20 ފެބުރުއަރީ 2019 - 07:25
މިދިޔަ ޑިސެމްބަރު މަހު ކައިވެނިކުރި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބަނޑުބޮޑު ކަމަށް ބުނެ މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތައް އޭނާގެ މަންމަ މަދޫ ޗޯޕްޅާ ދޮގުކޮށްފި އެވެ.
އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސްގެ އަންހެނުން ބަލިވެ އިން ކަމަށް ބުނާ ވާހަކަތައް ފެތުރެން ފެށީ މިދިޔަ ހަފުތާގައި ބޭއްވި ނިއު ޔޯކް ފެޝަން ވީކަށް ޕްރިޔަންކާ ދިޔައިރު، ލައިގެން އިން ހެދުން ބާރުކަމުން އޭނާގެ ބަނޑު އުފުލިފައިވާ ތަން ފޮޓޯތަކަށް އެރުމުންނެވެ.
ނަމަވެސް 36 އަހަރުގެ ބަތަލާގެ މަންމަ ބުނީ ޕްރިޔަންކާ އިނީ ބަލިވެ ނޫން ކަމަށާއި ފޮޓޯތައް ގޯހީ ކަމަށެވެ.
"ކެމެރާތަކުގެ އެންގަލް ގޯސްވެގެން ޕްރިޔަންކާ ބަނޑުބޮޑުހެން ހީވީ. އެކަމަކު އެއީ ހަގީގަތެއް ނޫން،" މަދޫ ބުންޏެވެ.
ދާދި ފަހުން ނިކް ބުނެފައިވާ ގޮތުގައި އޭނާ ހުރީ ވަރަށް އަވަހަށް ދަރިން ހޯދައިގެން އާއިލާއެއް ފަށަން ތައްޔާރަށެވެ. އަދި ޕްރިޔަންކާ ވެސް އެކި ފަހަރު މަތިން ދީފައިވާ އިންޓަވިއުތަކުގައި ގިނަ ދަރިން ހޯދަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.
ޕްރިޔަންކާ އާއި ނިކް ކައިވެނިކުރީ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު އެވެ.
މި މަހުގެ 14 ވަނަ ދުވަހު ރިލީޒް ކުރި "އިޒިންޓް އިޓް ރޮމޭންޓިކް؟" އަށް ފަހު، ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމަކީ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އެވެ. އެ ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާރާ
20 February 2019
ޕްރިޔަންކާ މިހާރު ސުނީއާ ވަރަށް ވައްތަރު
މަންސޫރު
20 February 2019
ބަލަގަ ކީއްވެ! ނުކުރާނަން ގަބޫލެއް! ކަލޭމެން ކިޔައިދީބަލަ އޭނާ ބަނޑުބޮޑު ނޫނީ ކީއްވެކަން! އެހެންނެއް ނުވާނެ! ނުވާނެޔޭ މިބުނީ! އިނގިއްޖެ!! މޮޔަވެދާނެ!
ޕްރިޔަންކާ
20 February 2019
ނޫނޭ ވެޑިންގ ޕާރޓީގައި ކެއި އެއްޗެހި ބަނޑު ތެރޭ މުޑިއަރައިގެން ފާޚާނާ ނުކުރެވިގެން މިއުޅެނީ. ޕަތަންޖަލީގެ ޖުއްލާބަށް އޯޑަރު ޖަހައިފިން.
ވެނެސާ
20 February 2019
ހަހަހަ. ހީހީ ހަލާކު. މިހާތަނަށް ފެނުނު އެންމެ މަޖާ ކޮމެންޓު މީ. އަދިވެސް އެބަ ހެވޭ
ޔަނމި
20 February 2019
ބޮލީވުޑްގަ ހުރި އެންމެ ހުނަރުވެރި ޕތަލާ ޕްރީ
މޯޖޯ
20 February 2019
ނޭގުނޭ ތިޔަ ކޮމެންޓްގެ މާނައަށް
ޔަނމި
20 February 2019
އޯ ސޮރީ އަސްލު ބުނަން އުޅުނީ ބަތަލާއޭ. އެހެން ވެދާނެއްނުން ދޯ! ބަޅޭ ބަޅޭ ޝެހެރޯމޭ އޭސީ ޗޯޓީ ޗޯޓީ ބާތޭ ހޯތީ ރެހެތީހޭ މޯޖޯ ލޮލް