19 ޖުލައި 2019 - 07:42
މީގެ 10 ވަރަކަށް އަހަރު ކުރިން މަހާރަޝްތުރާ ސްޓޭޓްގައި ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫއަކަށް އިންވެސްޓްކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ އަނެއްކާވެސް އާ ވިޔަފާރިއެއް ފަށައިފި އެވެ.
ފިލްމުފެއާ އިން ބުނި ގޮތުގައި ކުރީގެ ރީތީގެ ރާނީ އާއި އޭނާގެ މަންމަ ވުރިންދާ ރާއީ ހިއްސާވާ ގޮތަށް މި ފަހަރު ވެސް ފަށާފައި ވަނީ ތިމާވެއްޓާ ގުޅުން ހުރި ސްޓާޓަޕެކެވެ.
އެގޮތުން ބެންގަލޫރުގައި ފެށި ވިޔަފާރިއަކީ ވައިގެ ކޮލިޓީ މޮނިޓާ ކުރަން ހާއްސަ އުފެއްދުމެއް ކަމަށްވާ "އެމްބީ" ފޯރުކޮށް ދިނުމެވެ. ނޫސްތަކުން ބުނި ގޮތުގައި މީގެ 100 އަށް ވުރެ ގިނަ ސެންސާތައް ބެންގަލޫރުގެ އެކި ސަރަހައްދުތަކުގައި މިހާރު ވަނީ ހަރުކޮށްފަ އެވެ.
އައިޝްވާރިޔާ މަންމަ އާއި ދަރިފުޅާ އެކު.
ފިލްމުފެއާ އިން ބުނި ގޮތުގައި އަލަށް ފެށި ވިޔަފާރީގައި އައިޝްވާރިޔާ އާއި އޭނާގެ މަންމަ އެއްވަރަކަށް އިންވެސްޓްކޮށްފައިވެ އެވެ. އެއީ މީހަކަށް 50 ލައްކަ ރުޕީސް އެވެ.
އެކްޓަރު އަބީޝެކް ބައްޗަންއާ ކައިވެނިކޮށްގެން 8 އަހަރުގެ ދަރިއަކު ވެސް ހުރި ބަތަލާ އާ ވިޔަފާރިއެއް ފެށި އިރު، އޭނާގެ އެކްޓިން ކެރިއަރު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ. އެގޮތުން ފިލްމުތަކުން އައިޝްވާރިޔާ ފެންނަލެއް ވަރަށް ބޮޑަަށް މަދުވެފައިވެ އެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ބަތަލާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ 2017 ގައި ރިލީޒް ކުރި ފްލޮޕް "ފަނޭ ހާން" އިންނެވެ.
އައިޝްވާރިޔާ، ފިރިމީހާ އާއި ދަރިފުޅާ އެކު.
އެ ފިލްމަށް ފަހު އޭނާ ކުޅޭ ގޮތަށް އޮތީ އަބީޝެކާ އެކު ކުޅެން ސޮއިކޮށްފައި އޮތް "ގުލާބްޖާމޫ" އެވެ. އެކަމަކު ސްކްރިޕްޓާ ދޭތެރޭ ހިތްހަމަނުޖެހިގެން ދެމަފިރިން ވަނީ އެ ފިލްމު ދޫކޮށްލައިފަ އެވެ. އޭގެ ފަހުން އެއްވެސް ފިލްމަކަށް އައިޝްވާރިޔާ ސޮއެއް ނުކުރެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އޭނާއާ އެކު "ގުރޫ" އާއި "ރާވަން" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު މަނީ ރަތުނަމް އަލަށް ހަދަން އުޅޭ ތާރީހީ ބޮޑު ފިލްމެއް ވަނީ އައިޝްވާރިޔާ އަށް ވަނީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
21 July 2019
ރާއްޖޭގެ ފިލްމުސްޓާރުންވެސްދަނީ އެކިކަހަލަ ތަފާތު ވިޔަފާރިތަށްކުރަމުން އެވާހަކަތައް ގެސްދޭންފަށާނީ ކޮންއިރަކުން؟
އޯ ނޯ
19 July 2019
އައިޝްވަރިޔާގެ ވެއްޓުމަކަށްވީ ނަމުގެ ފަހަތައް ބައްޗަންގެންނަން ވެގެން އެއްވެސް އެކުޓެއްނެއް އަބަދު ބައްޕަ ފަހަތު އުޅޭ އަބީޝެކު ކިޔާ މީހަކާއިނުން. އެހެންވުމުން ރީތީގެ ތާޖުލިބުނު އައިޝްވަރިޔާގެ މަގުބޫލުކަން ގެއްލި އެކަޕަލް އަކީ ޕާވާ ކަޕްލްއަކަށްނުވި.
އޭޕްރަން
19 July 2019
ހާދަ ރީއްޗޭ އަދިވެސް
ތުނިޔަ
19 July 2019
މޭކަޕް ފިލުވާލީމަ އެނގޭނީ!
އއއއިބްރާހިމް
20 July 2019
އައިޝްވާރިޔާގެ މޭކަޕް ފުހެލާފަ ހުންނައިރު މާރީތި.