މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސޮނާކްޝީ ސިންހާ: އޭނާގެ ދެ ފިލްމެއް އަންނަ މަހު ރިލީޒް ކުރާނެ.

ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމިއާގެ އާ ފިލްމު "ހެޕީ ހާޑީ އެންޑް ހީރް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

މި ރޮމޭންޓިކް ކޮމެޑީގައި ހިމޭޝްއާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ސޯނިއާ މަން އެވެ. އަދި ހިމޭޝް ތަފާތު ދެ ކެރެކްޓާއަކުން ފެނިގެން ދާނެ އެވެ. އިނގިރޭސިވިލާތުގައި އެއްކޮށްހެން ޝޫޓްކޮށްފައިވާ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ރާކާ އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި "ހެޕީ ހާޑީ އެންޑް ހީރް" ރިލީޒް ކުރަން ނިންމާފައި އޮތް ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. ފިލްމުގެ ރަސްމީ ޓްރެއިލާ އަންނަ މަހު ކުރީކޮޅު ދައްކައިލަން ވަނީ ހަމަޖެހިފަ އެވެ.

މީގެ ކުރިން "އެކްސްޕޯސް" އާއި "ކަޖްރޭ ރޭ" އަދި "ކަރުޒް" ގެ އިތުރުން "އާޕް ކާ ސުރޫރު" ފަދަ ފިލްމުތައް ކުޅެފައިވާ ހިމޭޝް މި ވަގުތު އަންނަނީ ސޮނީ ޓީވީން ދައްކާ ކުޑަކުދިންގެ ލަވަ ޝޯ "ސުޕަސްޓާ ސިންގާ" ގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2016 ގައި ރިލީޒް ކުރި "ތެރާ ސުރޫރު" އިންނެވެ.

"މިޝަން މަންގަލް" ގެ ޓްރެއިލާ މާދަމާ

އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ ފިލްމު "މިޝަން މަންގަލް" ގެ ޓްރެއިލާ މާދަމާ ދައްކައިލަން ނިންމިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އިންޑިއާގެ ސައިންޓިސްޓުންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ޓްރެއިލާ ލޯންޗް ކުރާނީ އެކަމަށްޓަކައި ބާއްވާ ވަރަށް ހާއްސަ ހަފުލާއެއްގެ ތެރޭގަ އެވެ. އެ ހަފުލާފައި ފިލްމުގެ މުޅި ޓީމް ބައިވެރި ވާނެ އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް ޖަގަން ޝަކްތީ ޑައިރެކްޓްކޮށްފައިވާ "މިޝަން މަންގަލް" ގެ ކާސްޓުންނަކީ ވިދިޔާ ބާލަން، ސޮނާކްޝީ ސިންހާ، ތާޕްސީ ޕައްނޫ، ކްރިތީ ކުލްހާރީ، ނިތިޔާ މެނަން، ޝަރުމަން ޖޯޝީ އަދި ސަންޖޭ ކަޕޫރެވެ. މި ފިލްމުގައި ކިޔައި ދެނީ އަންހެން ސައިންޓިސްޓުންތަކެއް އިސްކޮށް ތިބެގެން ނޮވެމްބަރު 5، 2013 ގައި ލޯންޗް ކުރި މާސް އޯބިޓާ މިޝަން (މަންގަލިޔާން) ގެ ވާހަކަ އެވެ.

މިއީ މާސް އަށް އުޅަނދެއް ފޮނުވަން އިންޑިިއާގެ ޖައްވީ އިދާރާ އިސްރޯ އިން ކުރިއަށް ގެންދިޔަ މިޝަނެކެވެ. އެހެންވެ ފިލްމުގައި ކޮންމެ އެކްޓަރަކު ވެސް ފެނިގެން ދާނީ ހަގީގީ ކެރެކްޓާއަކުންނެވެ.

"އިޝްގް ވިޝްގް" ގެ ސީކްއެލް އަށް ސާރާ

ދެހާސް ތިން ވަނަ އަހަރުގެ ކާމިޔާބު ފިލްމު "އިޝްގް ވިޝްގް" ގެ ދެވަނަ ބައި ހަދަން ތައްޔާރުވަމުން އަންނަ އިރު، މި ފިލްމުގެ ބަތަލާގެ ރޯލަށް ސާރާ އަލީ ހާން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ އެކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

ސާރާ ފިލްމަށް ސޮއި ކުރި ވާހަކަ މީޑިއާތަކުން ފަތުރާފައި ވަނީ "އިޝްގް ވިޝްގް" ގެ ކުޅުނު ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ޙައްތަރު ފިލްމުގެ ދެވަނަ ބައިގެ ބަތަލަކަށް ސޮއިކޮށްފައިވާ ކަމަށް ވެސް އަޑުތައް އަރާފައި ވަނިކޮށެވެ.

ބެލެވޭ ގޮތުން ކުރީގެ ފިލްމާ އެއްގޮތަށް ސީކްއެލްގައި ވެސް ދެ ބަތަލާއިން ހިމެނޭނެ އެވެ. މިއީ ކޮލެޖް ޒުވާނުންތަކެއްގެ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ.

ކުރީގެ ފިލްމުގެ އެއް ބަތަލާ އަމްރިތާ ރާއޯ ވެސް ވަނީ ސާރާއަކީ "އިޝްގް ވިޝްގް 2" ގެ ކާސްޓަށް ވަރަށް ކަމުދާނެ ބަތަލާއެއް ކަމަށް ބުނެފަ އެވެ. ސާރާ މި ވަގުތު އަންނަނީ ވަރުން ދަވަންއާ އެކު ކުޅޭ "ކޫލީ ނަމްބަރު 1" އަށް ތައްޔާރުވަމުންވެ. އެ ފިލްމުގެ ޝޫޓިން އަންނަ މަހުގެ 5 ގައި ފަށާނެ އެވެ.

"ސަންޖިވްނީ" ގެ އާ ސީޒަނުގެ ޕްރޮމޯއެއް

ސްޓާ ޕްލަސް އިން ކުރިން ގެނެސް ދިން މެޑިކަލް ޑްރާމާ "ސަންޖިވްނީ" ގެ ތިން ސީޒަނުގެ ޕްރޮމޯއެއް ދައްކާލައިފި އެވެ.

މި ފަހަރު ވެސް ސިލްސިލާގައި ކުރިން ޑޮކްޓަރުންގެ ރޯލްތައް ކުޅުނު މޯނިޝް ބޭލް އާއި ގުރުޕްރީތު ކޯލީ ވެސް ފެނިގެން ދާނެ އެވެ. އާ ސީޒަނާ އަލަށް ގުޅުނު ދެ ތަރިންނަކީ މިދިޔަ އަހަރު ސްޓާ ޕްލަސްގެ "އިޝްގްބާޒް" އިން ވަކިވި ބަތަލާ ސުރްބީ ޗަންދަނާ އާއި ނަމިތު ކަންނާ އެވެ.

"ސަންޖިވްނީ" ގެ އާ ސީޒަން ބެލުންތެރިންނަށް ގެނެސް ދިނުމުގެ ފަހަތުގައި ހުރީ ކުރިން ވެސް މި ސިލްސިލާގައި ހިއްސާވި އަދި މިދިޔަ އަހަރު ރާނީ މުކަރްޖީގެ "ހިޗްކީ" ޑައިރެކްޓް ކުރި ސިދާތު ޕީ މަލްއުތުރާ އެވެ.

"ސަންޖްވްނީ" އާ ސީޒަން ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ސަންޖިވްނީ" ގެ ފުރަތަމަ ސީޒަން 2002-2005 އަށް ގެނެސް ދިން އިރު، ޖުމްލަ 167 އެޕިސޯޑް ދެއްކި އެވެ. އަދި މީގެ ދެވަނަ ސީޒަނެއް "ދިލް މިލް ގަޔޭ" ގެ ނަމުގައި ތަފާތު ކާސްޓަކާ އެކު 2007-2010 އަށް ގެނެސް ދީފައިވެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454