އަކްޝަޔޭ ކަންނާ: އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ސެކްޝަން 375".
10 މެއި 2019 - 08:56
އިންޑިއާގެ ގާނޫލްއުގުބާތޫގައި ރޭޕްގެ މައްސަލަތަކާ ބެހޭ ގޮތުން ހިމަނާފައިވާ މާއްދާ ސެކްޝަން 375 އަށް ބިނާކޮށް ހަމަ އެ ނަމުގައި ހަދާ ފިލްމު އަންނަ އޮގަސްޓް މަހުގެ 2 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މިދިޔަ އަހަރު ޝޫޓިން ފެށި ފިލްމުގެ ތަރިންނަކީ އަކްޝޭ ކަންނާ އާއި ރިޗާ ޗައްޑާ އެވެ. މި ދެ މީހުން ފިލްމުގައި ފެނިގެން ދާނީ ވަރުގަދަ ދެ ވަކީލުންގެ ރޯލުންނެވެ.
އަޖޭ ބާލް ޑައިރެކްޓް ކުރާ "ސެކްޝަން 375" ގެ އިތުރު ކާސްޓުންގެ ތެރޭގައި ރާހުލް ބަޓް، މީރާ ޗޯޕްޅާ، ކުމުދު މިޝްރާ އަދި ޒާކިރު ހުސައިން ވެސް ހިމެނެ އެވެ.
#AkshayeKhanna and @RichaChadha courtroom drama #Section375 to release on 2nd August, 2019..#GulshanKumar @itsBhushanKumar @PanoramaMovies #KrishanKumar @AbhishekPathakk @KumarMangat @AChowksey @actorfromindia #AjayBahl pic.twitter.com/uf0rAF5NPS
— TSeries (@TSeries) May 8, 2019
މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ޕެނޮރާމާ ސްޓޫޑިއޯސް ގުޅިގެން ހަދާ ފިލްމެކެވެ.
ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ "ކަސޯޓީ" ގެ އާ ސީޒަން ޕްރޮމޯޓްކޮށް ދޭން ޝާހްރުކް ހާން މަސައްކަތް ކުރި ގޮތަށް، އެ ޗެނެލުން އަލަށް ފަށާ ސިލްސިލާއެއްގައި ސައިފް އަލީ ހާން ހިއްސާވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސައިފް ނެރޭޓްކޮށްދީ، ސިލްސިލާގެ މައި ތަރިން ތައާރަފުކޮށްދޭ ސިލްސިލާގެ ނަމަކީ އަންނަ މަހުގެ 10 ގައި ދައްކަން ފަށާ "ކަހާ ހަމް، ކަހާ ތުމް" އެވެ.
މީގެ ލީޑް ރޯލު ކުޅޭނީ މިދިޔަ އަހަރު ކަލާޒުން ގެނެސް ދިން "ބިގް ބޮސް" ސީޒަން 12 ކާމިޔާބު ކުރި ދިޕިކާ ކައްކަރު އާއި މީގެ ކުރިން ވެސް ކާމިޔާބު ގިނަ ސިލްސިލާތަކެއް ކުޅެފައިވާ ކަރަން ވީ ގްރޯވާ އެވެ.
އިތުރު ކާސްޓުންގެ ތެރޭގައި "ބިގް ބޮސް 12" ގައި ވާދަ ކުރި ރޯމިލް ޗައުދަރީ އާއި ތަނާޒް އިރާނީ، ޝާލިނީ ކަޕޫރް، އަޝިޝް ނައްޔަރު، ދީޕަކް ސަންދޫ އަދި އަބީޝެކް މަކިލް ހިމެނެ އެވެ.
"ކަހާ ހަމް، ކަހާ ތުމް" އަކީ ސްޓާ ޕްލަސް އިން ގެނެސް ދިން "ދާއި ކިލޯ ޕްރޭމް" ގެ ކްރިއޭޓިވް ޑައިރެކްޓަރު ސަންދީޕް ސިންގް ގެނެސްދޭ ސިލްސިލާއެކެވެ.
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ސަސްޕެންސް ތުރިލާ "އަންދާދުން" ގެ ސީކްއެލްއެއް ހަދަން އުޅޭ ވާހަކަ އެ ފިލްމުގެ ޑައިރެކްޓަރު ސްރީރާމް ރަގްވަން ދޮގުކޮށްފި އެވެ.
Blinded by chaos, bound by fate, this one’s going to be a thrilling ride... #AndhaDhun in cinemas October 5th. Trailer out now! https://t.co/hgr35sebCI#Tabu @ayushmannk @radhika_apte #SriramRaghavan @Viacom18Movies @MatchboxPix @zeemusiccompany pic.twitter.com/tFqtISdqJn
— AndhaDhun (@AndhadhunFilm) September 2, 2018
ބޮލީވުޑް ހަންގާމާ އަށް އޭނާ ބުނީ އަޔޫޝްމަން ކުރާނާ އާއި ތައްބޫ އަދި ރާދިކާ އަޕްޓޭ މުހިއްމު ރޯލްތައް ކުޅުނު ފިލްމުގެ ދެވަނަ ބައެއް ހަދަން ނިންމާފައި ނުވާ ކަމަށެވެ. އަދި "އަންދާދުން" ނިމުން ގެނެސްފައި ވަނީ ވާހަކަ އިތުރަށް ކުރިއަށް ގެންދެވޭ ކަހަލަ ގޮތަކަށް ކަމަށް ވިޔަސް، އެ ވާހަކަ އިތުރަށް ދިގުމަންމަން ބޭނުން ނުވާ ކަމަށް ބުންޏެވެ.
ރަގަވަން ބުނީ އެކަން އެންމެ ފުރަތަމަ މަރުހަލާގައި ވެސް ފިލްމުގެ ސްކްރީންޕްލޭގައި އޭނާއާ އެކު ބައިވެރިވި އެހެން ލިޔުންތެރިންނާ ވެސް އެކަން ހިއްސާކޮށްފައި ވާނެ ކަމަށެވެ. ރަގަވަން ބުނި ގޮތުގައި ބައެއް ކަހަލަ ކަންކަމަކީ ބެލުންތެރިން އަމިއްލަ އަށް ގޮތްތައް ނިންމައިލަން ދޫކޮށްލުން ރަނގަޅު ކަންކަމެވެ.
އިންޑިއާގެ އިތުރުން ޗައިނާގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދި "އަންދާދުން" އަކީ މި ފަހުން ހިންދީ ސިނަމާ އިން ފެނުނު އެންމެ ޝައުގުވެރި ސަސްޕެންސް ތުރިލާގެ ގޮތުގައި ކްރިޓިކުން ސިފަކޮށްފައިވެ އެވެ.
ރިތިކް ރޯޝަނާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅުނު 2014 ގެ އެކްޝަން ކޮމެޑީ "ބޭންގް ބޭންގް" ގެ ދެވަނަ ބައެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސިނެބްލިޒުން ބުނީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ސިދާތު އާނަންދު ޑައިރެކްޓް ކުރި ފިލްމުގެ ދެވަނަ ބައި ހަދަން ނިންމައި ރިތިކަށް ފިލްމު ހުށަހެޅުމުން އޭނާ އަށް ފެހި ސިގްނަލް ދީފައިވާ ކަމަށާއި ކެޓްރީނާ ވެސް ފިލްމުން ފެންނާނެ ކަމަށެވެ.
ރިތިކް މިދިޔަ އަހަރު ވަނީ ސިތާދުގެ ކުރިއަށް އޮތް އަދި ނަން އިއުލާން ނުކުރާ ފިލްމުގެ ޝޫޓިން ވެސް ޓައިގާ ޝްރޮފާއި ވާނީ ކަޕޫރާ އެކު ނިންމާލައިފަ އެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އެ ފިލްމު ރިލީޒް ކުރާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 2 ގަ އެވެ.
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ބޭންގް ބޭންގް" އަކީ 2010 ގައި ޓޮމް ކްރޫޒާއި ކެމެރެން ޑަޔަޒް ކުޅުނު "ނައިޓް އެންޑް ޑޭ" އަސްލަކަށް ބަލައިގެން ހެދި ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy