30 މާޗް 2019 - 21:36
މިދިޔަ ޑިސެމްބަރު މަހު ކައިވެނި ކުރި ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސް ވަރިވާން އުޅޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.
މިފަދަ ވާހަކަތަކެއް ފެތުރިފައި ވަނީ އެ ދެ ތަރިން މިދިޔަ ހަފުތާގައި ވެސް އާއިލާގެ ބަޔަކާ އެކު މަޔާމީގައި ޗުއްޓީ ހޭދަކޮށް، އޭގެ ފޮޓޯތަކާއި ވީޑިއޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައި ވަނިކޮށެވެ.
އޯކޭ މަޖައްލާގައި ގެނެސް ދީފައިވާ ރިޕޯޓެއްގައިވާ ގޮތުން ކައިވެންޏަށް ފަހު ޕްރިޔަންކާ ވަނީ ނިކް "މުށުތެރެއަށްލާން" މަސައްކަތްކޮށް، އޭނާ ވަރަށް ބޮޑަށް "ކޮންޓްރޯލްކޮށްފަ" އެވެ. އަދި މިކަން ނިކްގެ އާއިލާގެ މީހުންނަށް ވެސް ވަރަށް ބޮޑަށް ފާހަގަކުރެވި، ނިކް، ޕްރިޔަންކާއާ ވަކިވާން އާއިލާ އިން ވެސް ބާރު އަޅަމުންދާ ކަމަށް ބުނެފައިވެ އެވެ.
އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ނިކް އަށް ވުރެ 10 އަހަރު ދޮށި ޕްރިޔަންކާ ވަނީ ރައްޓެހިވެގެން އުޅުނު އިރު "ވަރަށް ޅަވެގެން، 21 އަހަރުގެ އަންހެނެއް ކަމަށް ދައްކަން ވެސް މަސައްކަތްކޮށްފަ" އެވެ. އެކަމަކު އޭނާގެ އަސްލު ސޫރަން ފެންނަން ފެށީ ކައިވެންޏަށް ފަހު ކަމަށް ބުނެފައިވެ އެވެ.
އުމުރުން 36 އަހަރުގެ ޕްރިޔަންކާއާ ނިކް ކައިވެނި ކުރި އިރު އޭނާގެ އުމުރަކީ އެންމެ 26 އަހަރެވެ. އަދި އުމުރުގައި އެހާ ބޮޑު ފަރަގެއް ހުރި މީހަކާ ޕްރިޔަންކާ ކައިވެނި ކުރުމުން "ކުޑަކުއްޖަކާ ގަދަކަމުން" ކައިވެނި ކުރީ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ފާޑު ވެސް ކިޔާފައިވެ އެވެ. އޭގެ ތެރޭގައި މީޑިއާތަކުގައި މަސައްކަތް ކުރާ މަޝްހޫރު ބައެއް މީހުން ވެސް ހިމެނެ އެވެ.
އޯކޭ މަޖައްލާ އިން ބުނާ ގޮތުގައި ކައިވެންޏަށް އަދި ހަތަރު ވަރަކަށް މަސްވީ އިރު، ޕްރިޔަންކާ އާއި ނިކްއާ ދެމެދު ވަރަށް ގިނަ ކަންކަމުގައި ހިޔާލު ތަފާތުވެ، އަރާވުންވެ އެވެ. އަދި ޕްރިޔަންކާއާ ކައިވެނި ކުރެވުނީ "މާ އަވަސް އަރުވާލެވިގެން" ކަމަށް ނިކް ގަބޫލުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ދެ ތަރިން އެންމެ ފުރަތަމަ ބައްދަލުވީ 2017 ގެ މެޓް ގާލާ އިވެންޓުންނެވެ.
ޕްރިޔަންކާ އާއި ނިކްގެ ވަރީގެ ވާހަކައަކީ ތެދަކަށްވެއްޖެ ނަމަ މިއީ ޕްރިޔަންކާ އަށް ފާޑުކީ މީހުންގެ ދެއްކި ވާހަކަތައް ލިބޭ ބާރަކަށް ވާނެ އެވެ.
ނިކް އާއި ޕްރިޔަންކާ އިންޑިއާގައި ކައިވެނި ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 2 ގަ އެވެ.
ދެ ތަރިން ވަކިވުމުގެ ފައްތަރެއްގައި އުޅޭ ކަމަށް މީޑިއާތަކުން ބުނަމުންދާ އިރު ދާދި ފަހުން "ޖޯނަސް ބްރަދާޒް" އިން ގެނެސް ދިން ވީޑިއޯ ލަވަ "ސަކާ" އިން ވެސް ޕްރިޔަންކާ ފެނެ އެވެ. އަދި ސޯޝަލް މީޑިއާ އިން ދެ މީހުންގެ ލޯބި ވަރަށް ބޮޑަށް ދައްކުވައި ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަހޭ
01 April 2019
އަހަރުންގެ ކެމްޕޭނައް އަސަރުނުކުރަންޏާހެޔޮ ވަރިނުވެ އަދި ހަފަހަރައް އިނަސް، ނޫނީ ވިހިފައް ވަރިއަކުން ވަރިކުރިއަސް.
ގުދުގުދާ
01 April 2019
މަށައް ކޮންކަމެއް! ވާނެ ދެރައެއްވެސް ނޯންނާނެ!
ފިރިހެނެއް
01 April 2019
ބަޔަކު ސިހުރު ހެދީ ކަމަށްވާނީ.
ފިރިހެނެއް
01 April 2019
ޕްރިޔަންކާ ދެރަ ނުވާތި. ކަނބުލޮޔަށްވުރެ 10 އަހަރު ދޮށީ މިބޭބެ ކަނބުލޮ ބަލައިގަންނާނަން.
ޢިޚީޢޫ
01 April 2019
އަޅޭ ! ހިނގާ އެންމެން ޕްރިޔާންކާއަށް ހިއްވަރު ދިނުމުގެ ގޮތުން އާޓިފިޝަލް ބީޗަށް އެއްވާން. ބެނާތައް ހަދައިގެން ދާނީ. ' ''WE ARE WITH PRIYANKA'' މީ މިވަގުތައް ވަރަށް މުހިއްމު ކަމެއް. ފަރުދީ ޒިންމާއެއް.
ޕްރިޔަންކާ ޗޯޕްރާ ޖޯނަސް
01 April 2019
ދޮގު ޚަބަރު ނުފެތުރުމަށް މިދަޔަ ހުކުރު ޚުތުބާގަ ވެސް ނަޞޭހަތްތެރިވި، ހަދާން ނެތް ދޯ؟
ޟާނު
01 April 2019
ޢުމުރުންދޮށި އަންހެނަކށް އުމުރުން ހަގު ފިރިހެނަކާ އިދެގެން އުލެވޭނީ ފިރިހެން މީހާަ އަކީ ނިކަމެއްޗަކަށަވާނަމަ މާލޭގަ ގެހުންނަ އުމުރުން ދޮށި މީހުނާ ރާއްޖެތެރޭ މިހުން އިންްނަނީ އުލެންފަސޭހައަކަށް ހަރަދު ނުކޮށް އުލެވޭތީ
ރާވެރިބެ
01 April 2019
މާ މަޝްހޫރުވިޔަކަސް މަހަޖެހޭ ދިރިއުޅުމެއް އުޅޭ މީހަކު މީގެތެރޭ މަދުވާނެ
ށާނު
01 April 2019
ޓިހެންވާނެކަން މާކުރިންވެސް އިގޭ
ސަނީމް
31 March 2019
އަޅޭ ހަމަ އަސްލުތަ ؟؟ ހާދަދެރަ އޭ