ޑޭބް މަސްޓެއިން.
20 ޖޫން 2019 - 07:07
އެމެރިކާގެ މަޝްހޫރު ހެވީ މެޓަލް ބޭންޑް "މެގަޑެތު" ގެ ލީޑް ވޯކަލިސްޓް ޑޭވް މަސްޓެއިނަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި އެވެ.
އުމުރުން 57 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ ޓްވިޓާގައި ވެސް އެ ވާހަކަ ހިއްސާކޮށްފަ އެވެ. އޭނާ ބުނީ ފަރުވާ ހޯދަނީ ތުރޯޓް (ކަރުތެރޭގެ) ކެންސަރަށް ކަމަށާއި ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތަށް ބަލާ އިރު، 90 ޕަސެންޓް ކާމިޔާބު ކަމަށެވެ.
"މެގަޑެތުން" ކުރިއަށް ގެންދަން އިއުލާންކޮށްފައި އޮތް "މެގަކްރޫޒް" ޓުއާގެ ބޮޑު ބައި ވަނީ ޑޭވަށް ކެންސަރު ޖެހުމާ ގުޅިގެން ކެންސަލްކޮށްފަ އެވެ. އެކަމަކު ޓުއާގެ ބާކީ ހުރި ތާރީހުތަކަށް އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ނުކުމެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
I’ve been diagnosed with throat cancer. It’s clearly something to be respected and faced head on - but I’ve faced obstacles before. I’m working closely with my doctors, and we’ve mapped out a treatment plan which they feel has a 90% success rate... https://t.co/8FBQUmloSf pic.twitter.com/CPuu2UFPv1
— Dave Mustaine (@DaveMustaine) June 17, 2019
"މެގަޑެތު" ގެ މައި ލަވަކިޔުންތެރިޔާ އަށް ކެންސަރު ޖެހި ފަރުވާ ހޯދަން ޖެހިފައި މި ވަނީ 2016 ގައި ނެރެ 2017 ގައި ގްރެމީ އެވޯޑް ވެސް ހޯދި އަލްބަމް "ޑިސްޓޯޕިއާ" ގެ ފޮލޯއަޕެއްގެ މަސައްކަތް ވެސް ފަށާފައި ވަނިކޮށެވެ.
ނަވާރަ ސަތޭކަ އަށްޑިހަ ތިނެއްގައި އުފެދުނު "މެގަޑެތު" ގައި ތިބެނީ ޑޭވްއާ އެކު، ޑޭވް އެލެފްސަން، ކިކޯ ލޯއިރޯ އަދި ޑާކް ވާބިއުރެން އެވެ.
މިހާތަނަށް ބޭންޑުން 15 އަލްބަމް ނެރެފައިވާ އިރު، އެ މީހުންގެ އަލަތު އަލްބަމަކީ 1985 ގެ "ކިލިން އިޒް މައި ބިޒްނެސް...އެންޑް ބިޒްނެސް އިޒް ގުޑް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނުއެދުރ
20 June 2019
މެގަޑެތް ފެނިގެން ބައްދަލުކުރަންއައީދޯ؟. ބީހެޕީ ޔޫގޮޓް ޔުއަރ ބެސްޓްފްރެންޑް.
ރަދީފް
20 June 2019
ގެޓް ވެލް ސޫން ބްރަދާ. ''ބްލަޑް އޮފް ހީރޯސް'' އަދި ''އައި ތޯޓް އައި ނިއު އިޓް އޯލް'' ފަދަ ލަވަތައް އެއީ އަހަރުމެންގެ ޅައިރުގެ ހަނދާންތަކާއި ގުޅިފައިވާ ރީތި ލަވަތަކެއް.