ޑައިރެކްޓަރު ފަރުހާދު.
27 މެއި 2019 - 08:39
ސަންޖޭ ލީލާ ބަންސާލީ އާއި ޓީ ސީރީޒް ގުޅިގެން ގެނެސްދޭ ފިލްމު "މަލާލް" ރިލީޒް ކުރުން ފަސްކޮށްފި އެވެ.
އަންނަ މަހުގެ 28 ގައި ސިނަމާތަކަށް ގެންނަން ކުރިން ނިންމި ފިލްމު މިހާރު ވަނީ ޖުލައި މަހުގެ 5 އަށް ބަދަލުކޮށްފަ އެެވެ. "މަލާލް" އަކީ ބަންސާލީ އަށް ބޮޑުބޭބެ ކިޔާ ޝަރުމިން ސޭގަލް އާއި އެކްޓަރު ޖާވިދު ޖެފްރީގެ ފިރިހެން ދަރިފުޅު މީޒާން ޖެފްރީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމެވެ.
ލޯބީގެ ވާހަކައަކަށް ހަދާފައިވާ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ މަންގޭޝް ހަޑަވާލޭ އެވެ.
ޝަރުމިންގެ މަންމަ އަދި ބަންސާލީގެ ކޮއްކޮ ބޭލާ ސޭގަލްޗއަކީ ބަންސާލީ ޑައިރެކްޓް ކުރި ގިން ފިލްމުތަކުގެ އެޑިޓަރެވެ. އޭނާ ވަނީ 2012 ވަނަ އަހަރު ފަރާ ހާނާއި ބޯނަމް އިރާނީ ލީޑް ރޯލަށް ލައިގެން "ޝީރީން ފަރުހާދު ކީ ތޯ ނިކަލް ޕަޅީ" ގެ ނަމުގައި ފިލްމެއް ވެސް ޑައިރެކްޓްކޮށްފަ އެވެ.
Witness their love in a new month of romance! #Malaal will now reach your hearts and screens on 5th July 2019!#MalaalTrailer: https://t.co/SFLDHgppOj#SLB @TSeries @sharminsegal @meezaanj @HadawaleMangesh @itsBhushanKumar pic.twitter.com/ktOVlFRhFu
— BhansaliProductions (@bhansali_produc) May 25, 2019
ޝަރުމިންއަކީ ބޭލާގެ ދެ އަންހެން ދަރިންގެ ތެރެއިން ދޮށީ އަންހެން ދަރިފުޅެވެ.
ރިތިކް ރޯޝަންގެ އާ ފިލްމު "ސުޕަ 30" އަންނަ ޖުލައި މަހުގެ 12 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
Arriving early! #Super30 will be releasing on July 12.@iHrithik @mrunal0801 @nandishsandhu @TheAmitSadh @teacheranand #SajidNadiadwala @NGEMovies @super30film @ZeeMusicCompany
— Reliance Entertainment (@RelianceEnt) May 25, 2019
އެކަން އެ ފިލްމުގެ ޕްރޮޑަކްޝަން ހައުސް ރިލަޔަންސް އެންޓަޓައިންމަންޓުން ކުރި ޓްވީޓެއްގައި ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. "ސުޕަ 30" ރިލީޒް ކުރަން ކުރިން އޮތީ ޖުލައި މަހުގެ 26 ގަ އެވެ.
ނަމަވެސް ފިލްމު ރިލީޒް ކުރާ ތާރީހި ފަސްކުރީ ލޯބީގެ މައްސަލަގަނޑެއްގައި ރިތިކާ ގުޅުން ގޯސްވެފައިވާ ކަންގަނާ ރަނާވަތުގެ ފިލްމު "މެންޓަލް ހޭ ކިޔާ" ޖުލައި 26 ގައި ރިލީޒް ކުރަން ނިންމުމާ ގުޅިގެންނެވެ.
"ސުޕަ 30" އަކީ އިންޑިއާގެ ކުޅަދާނަ ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. މީގެ ބަތަލާއަކީ މުރުނާލް ތާކޫރެވެ.
މިއީ 2017 ގައި ރިލީޒް ކުރި "ކާބިލް" އަށް ފަހު ސްކްރީނަށް އަންނަ ރިތިކްގެ ފުރަތަމަ ފިލްމެވެ.
މިދިޔަ މަހުގެ ފަހުކޮޅު ޝޫޓިން ފެށި ތަމަލަ ފިލްމު "ކާންޗަނާ" ގެ ހިންދީ ރިމެކްގެ ޑައިރެކްޝަނާ އެ ފިލްމުގެ ސްކްރީންޕްލޭ ލިޔުނު ފަރުހާދު ސަމްޖީ ހަވާލުވެއްޖެ އެވެ.
އަކްޝޭ ކުމާރާއި ކިއާރާ އަދުވާނީ ލީޑް ރޯލް ކުޅޭ ފިލްމު އޭނާއާ ހަވާލު ކުރީ، އޭގެ ޑައިރެކްޓަރު ރަގަވާ ލޯރެންސް ފިލްމުގެ ޝޫޓިން ފެށިތާ މާ ގިނަ ދުވަހެއް ނުވެ، "ލަކްޝްމީ ބޮމްބް" ގެ ޓީމާ ދޭތެރޭ ހިތްހަމަނުޖެހިގެން ފިލްމު ދޫކޮށްލުމުންނެވެ.
Director, Akshay ge aa film dhookollaifi
The most trusted news source in the Maldives
Mihaaru
"ލަކްޝްމީ ބޮމްބް" އަކީ ޕްރޮޑިއުސް ވެސް ކުރާ ފިލްމެއް.
ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގެ ބާކީ ހުރި މަންޒަރުތައް ފަރުހާދު ޝޫޓް ކުރަން ފަށާނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
މިއީ ފަދަ ގޮތެއް ދިމާވި ފިލްމަކާ ފަރުހާދު ހަވާލުވި ދެވަނަ ފަހަރެވެ. އަންނަ އޮކްޓޯބަރު 25 ގައި ރިލީޒް ކުރާ "ހައުސްފުލް 4" އަކީ ވެސް ފިލްމުގެ ޑައިރެކްޓަރަށް މައްސަލަތަކެއް ދިމާވެގެން، ފަރުހާދަށް ފިލްމުގެ ފުރިހަމަކޮށް ދޭން ހަވާލު ވާން ޖެހުނު ފިލްމެކެވެ.
އަކްޝޭ ވެސް މުހިއްމު ރޯލެއް ކުޅޭ "ހައުސްފުލް 4" އާ ފަރުހާދު ހަވާލުވީ، އޭގެ ޑައިރެކްޓަރު ސާޖިދު ހާންގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން އޭނާ މަސައްކަތުން އެކަހެރި ކުރުމުންނެވެ.
"ލަކްޝްމީ ބޮމްބް" އަކީ ޖުލައި، 5، 2020 ގައި ރިލީޒްކުރާ ފިލްމެކެވެ.
ދެހާސް ފަނަރައިގައި ސަލްމާން ހާން ޕްރޮޑިއުސް ކުރި "ހީރޯ" އިން ބޮލީވުޑަށް ނުކުތް އެކްޓަރު ސޫރަޖް ޕަންޗޯލީ ހަތަރު ވަނަ ފިލްމަކަށް ސޮއިކޮށްފި އެވެ.
Set your eyes on the goal and be #FEARLESS! pic.twitter.com/mxLi8059dh
— Sooraj Pancholi (@Sooraj9pancholi) April 12, 2019
އޭނާގެ ދެވަނަ ފިލްމު "ސެޓެލައިޓް ޝަންކަރު" އަންނަ ސެޕްޓެމްބަރު 6 ގައި ރިލީޒް ކުރަން ތާވަލުކޮށްފައި ވަނިކޮށް ޒުވާން އެކްޓަރު ސޮއި ކުރި ހަތަރު ވަނަ ފިލްމަކީ ބޮކްސިން ތެޅުންތެރިއެއްގެ ރޯލް ކުޅޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. ނަމަވެސް އެ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައި ނުވިޔަސް ބޮކްސިން ފިލްމަކަށް ސޮއިކުރިކަން ސޫރަޖް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އޭނާ ބުނީ މިހާރު ވެސް ފިލްމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށެވެ.
"ސެޓެލައިޓް ޝަންކަރު" ގެ އިތުރުން މި އަހަރު "ޓައިމް ޓް ޑާންސް" އިން ވެސް ސޫރަޖް ފެންނާނެ އެވެ. އެ ފިލްމަކީ ކެޓްރީނާ ކެއިފްގެ ކޮއްކޮ އީޒަބެލް ކެއިފް ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy