21 ޖޫން 2019 - 07:59
ސަންޖޭ ލީލާ ބަންސާލީ މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އާ ފިލްމު "އިންޝާﷲ" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި އެމެރިކާގެ ފްލޮރިޑާގައި ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ހަންގާމާ އިން ބުނީ ބަންސާލީ އާއި އޭނާގެ ޓެކްނިކަލް ޓީމް މިހާރު ތިބީ ލޮކޭޝަން ހަންޓް ކުރުމުގެ ތެރޭގައި އެމެރިކާގައި ކަމަށެވެ. އެގޮތުން "އިންޝާﷲ" ގެ މުހިއްމު މަންޒަރުތަކެއް މަޔާމީ އާއި އޮލެންޑޯގެ މަގުތަކުގައި ނަގަން ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
ހަންގާމާ އިން ބުނި ގޮތުގައި ފިލްމުގައި، ޒުވާން ބަތަލާ އާލިއާ ބަޓް ފެންނާނީ އިންޑިއާގެ ވަރާނަސީ އަށް ނިސްބަތްވާ ބަތަލާއެއްގެ ރޯލުންނެވެ. އަދި ސަލްމާން ހާން ފެނިގެން ދާނީ 40 ގެ އަހަރުތައް ގުނަމުން އަންނަ އޮލެންޑޯ އަށް ނިސްބަތްވާ ނުފޫޒުގަދަ ވިޔަފާވެރިއެއްގެ ރޯލުންނެވެ.
އެމެރިކާގެ އިތުރުން "އިންޝާﷲ" ގެ މަންޒަރުތަކެއް އިންޑިއާގެ ރިޝިކޭޝް އާއި ހަރިދުވާރުގައި ވެސް ނަގާނެ އެވެ.
ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައަކަށް ހަދާ ފިލްމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ބަންސާލީ މި ފަހުން ގެނެސް ދިން ހުރިހާ ފިލްމުތަކެއްގެ މިއުޒިކް އަމިއްލަ އަށް ހެދި ގޮތަށް "އިންޝާﷲ" ގެ މިއުޒިކް ވެސް ހަދަނީ އޭނާ އަމިއްލައަށެވެ.
"Insha Allah" gai Salman Khan aai Alia Bhatt
The most trusted news source in the Maldives
Mihaaru
"އިންޝާﷲ" އިއުލާން ކުރީ މާޗް މަހު.
ސަލްމާނާއި އާލިއާ ބަޓް ފިޔަވައި "އިންޝާﷲ" ގެ ކާސްޓުންގެ ދެން ހިމެނޭ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.
"ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ރާމް-ލީލާ" ފަދަ އަސަރު ގަދަ ފިލްމުތައް ގެނެސް ދިން ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯން އަދި ޝާހިދު ކަޕޫރާ އެކީ ގެނެސް ދިން "ޕަދުމާވަތު" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުލޫ
22 June 2019
ސަލްމާން މެން އަދިވެސް ޅަ ބައި ކުޅެން ފައި ނަގާފަ! އަމީތާބު ނުރަ ތުބުޅި ލައިގެން 2000 ވަނަ އަހަރު މުހައްބަދޭން ގަ މުސްކުޅި ބައްޕަ އެއްގެ ރޯލް ކުޅުނީ 58 އަހަރުގަ ، 1999 ގަ ހިންދުސްތާންކީ ގަސަމް ކުޅުނީ މިހާރު ސަލްމާން މެންގެ އުމުރުގަ ހުދު ތުބުޅިއަކާ އެކު މުސްކުޅި މީހެއް ގޮތުގަ އުމުރަށް ވުރެ ދޮށީ ބައި ކުޅެން ބިރު ނުގަނޭ! އެއީ ސްޕަރ ސްޓާރުން ނަކީ.. ޢާލިޔާ ފަދަ ތިމާ އަށް ވުރެން 30 އަހަރު ހަގު ކުދިންނާ އެކު މި ކުޅެނީ ސަލްމާން މެން
ސުނީތާ
21 June 2019
އާލިޔާ އަކީ ވަރަށް މޮޅު އެކްޓްރެސް އެއް. އާލިޔާގެ އާ ފިލްމަަކަށް ވަރަށް އިންތިޒާރު ކުރެވޭ
ކޯކިލާ މޯދީ
21 June 2019
ލޮލް ކުރިން ދުވަހު ކަލަންކް ބެލިން. އެއްވެސް މޮޅެއްނުން އާލިޔާ ބަޓެއް!