Pink" ge Tamil film in Vidya Balan fennaane
The most trusted news source in the Maldives
Mihaaru
ބޯނީ "ޕިންކް" ގެ ތަމަޅަ ރިމެކެއް ގެނެސް ދޭނެ.
ބޯނީ މިހާރު ޕްރޮޑިއުސް ކުރަމުން އަންނަ "ޕިންކް" ގެ ތަމަޅަ ފިލްމު "އޭކޭ 59" މެއި މަހު ސިނަމާތަކަށް ގެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy