ޖޫލިއަން މޯ: އެޕަލްގެ ވެބް ސީރީޒެއް ކުޅެން ވަނީ އެއްބަސްވެފައި.
11 އެޕްރީލް 2019 - 07:33
މިދިޔަ މަހު އެޕަލް ޓީވީގެ ނަމުގައި ސްޓްރީމިންގެ ހިދުމަތް ތައާރަފު ކުރި މަޝްހޫރު އެޕަލް ކުންފުނީގެ އެންޓަޓައިންމަންޓް ވިންގުން ހަދާ ވެބް ސީޒީރަކަށް އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ މަޝްހޫރު ބަތަލާ ޖޫލިއަން މޯ ސޮއިކޮށްފި އެވެ.
ޑެޑްލައިނުން ބުނި ގޮތުގައި މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ސްޓެފެން ކިންގް 2006 ގައި ލޯތްބާއި ބިރުވެރި ކަންތައްތަކެއް މަސްހުނިކޮށްގެން ގެނެސް ދިން ވާހަކަ "ލިޒީޒް ސްޓޯރީ" އަށް ބިނާކޮށް ހަދާ 8 އެޕިސޯޑްގެ ވެބް ސީރީޒްގެ ބަތަލާގެ ރޯލް ކުޅުމުގެ އިތުރަށް މީގެ އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ޖޫލިއަން ހިއްސާވާނެ އެވެ.
ވޯނާ ބްރޮސްގެ ޓެލެވިޝަން ސްޓޫޑިއޯއާ ގުޅިގެން ހަދާ "ލިޒީޒް ސްޓޯރީ" ގެ ޕްރޮޑިއުސަރުންގެ ގޮތުގައި ޖޭޖޭ އަބްރަމްސް ވެސް ހިއްސާވެ އެވެ. މިއީ އެޕަލް އާއި ޖޭޖޭގެ ފިލްމު ކުންފުނި ބޭޑް ރޮބޮޓް ޕްރޮޑަކްޝަންސް ގުޅިގެން ހަދާ ތިން ވަނަ އުފެއްދުމެވެ.
I a, very excited about this. https://t.co/YcnajYSPut
— Stephen King (@StephenKing) April 9, 2019
ނަމަވެސް ކިންގް، 71، ސްކްރީންޕްލޭ ލިޔާ "ލިޒީޒް ސްޓޯރީ" ޑައިރެކްޓް ކުރާނެ މީހަކު އަދި އިއުލާނެއް ނުކުރެ އެވެ. މީތި ވެގެން ދާނީ "ދި އަވާޒް" އާއި "ސްޓިލް އެލީސް" އަދި "ބޫގީ ނައިޓްސް" ފަދަ ފިލްމުތައް ކުޅެފައިވާ ޖޫލިއަން، 58، ސިލްސިލާއެއްގެ ލީޑް ރޯލް ކުޅޭ ފުރަތަމަ ފަހަރަށެވެ.
އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހު ރިލީޒް ކުރި "އާފްޓާ ދަ ވެޑިން" އިންނެވެ. ޖޫލިއަންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ވުމަން އިން ދަ ވިންޑޯ" އަދި "ދަ ގްލޯރިއަސް: އަ ލައިފް އިން ދަ ރޯޑް" ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy