25 ޖޫން 2019 - 07:38
ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 13 ވަނަ ސީޒަން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ އިރު، ޝޯ ހޯސްޓްކުރާ ސަލްމާން ހާނަށް މި ފަހަރު 403 ކްރޯޑް ރުޕީސް (57,919,160 ޑޮލަރު) ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ސަލްމާނަށް ޝޯގެ 26 އެޕިސޯޑުން ޖުމްލަ 403 މިލިއަންގެ އާމްދަނީއެއް ލިބޭ އިރު، ހަފުތާ ބަންދުގެ އެޕިސޯޑްތަކުން އެކަނި ވެސް އޭނާ އަށް 31 ކްރޯޑް ލިބޭނެ އެވެ.
މިދިޔަ އަހަރު ގެނެސް ދިން "ބިގް ބޮސް" ސީޒަން 12 އިން ސަލްމާނަށް ގާތްގަނޑަކަށް 350 މިލިއަން ރުޕީސް (50,302,000ރ.) ލިބިފައިވެ އެވެ.
ސެޕްޓެމްބަރު މަހުގެ 29 ގައި "ބިގް ބޮސް" ގެ 13 ވަނަ ސީޒަން ފަށާ އިރު، މި ފަހަރު ޝޯގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާން ސަލްމާނަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އޭނާގެ ޓީވީ ކުންފުނި އެސްކޭޓީވީ އިން "ބިގް ބޮސް" 13 ޕްރޮޑިއުސް ކުރުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް މީޑިއާތަކުން ބުންޏެވެ.
#NachBaliye9, Coming Soon with someone you know!@Urvashi9 @BeingSalmanKhan pic.twitter.com/uKLtvlH90j
— StarPlus (@StarPlus) June 17, 2019
އެސްކޭ ޓީވީން މިހާރު ޕްރޮޑިއުސް ކުރާ ޝޯއަކީ ސޮނީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އެވެ. އަދި ސްޓާ ޕްލަސް އިން މިހާރު ދައްކަން ފަށަން ތައްޔާރުވަމުން އަންނަ ޑާންސް ޝޯ "ނަޗް ބަލިޔޭ" ސީޒަން 9 އަކީ ވެސް ސަލްމާން މި ފަހަރު ޕްރޮޑިއުސް ކުރާ ޝޯއެކެވެ.
ކަލާޒްގެ މަގުބޫލު ޝޯ "ބިގް ބޮސް" ގެ 13 ވަނަ ސީޒަން ސެޕްޓެމްބަރު މަހު ފެށުމަށް ފަހު، ޝޯގެ ފިނާލޭ ގެނެސް ދޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ގަ އެވެ.
މި ޝޯ އިން މި ފަހަރު ފެންނާނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. އެކަމަކު ޝޯ ގެނެސްދޭ ފޯމެޓަށް އަނެއްކާ ވެސް އިތުރު ބަދަލެއް ގެނެސް މާ ލަހެއް ނުކޮށް ބައިވެރިން އިއުލާން ކުރާނެ އެވެ.
މިދިޔަ އަހަރު "ބިގް ބޮސް" ސީޒަން 12 ކާމިޔާބު ކުރީ ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ސިލްސިލާ "ކަހާ ހަމް، ކަހާ ތުމް" ގެ ބަތަލާ ދިޕިކާ ކައްކަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy