މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

ބިރުވެރި ފިލްމު "ކާކު؟" ގެ ޓީޒާއެއް ދައްކާލައިފި

"ކާކު؟" ގެ މަންޒަރެއް: މިއީ ބިރުވެރި ފިލްމެއް.

މި އަހަރު ސިނަމާ އަށް ގެންނަން ނިންމާފައިވާ ބިރުވެރި ފިލްމު "ކާކު؟" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

ރިލީޒްކުރާނެ ސީދާ ތާރީހެއް އަދިނިންމާފައި ނުވާ މި ފިލްމަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް، މުހައްމަދު (މާއެނބޫ) އަބޫބަކުރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އޭނާ ފިލްމުގައި ފުލުހެއްގެ ރޯލުން ވެސް ފެނިގެންދާ "ކާކު؟" ގެ މުހިއްމު ތަރިންނަށް ބަލާ އިރު، މީގެ ކާސްޓްގައި ހިމެނެނީ އެހާ މަޝްހޫރު ނޫން މޫނުތަކެވެ. އޭގެ ތެރޭގައި އިބްރާހީމް (ކުޑަ ސޮބާ) ސޮބާހް އާއި އަލަށް ފިލްމީ ދފާއިރާ އަށް ނުކުތް އިރުފާނާ އިބްރާހީމްގެ އިތުރުން މީގެ ކުރިން މާއެނބޫގެ ބައެއް ފިިލްމުތަކާއި ޑްރާމާތައް ކުޅެފައިވާ ޝާފިއު މުހައްމަދު އަދި އަލަށް ތައާރަފުވާ އައިޝަތު ޔާސިރާ ހިމެނެ އެވެ.

ހދ. ކުޅުދުއްފުށީގައި މަންޒަރުތައް ނަގާފައިވާ ފިލްމުގެ ރޯލަކުން ކުރީގެ މަގުބޫލު އެކްޓަރު ހާމިދު އަލީ ވެސް ފެންނާނެ އެވެ.

"ކާކު" ގެ ޓީޒާ ޓްރެއިލާ.

މާނއެބޫ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 2017 ގައި ރިލީޒް ކުރި "ނޭދެން ވަކިވާކަށް" އެވެ.

"ކާކު؟" ގެ ޝޫޓިން މިދިޔަ އަހަރުގެ ފަހުކޮޅު އެއްކޮށް ނިންމާލާފައިވާ އިރު، މި ވަގުތު ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރިއަށްދާ ކަމަށް އެ ފިލްމުގެ ޓީމުން ބުންޏެވެ.

މި އަހަރުގެ މިހާތަނަށް ދެ ފިލްމެއް އަޅުވާފައިވާ އިރު، އަންގާރަ ދުވަހުގެ ރޭ ހޮރޯ ކޮމެޑީ "+40" ޕްރިމިއާ ކުރާނެ އެވެ. މި އަހަރު އެޅުވި ފުރަތަމަ ފިލްމަކީ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އެވެ. އޮލިމްޕަހުގައި އެންމެ ފަހުން ދެއްކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ގޮށްރާޅު" އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454