މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހު ރިލީޒްކުރާ ޖޯން އަބްރަހަމްގެ ފިލްމު "ބަތުލާ ހައުސް" ގެ ޓްރެއިލާ ދައްކައިފި އެވެ.

ނިކިލް އަދުވާނީ ޑައިރެކްޓްކޮށްފައިވާ ފިލްމުގައި ޖޯން ފެނިގެން ދާނީ އިންޑިއާގެ ކޮންޓްރަވާޝަލް ފުލުހެއް ކަމަށްވާ ސަންޖީވް ކުމާރު ޔާދަވްގެ ރޯލުންނެވެ. މިދިޔަ އަހަރު ރިލީޒް ކުރި "ސަތިޔަމޭވް ޖަޔަތޭ" ގައި ވެސް ޖޯން ވަނީ ވަރަށް ވަރުގަދަ ފުލުސް ކެރެކްޓާއެއް ކުޅެފަ އެވެ.

"ބަތުލާ ހައުސް" އަކީ އެޕްރީލް މަހު ރިލީޒްކުރި ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) އަށް ފަހު، މި އަހަރު ރިލީޒްވާ ޖޯންގެ ދެވަނަ ފިލްމެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ އޮގަސްޓް މަހުގެ 15 ގައި ރިލީޒްކުރާ ފިލްމުގެ ބަތަލާއަކީ މުރުނާލް ތާކޫރެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ރަވީ ކިޝަން، ޕްރަކާޝް ރާޖް، ސޯނަމް އަރޯރާ އަދި އަލޯކް ޕާންޑޭ ހިމެނެ އެވެ.

"ބަތުލާ ހައުސް" ގެ އައިޓަމް ލަވައަކުން ނޯރާ ފަތެހީ ވެސް ފެނިގެން ދާނެ އެވެ.

ރާމް ކަޕޫރަށް ބޮޑު ބަދަލެއް

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި އެކްޓަރު ރާމް ކަޕޫރް ހަށިގަނޑު ވަރަށް ބޮޑަށް ހިއްކާލައި، އޭނާ އަށް މިހާރު އައިސްފައި ހުރި ބޮޑު ބަދަލު އިންސްޓަގްރާމްގައި ހިއްސާކޮށްފި އެވެ.

ކުރިން ބޮޑު ބަނޑެއް އޮންނަ ރާމް މިހާރު ފެންނަނީ ވަރަށް ވެސް ތަފާތުކޮށް އަދި ފިޓްކޮށެވެ. މިއީ ވަރަށް ގިނަ ދުވަހު މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ބުންޏެވެ.

އުމުރުން 45 އަހަރުގެ އެކްޓަރު ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ބަޅޭ އައްޗޭ ލަގްތޭ ހޭ" އާއި "ގަރް އޭކް މަންދިރު" އަދި "ކަސަމް ސޭ" ފަދަ ސިލްސިލާތައް ހިމެނެ އެވެ. އޭނާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތައް ވެސް ކުޅަފަ އެވެ. އޭގެ ތެރޭގައި "ހަމްޝަކަލްސް"، "ސްޓޫޑަންޓް އޮފް ދި އިޔާ" އަދި "ލަވް ޔާތުރީ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

"ހައިވާން" ގެ ޕްރޮމޯއެއް

އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ޒީޓީވީން އަލަށް ގެނެސް ދޭން ތައްޔާރުވަމުން އަންނަ ސިލްސިލާ "ހައިވާން" ގެ ޕްރޮމޯއެއް ދައްކާލައިފި އެވެ.

ނަމަވެސް ޕްރޮމޯގައި ސިލްސިލާގެ އެއްވެސް އެކްޓަރަކު ދައްކައެއް ނުލަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސުޕަނެޗްރަލް/ސައިންސް ފިކްޝަން ސިލްސިލާއެއްގެ ގޮތުގައި ގެނެސްދޭ "ހައިވާން" ގެ ލީޑް ރޯލުން ފެނިގެން ދާނީ ޕަރަމް ސިންގް އާއި ރިދިމާ ޕަންޑިތުގެ އިތުރުން ސައުތުގެ މަޝްހޫރު ތަރިއެއް ކަމަށްވާ ގަޔަތުރީ އައްޔަރެވެ.

މި ސިލްސިލާ ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދި "ހައިވާން" ގެނެސް ދޭނީ ހަފުތާއެއްގެ ދެ ރޭ ކަމަށްވެ އެވެ. މީގެ ޝޫޓިން މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް އޭގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ބާދުޝާގެ އާ ލަވައެއް

އަންނަ މަހު ރިލީޒް ކުރާ ފިލްމު "ޙާންދާނީ ޝަފަޙާނާ" އިން އެކްޓަރެއްގެ ގޮތުގައި ވެސް ތައާރަފުވާ ބޮލީވުޑްގެ މަޝްހޫރު ރެޕާ/ލަވަކިޔުންތެރިިޔާ ބާދުޝާގެ އާ ސިންގަލްއެއް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

ވީޑިއޯއާ އެކު ވެސް ދައްކައިލި ލަވައިގެ ނަމަކީ "ޕާގަލް" އެވެ. މި ލަވައިގެ މިއުޒިކާއި ޅެން ވެސް ހަދައި، ލަވަ ކިޔާފައި ވަނީ ބާދުޝާ އެވެ. ވީޑިއޯ ގެނެސް ދީފައި ވަނީ ފޯރިގަދަ ނެށުންތަކާ ވެސް އެކީގަ އެވެ.

މީގެ ކުރިން ވެސް މަގުބޫލު އެތައް ލަވައެއް އޭނާ ވަނީ ގެނެސް ދީފަ އެވެ. ކުރިން ގިނަ ލަވަތަކެއް ޓީ ސީރީޒްގެ ތައްގަނޑުގައި ގެނެސް ދިން ބާދުޝާގެ އާ ލަވަ ގެނެސް ދީފައި ވަނީ ސޮނީ މިއުޒިކްގެ ތައްގަނޑުގަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454