18 މެއި 2019 - 08:35
އިންޑިއާގެ މަޝްހޫރު ފުޓްބޯޅަ ތަރި ބައިޗުން ބުޓިއާގެ ވާހަކަ ކިޔައިދޭ ފިލްމުގައި އޭނާގެ ރޯލް ކުޅޭނީ ޓައިގާ ޝްރޮފް ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.
ޓައިގާ ބުނީ އެ ފިލްމު އޭނާ އަށް ހުށަހަޅާފައި ވެސް ނުވާ ކަމަށާއި އެއްވެސް މީހެއްގެ ބައޮގްރަފިކަލް ޑްރާމާއަކަށް ތައްޔާރުވަމުން ވެސް ނާންނަ ކަމަށެވެ. މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ބަތަލު ޓައިގާ އަށް، ބުޓިއާގެ ފިލްމު ހުށަހަޅާފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވަރަށް ގިނަ ނޫސްތަކުން މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވެ އެވެ.
އިންޑިއާގައި އުފެދުނު އެންމެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ބުޓިއާގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމިކަން އިއުލާން ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
އެ ފިލްމުގެ ޑައިރެކްޓަރަކީ "ޖުގާދު" އާއި "ޒިލާ ގަޒީއާބާދު" ފަދަ ފިލްމުތައް ގެނެސް ދިން އާނަންދު ކުމާރެވެ. ނަމަވެސް ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ޓައިގާ މިހާރު އަންނަނީ "ބާގީ 3" ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ.
India ge football thari Bhaichung Bhutia ge vaahaka bodu screen ah
The most trusted news source in the Maldives
Mihaaru
ބުޓިއާގެ ފިލްމު އިއުލާން ކުރީ ނޮވެމްބަރު މަހު.
އޭނާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ ރިތިކް ރޯޝަކާ އެކު ކުޅެފައިވާ އަދި ނަން އިއުލާން ނުކުރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމަކުންނެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އޮކްޓޯބަރު މަހުގެ 2 ގަ އެވެ.
ސިދާތު އާނަންދު ޑައިރެކްޓްކޮށް ވާނީ ކަޕޫރު ބަތަލާގެ ރޯލް ކުޅެފައިވާ ފިލްމުގެ ޝޫޓިން ވަނީ މިދިޔަ އަހަރު ފަހުކޮޅު ނިންމާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދީބު
18 May 2019
މިފަދަ ކުދިކުދި ޚަބަރުތަކުގައި ލިޔުމުގެ ކުށް ހުންނައިރު، މިހާރުގެ ސީނިއަރ އެޑިޓަރުން ކުރައްވަނީ ކޮން ކަމެއްބާއޭ ހިތަށް އަރާ.