"ޖޯނަސް ބްރަދާޒް" ގެ ތިން ބެއިން ކަމަށްވާ ކެވިން (ކ)، ނިކް (މ) އަދި ޖޯއީ.
04 މާޗް 2019 - 07:22
އެމެރިކާގެ އެއްބަނޑު އެއްބަފާ ތިން ބެއިންގެ ޕޮޕް ބޭންޑް "ޖޯނަސް ބްރަދާޒް" ގެ ލަވައެއް އެހުންތެރިންނާ ހަމައަށް ނާންތަނާ ދުވަސްތަކެއް ފަހުން، އާ ސިންގަލްއެއް އެ މީހުންގެ ބައިވެރިންނާ އެކު "ސަކާ" ގެ ނަމުގައި ގެނެސްދީފި އެވެ.
"ޖޯނަސް ބްރަދާސް" ގެ މެމްބަރުންނަކީ ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސް އާއި ކެވިން އާއި ޖޯއީ ޖޯނަސް އެވެ. މި ތިން ބެއިންގެ ތެރެއިން ހަގީ ނިކް އެވެ.
ތިން ބެއިންގެ އެނބުރި އައުމަކަށް ފޭނުން އިންތިޒާރު ކުރަމުން އަންނަތާ ދުވަސްތަކެއް ފަހުން ގެނެސްދިން ލަވަ "ސަކާ" ގެ ވީޑިއޯ އިން ތިން ބެއިންގެ ބައިވެރިން ފެނެ އެވެ.
އެގޮތުން ޕްރިޔަންކާގެ އިތުރުން މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގައި ސަންސާ ސްޓާކްގެ ރޯލް ކުޅޭ ސޯފީ ޓާނާ އާއި ކެވިން ޖޯނަސް، 31، ގެ އަންހެނުން ޑެނިއެލް ޖޯނަސް ވެސް ފެނިގެން ދެ އެވެ. ސޯފީއަކީ ޖޯއީ، 29، ގެ ލޯބިވެރިޔާ އެވެ.
#SuckerVideo is officially out! We really had the best time shooting this video in England with our family. Hope you guys love it. Feels good to be back 😎https://t.co/GhiRS1aISq pic.twitter.com/8FngHk3qcb
— Jonas Brothers (@jonasbrothers) March 1, 2019
އައު ސިންގަލްއާ ބެހޭ ގޮތުން ތިން ބެއިން ބުނީ ފޭނުންނަށް ލަވަ ވަރަށް ކަމުދާނެ ކަމަށް އުންމީދުކުރާ ކަމަށާއި "ސަކާ" ގެ ވީޑިއޯއަކީ ވެސް ވަރަށް މަޖާކޮށް ކުރިއަށް ދިޔަ މަސައްކަތެއް ކަމަށެވެ. ހުކުރު ދުވަހު ދޫކޮށްލި ލަވައަށް މިހާތަނަށް ޔޫޓިއުބްގައި ވަނީ 14 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.
"ޖޯނަސް ބަރްދާޒް" ގެ އާ ސިންގަލްއެއް ނެރެފައި މި ވަނީ ޕްރިޔަންކާ އާއި ފިރިމީހާ ނިކް ގުޅިގެން އަލްބަމެއްގެ މަސައްކަތް ވެސް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްކޮށްފައި ވަނިކޮށެވެ. އެހެންވެ މާ ލަސްތަކެއް ނުވެ، ޖޯނަސްގެ ތިން ބެއިންގެ އަޑުގެ ތެރެއަށް ޕްރިޔަންކާގެ އަޑު ވެސް އިތުރުވެގެން ހިނގައި ދާނެ އެވެ.
އޭނާއަކީ ކުރިން ވެސް މަގުބޫލު ލަވަތަކެއް ކިޔާފައިވާ ބަތަލާއެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ "އިން މައި ސިޓީ" އާއި "އެކްޒޯޓިކް" އެވެ.
"ޖޯނަސް ބްރަދާޒް" އަކީ 2005 ގައި އުފެއްދި ބޭންޑެކެވެ. އެކަމަކު ބޭންޑް ވަނީ 2013 ގައި ރޫޅިފަ އެވެ. އައު ސިންގަލްއެއް ފޭނުންނަށް ދޫކޮށްލާފައި ވަނީ ހަ އަހަރު ފަހުންނެވެ.
ބޭންޑުން މިހާތަނަށް ހަތަރު އަލްބަމެއް ނެރެފައިވާ އިރު އެންމެ ފަހުން ނެރުނު އަލްބަމަކީ 2009 ގެ "ލައިންސް، ވައިންސް އެންޑް ޓްރައިން ޓައިމްސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy