ޖަސީގެ މައްޗަށް އުފުލި 16 ދައުވާ ވެސް ވަނީ ބާތިލުކޮށްފައި.
30 މާޗް 2019 - 07:48
ފޮކްސްގެ މަޝްހޫރު ޓީވީ ސިލްސިލާ "އެމްޕަޔާ" ގެ ކާސްޓްގައި ކުރިން ހިމެނުނު އެކްޓަރު ޖަސީ ސްމޮލެޓަށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު އެމެރިކާގެ ޝިކާގޯގެ މަގެއްގެ މަތީގައި ދިމާކޮށް، ހަމަލާ ދިން ކަމަށް ބުނެ ފުލުހުންނަށް ދޮގު ބަޔާން ދިން މައްސަލާގައި އޭނާގެ މައްޗަށް އުފުލި 16 ދައުވާ ދައުލަތުން އަނބުރާ ނަގައިފި އެވެ.
ޖަސީގެ މައްޗަށް ދައުވާ ނުކުރަން ނިންމައި، ހުރިހާ ދައުވާއެއް ބާތިލު ކުރި އިރު، މި މައްސަލާގައި ފުލުހުން ވަނީ ޖަސީ އަށް ހަމަލާ ދިން ކަމަށް ބުނާ ހާދިސާއަކީ އޭނާ އަމިއްލަ އަށް ރާވައިގެން ދެ މީހަކަށް 3،500 ޑޮލަރު ދީގެން ކުރުވި ކަމެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެފަ އެވެ. އަދި މިފަދަ ކަމެއްކޮށް، ފުލުހުންނަށް ދޮގު ބަޔާން ދިނީ "ކެރިއަރު ބޫސްޓް ކުރަން ޖެއްސި ސްޓަންޓެއް" ގެ ގޮތުގައި ވެސް ފުލުހުން ސިފަކޮށްފައިވެ އެވެ.
ނަމަވެސް މި ތުހުމަތުތަކަށް ޖަސީ ވަނީ އިންކާރުކޮށްފަ އެވެ.
އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލުކުރުމާ ގުޅިގެން ކުކް ކައުންޓީގެ ސްޓޭޓް އެޓާނީ ކިމް ފޮކްސްގެ ޑެޕިއުޓީ ޖޯއީ މެގަޓްސް މީޑިއާތަކަށް ވިދާޅުވީ ޖަސީ އަށް އުފުލި ދައުވާތައް ބާތިލު ކުރީ އޭނާއަކީ މުޖުތަމައަށް ނުރައްކާތެރި މީހަކަށް ނުވުމުގެ އިތުރަށް ކޮމިއުނިޓީ ސާވިސް ވެސް ފުރިހަމަކޮށްފައިވާ މީހަކަށްވާތީ އެވެ.
"އެންމެ މުހިއްމު ކަމަކީ އޭނާއަކީ މުޖުތަމައަށް ހުރި ނުރައްކަލަކަށް ނުވުން. އެހެންވެ ދައުވާތައް ބާތިލު ކުރީ،" އޭނާ ވިދާޅުވި އެވެ.
Dhogu bayaan dheegen "Empire" in Jussie Smollet vakikoffi
The most trusted news source in the Maldives
Mihaaru
ޖަސީގެ ހާދިސާއާ ގުޅިގެން "އެމްޕަޔާ" އިން ވެސް އޭނާ ވަނީ ވަކިކޮށްފައި.
މި މައްސަލާގައި ޖަސީ އަދިވެސް ބުނަނީ އޭނާ އަށް ބަޔަކު ހަމަލާ ދިން ކަމަށާއި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެއްވެސް ވާހަކައެއް ހަދަހަދައިގެން ދައްކާފައި ނުވާނެ ކަމަށެވެ.
ފުލުހުންނަށް ޖެސީ މިދިޔަ މަހުގެ ކުރީކޮޅު ދިން ބަޔާނެއްގައި ބުނީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ޝިކާގޯގައި މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އޭނާއާ ނަސްލީ ގޮތުން ދިމާކޮށްލައި، ހަމަލާ ދީފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި ކަރުގައި ވާ ފަށެއް އައްސައި ނޭވާ ހާސްކުރުމުގެ އިތުރަށް ގަޔަށް ކެމިކަލެއް އެޅި ކަމަށް ވެސް ބުނެފައިވެ އެވެ.
Fuluhunna dhogu hedhi Jussie Smollet ah 16 dhauvaa eh
The most trusted news source in the Maldives
Mihaaru
ޖަސީގެ މައްޗަށް 16 ދައުވާއެއް އުފުލީ މި މަހު ކުރީކޮޅު.
މިކަން ފުލުހުންނަށް ރިޕޯޓް ކުރުމުން ތަހުގީގު ތެރޭގައި ފުލުހުން ވަނީ ހާދިސާ ހިނގި ކަމަށް ބުނާ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކުގެ ފުޓޭތްތައް ވެސް ބަލައިފަ އެވެ. އެކަމަކު ކެމެރާތަކަށް އެފަދަ ހާދިސާއެއްގެ މަންޒަރެއް ރިކޯޑް ކުރެވިފައި ނުވާ ކަމަށް ފުލުހުން ކޯޓްގައި ބުނެފައިވެ އެވެ.
އެހެންވެ ދޮގު ބަޔާން ދިން މައްސަލާގައި ޖަސީ އަށް އުފުލި ދައުވާތައް ބާތިލު ކުރުމުން ފުލުހުން އަދިވެސް އަންނަނީ ތަހުގީގަށް ފާހަގަ ކަންކަން ދިފާއު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy