03 ޖޫން 2019 - 08:29
ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް، ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ ފިލްމުގެ ނަމަކީ "ފައިޓާ" ކަމަށް ބައެއް ނޫސްތަކުން ބުނެފި އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެރް) އިން ނަން ހާމަ ނުކޮށް 2017 ގައި، ޑައިރެކްޓަރު ސިދާތު އާނަންދުއާ ހަވާލު ކުރި ފިލްމާ ބެހޭ ގޮތުން ކޮއިމޮއި އިން ބުނީ އެ ފިލްމުގެ ނަމަކީ "ފައިޓާ" ކަން ކަށަވަރުވެފައިވާ ކަމަށާއި ފިލްމުގެ ޕޯސްޓަރު ވެސް މިހާރު ތައްޔާރުކޮށްފައިވާ ކަމަށެވެ.
އެ ނޫހުން ބުނީ ރިތިކާއި ޓައިގާ ފެންނަ ޕޯސްޓަރު ވަރަށް އަވަހަށް ވައިއާރްއެފުން ދައްކައިލާނެ ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އެ ސްޓޫޑިއޯ އަދި އޮތީ ހިމޭނުންނެވެ.
ވައިއާރްއެފްގެ ވެބްސައިޓްގައި ފިލްމު ސިފަކޮށްފައި ވަނީ "ރިތިކް ވާސަސް ޓައިގާ" ގޮތުގަ އެވެ. މި ފިލްމުން އެ ދެ އެކްޓަރުންގެ ތަޅާފޮޅުންތަކާއި ނެށުމުގެ ހުނަރުގެ ކުރިމަތިލުންތަކެއް ވެސް ފެނިގެން ދާނެ އެވެ. އަންނަ އޮކްޓޯބަރު މަހުގެ 2 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމުގެ ބަތަލާއަކީ ވާނީ ކަޕޫރެވެ.
މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ޔޫރަޕްގެ އެކި ގައުމުތަކުގެ ހިތްގައިމު ލޮކޭޝަންތަކުގަ އެވެ.
ރިތިކް ކުރިން ވަނީ ވައިއާރްއެފްގެ ދެ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ "ދޫމް 2" އާއި "މުޖްސޭ ދޯސްތީ ކަރޯގީ" އެވެ.
އަދި ސިދާތުގެ އާ ފިލްމަކީ އެ ސްޓޫޑިއޯއެއްގެ ފިލްމެއް ޓައިގާ ކުޅުނު ފުރަތަމަ ފަހަރެވެ.
Hrithik Roshan aai Tiger Shroff ge film 6 gaumeggai shoot kuraane
The most trusted news source in the Maldives
Mihaaru
ރިތިކާއި ޓައިގާގެ ފިލްމުގެ ޝޫޓިން ފެށީ މިދިޔަ އަހަރު.
ސިދާތުއަކީ ވައިއާރްއެފުން 2005 ގައ ގެނެސް ދިން ކާމިޔާބު ފިލްމު "ސަލާމް ނަމަސްތޭ" ގެ ޑައިރެކްޓަރެވެ. އޭނާ އެންމަ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2015 ގައި ރިތިކާއި ކެޓްރީނާ ކެއިފާ އެކު ގެނެސް ދިން "ބޭންގް ބޭންގް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy