މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ލަކްނޫގައި މިހާރު ޝޫޓިން ކުރިއަށްދާ ފިލްމު "ގުލާބޯ ސިތާބޯ" ގައި އަމީތާބް ބައްޗަން ފެންނާނެ ގޮތް ދައްކާލައިފި އެވެ.

ޓްވިޓާގައި އާންމުކޮށްފައިވާ ފޮޓޯއެއްގައި ފެންނަނީ 76 އަހަރުގެ އެކްޓަރު ބޮޑު ނުރަ ތުނބުޅިއަކާ އެކު ވަރަށް މުސްކުޅި ފާޑުގެ ކެރެކްޓާއަކުންނެވެ. އަމީތާބަކީ އަބަދު ވެސް ވަރަށް ތަފާތު އެކި ކަހަލަ ކެރެކްޓާތައް ތަޖުރިބާ ކުރަމުން އަންނަ އެކްޓަރެކެވެ. އެގޮތުން މިދިޔަ އަހަރު ރިލީޒް ކުރި "ތަގްސް އޮފް ހިންދުސްތާން" އަކީ ވެސް އޭނާ ވަރަށް ތަފާތު ގޮތަކަށް ފެނުނު ފިލްމެކެވެ.

އަންނަ އަހަރު ރިލީޒް "ޗެހެރޭ" ގައި ވެސް އަމީތާބް ފެންނަނީ ތަފާތު ލުކެއްގަ އެވެ.

"ގުލާބޯ ސިތާބޯ" އަކީ އަމީތާބާ އެކު 2015 ގެ "ޕީކޫ" ގެނެސް ދިން ސުޖިތު ސިރްކާ ޑައިރެކްޓް ކުރާ ފެމިލީ ކޮމެޑީއެކެވެ. މި ފިލްމުގެ މުހިއްމު ރޯލެއް އަޔޫޝްމަން ކުރާނާ ވެސް ކުޅެ އެވެ.

"ގުލާބޯ ސިތާބޯ" ސިނަމާތަކަށް އަންނާނީ އެޕްރީލް 24، 2020 ގަ އެވެ.

"ލޫޓްކޭސް" އޮކްޓޯބަރު 11 ގައި

ޕްރިޔަންކާ ޗޯޕްޅާގެ "ދަ ސްކައި އިޒް ޕިންކް" ރިލީޒް ކުރަން ނިންމާފައިވާ ތާރީހު ކަމަށްވާ އަންނަ އޮކްޓޯބަރު މަހުގެ 11 އަށް އިތުރު ފިލްމެއް ތާވަލުކޮށްފި އެވެ.

އެހާ މަޝްހޫރު ނޫން ތަރިންތަކެއް ހިމެނޭ މި ފިލްމަކީ "ލޫޓްކޭސް" އެވެ. ރާޖޭޝް ކްރިޝްނަން ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންނަކީ ކުނާލް ކޭމޫ، ރާސިކާ ޑުއްގަލް، ގަޖްރާޖް ރާއޯ، ރަންވީރު ޝޯރޭ އަދި ވިޖޭ ރާޒެވެ.

"ލޫޓްކޭސް" އަކީ ފޮކްސް ސްޓާ ސްޓޫޑިއޯ އިން ގެނެސްދޭ ފިލްމެކެވެ.

"ލަޔަން ކިންގް" އަށް އިތުރު އަޑުތަކެއް

އަންނަ މަހު ރިލީޒް ކުރާ ޑިޒްނީގެ "ލަޔަން ކިންގް" ގެ ހިންދީ ވާޝަނުގެ މައި ދެ ކެރެކްޓާއަކަށް ޝާހްރުކް ހާނާއި އޭނާގެ ދަރިފުޅު އަރިޔަން ހާން އަޑު އަޅައި ދޭން ހަމަޖެހިފައި ވަނިކޮށް، ފިލްމުގެ އިތުރު ކެރެކްޓާތަކަށް އަޑު އަޅައިދޭ ފަންނާނުންގެ ނަންތައް އިއުލާންކޮށްފި އެވެ.

އެގޮތުން ޓިމޯންގެ ކެރެކްޓާ އަށް ޝްރެޔަސް ތަލްޕަޅޭ އަޑު އަޅައިދޭ އިރު، ސްކާގެ އަޑަކީ އަޝިޝް ވިދިޔާތީ އެވެ. އެކްޓަރު އާސްރާނީ، ޒަޒޫގެ ކެރެކްޓާ އަށް އަޑު އަޅައިދޭ އިރު، ޕުމްބާއަކީ ސަންޖޭ މިޝްރާ އެވެ.

ޝާހްރުކް އަޑު އަޅައި ދެނީ މުސާފާއަށެވެ. އަރިޔަންގެ އަޑަކީ ސިމްބާ އެވެ.

ޖޮން ފެވަރޯ ޑައިރެކްޓްކޮށްފައިވާ "ލަޔަން ކިންގް" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 17 ގަ އެވެ. މި ފިލްމު އިންޑިއާގައި ހިންދީ ބަހުގެ އިތުރުން ތަމަޅަ އާއި ތެލެގޫ ބަހުން ވެސް ރިލީޒް ކުރާނެ އެވެ.

"ޙާންދާނީ ޝަފަޙާނާ" ގެ ޓްރެއިލާ ދައްކާލައިފި

ސޮނާކްޝީ ސިންހާ އާއި ބާދުޝާހް އަދި ވަރުން ޝަރުމާ ލީޑް ރޯލުން ފެނިގެންދާ ކޮމެޑީ ފިލްމު "ޙާންދާޏީ ޝަފަހާނާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ހެއްވާ މަހާ ހާދިސާތަކެއް ކިޔައިދޭ މި ފެމިލީ ކޮމީޑީއަކީ ސެކްސް ކްލިނިކެއް ހިންގާ ބައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. "ޙާންދާނީ ޝަފަޙާނާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި އައްނޫ ކަޕޫރާއި ނާދިރާ ބައްބަރު ހިމެނެ އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ޝިލްޕީ ދާސްގުޕްތާ އެވެ. ފިލްމު ރިލީޒް ކުރާނީ އަންނަ މަހުގެ 26 ގަ އެވެ.

"ޙާންދާނީ ޝަފަޙާނާ" އަކީ ރެޕާ/ލަވަކިޔުންތެރިތާ ބާދުޝާގެ އަލަތު ފިލްމެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 67%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454