ކަރީނާ މިދިޔަ މަހުގެ 29 ވަނަ ދުވަހު ވޯޓްލާން ދަރިފުޅާ އެކު ނުކުމެ.
25 މެއި 2019 - 09:07
ވަރަށް ގިނައިން އުފަން ދުވަހުގެ ޕާޓީތަކަށާއި ޗުއްޓީ ދަތުރުތަކަށް ދިޔަ ނަމަވެސް ދަރިފުޅު ތައިމޫރު އަލީ ހާނަށް ބޭރުން އެއްގޮތަކަށް ވެސް ކާން ނުދޭ ކަމަށް ބަތަލާ ކަރީނާ ކަޕޫރު ބުނެފި އެވެ.
ޑައިޓިޝަން ރުޖުތާ ދިވޭކަރުއާ އެކު ކަރީނާ އާއި ފިރިމީހާ ސައިފް އަލީ ހާން ބައިވެރިވި އިންޓަރެކްޓް ކޮންވަޒޭޝަނެއްގައި ކަރީނާ ބުނީ މި އަހަރު ތިން އަހަރު ފުޅޭ ފިރިހެން ދަރިފުޅަށް މުޅިން ވެސް ކާން ދެނީ ގޭގައި ކައްކާ އެއްޗެހި ކަމަށެވެ.
"ޕާޓީތަކުން ވެސް ތައިމޫރު އެއްގޮތަކަށް ކެއުން މަނާ. ވަރަށް ބަލައިގެން ދަރިފުޅުގެ ޑައިޓް ގެންގުޅެނީ،" އަލަތު ދަރިފުޅާ ބެހޭ ގޮތުން ކަރީނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ގޭގައި ކައްކާފައި ދޭ އެއްޗެހީގެ އިތުރަށް މޭވާ އާއި ތަރުކާރީގެ ގިނަ ބާވަތްތައް ވެސް ތައިމޫރަށް އާންމުކޮށް ދެ އެވެ.
"މޭވާ އާއި ތަރުކާރީ ގިނައިން ދޭން ފެށީމަ ހޭނި މިހާރު އެއްގޮތަކަށް ވެސް ބޮޑާހޭކުމަކާ ނުލައި ވަރަށް ފަސޭހަ އިން ބާވަތްތައް ކާނެ،" ކަރީނާ ބުންޏެވެ. "ހަގީތުގައި މޭވާ އާއި ތަރުކާރީއަކީ ވަރަށް މުހިއްމު ބާވަތްތަކެއް. އަބަދު ވެސް ބަލަން އަބަދު އެކައްޗެއް ދިނުމުގެ ބަދަލުގައި ކޮންމެ ފަހަރަކު ވެސް ތަފާތު އެއްޗެއް ދެވޭތޯ. އަބަދު އެކައްޗެއް ކާން ދޭން އުޅޭ ނަމަ ކުދިން އުޅޭނެ ނުކާން."
އޭނާ ބުނީ ގޭގައި ތައްޔާރު ކުރާ ކާނާގެ ތެރެއިން ތައިމޫރު އެންމެ ކަމުދަނީ ކިޗްޅީއަށާއި އިދުލީ ދޯސާ ކަމަށެވެ.
"އަދި ސްޕިނެޗް އެކި ގޮތްގޮތަށް ތައްޔާރުކޮށްފައި ދިނީމަ ވެސް ވަރަށް މީރުކޮށް ކާލާނެ މިހާރު،" ކަރީނާ ބުންޏެވެ. "ކުރިން އޭނަ އަށް އެހާ މީރު އެއްޗެއް ނޫން އެއީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައިކަި
27 May 2019
ގޭގައި ކައްކާ އެއްޗެއްސަށްވުރެ ފުޑްސް މާ ރަނގަޅުވާނެ.
މޯޖޯ
27 May 2019
ކަލެ އަށް ބަލާލީމަވެސް ތިކަން އެގޭ . ބުނެލިނަމަ އަމިއްލައަށް ދަނޑު ހައްދާއިގެނޭ !!
ޜުން
27 May 2019
ތި ރަގަޅު މަންމަ އެއް ނުން.... ލޮލް
ކކކކ
26 May 2019
ޕުއަރ ބޯއި