މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި މަހު ޝޫޓިން ފަށާ ފަރްހާން އަހްތަރުގެ ބޮކްސިން ފިލްމު "ތޫފާން" ގެ ރޯލަކަށް ޕަރޭޝް ރާވާލް ސޮއިކޮށްފި އެވެ.

އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓް ކުރާ ފިލްމުގައި ޕަރޭޝް ފެނިގެން ދާނީ ފަރްހާންގެ ކޯޗެއްގެ ރޯލުންނެވެ. "ތޫފާން" ގައި އޭނާ ކުޅެނީ ބޮކްސިންތެޅުންތެރިއެއްގެ ރޯލެވެ. މި ފިލްމަކީ 2013 ގައި ރިލީޒް ކުރި އިންޑިއާގެ ކުރީގެ ދުވުންތެރިޔާ މިލްކާ ސިންގްގެ ވާހަކަ ކިޔައި ދިން ފިލްމު "ބާގް މިލްކާ ބާގް" އަށް ފަހު، މެހެރާ އާއި ފަރްހާން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

"ތޫފާން" އަށް ތައްޔާރުވުމުގެ ގޮތުން ފަރްހާން ބޮކްސިން ޓްރޭނިންތަކެއް ވެސް ހަދާތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ. "ބާގް މިލްކާ ބާގް" ކުޅެގެން އޭނާ އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާތީ، "ތޫފާން" އަކީ އަނެއްކާ ވެސް ތާރީހު އިޔާދަކޮށް ދޭނެ ފިލްމަކަށްވުމުގެ ފުރުސަތު ބޮޑެވެ.

ފަރުހާނަކީ އަބަދުވެސް އޭނާ ކުޅޭ ރޯލްތަކަށް ސަތޭކަ ޕަސެންޓް ދޭ ވަރަށް ހުނަރުވެރި އެކްޓަރެކެވެ.

ފަރްހާންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އޮކްޓޯބަރު 11 ގައި ރިލީޒްކުރާ "ދަ ސްކައި އިޒް ޕިންކް" އެވެ. "ތޫފާން" އަކީ އަންނަ އަހަރު ރިލީޒް ކުރާނެ ފިލްމެކެވެ.

"ތައިޝް" ގެ ޝޫޓިން ފަށައިފި

ޑައިރެކްޓަރު ބިޖޯއި ނަމްބިއާގެ އާ ފިލްމު "ތައިޝް" ގެ ޝޫޓިން ފަށައިފި އެވެ.

ބަދަލު ހިފުމުގެ ހާދިސާތަކެއް ދައްކުވައިދޭ މި ތުރިލާގެ ކާސްޓުންނަކީ ޕުލްކިތު ސަމްރާޓް، ހާޝްވަރުދަން ރާނޭ، އަމިތު ސާދު، ޖިމް ސަރްބް، ކްރިތީ ކަރްބަންދާ އަދި ޓީވީ ބަތަލާ ސަންޖީދާ ޝެއިހެވެ.

"ތައިޝް" އަކީ އިނގިރޭސިވިލާތުގައި އެއްކޮށް ޝޫޓް ކުރާ ފިލްމެކެވެ. ފިލްމު ބެލުންތެރިންނަށް ގެނެސް ދޭނީ އަންނަ އަހަރު އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ދެހާސް އެގާރައިގައި ފިލްމު "ޝައިތާން" އިން ޑައިރެކްޝަނަށް ނުކުތް ބިޖޯއި އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2016 ގައި އަމީތާބް ބައްޗަން އާއި ފަރްހާން އަހްތަރު މުހިއްމު ރޯލްތައް ކުޅުނު "ވަޒީރު" އެވެ.

"ގުލާބޯ ސިތާބޯ" ގެ ޝޫޓިން ނިންމާލައިފި

އަމީތާބާއި އަޔޫޝްމަން ކުރާނާ މުހިއްމު ރޯލްތައް ކުޅޭ ފެމިލީ ޑްރާމާ "ގުލާބޯ ސިތާބޯ" ގެ ޝޫޓިން ނިންމާލައިފި އެވެ.

ޖޫން މަހުގެ ތެރޭގައި ޝޫޓިން ފެށި ފިލްމުގެ މަސައްކަތް ނިންމައިލިކަން އަޔޫޝްމަން ކުރި ޓްވީޓެއްގައި ވެސް ފޭނުންނާ ހިއްސާކޮށްފައިވެ އެވެ. "ގުލާބޯ ސިތާބޯ" އަކީ އޭނާ ބޮލީވުޑަށް ތައާރަފުކޮށް ދިން ޑައިރެކްޓަރު ސުޖިތު ސިރްކާ ޑައިރެކްޓް ކުރާ ފިލްމެކެވެ. އަދި މިއީ 2015 ގައި ރިލީޒް ކުރި "ޕީކޫ" އަށް ފަހު، އަމީތާބް ވެސް ސުޖިތުއާ އެކު މަސައްކަތް ކުރާ ދެވަނަ ފިލްމެވެ.

ކުރިން އަންނަ ނޮވެމްބަރު މަހު ރިލީޒް ކުރަން ނިންމުމަށް ފަހު، މިހާރު އަންނަ އަހަރުގެ އެޕްރީލް 24 އަށް ތާވަލުކޮށްފައި އޮތް "ގުލާބޯ ސިތާބޯ" އަކީ ސުޖިތު މިދިޔަ އަހަރު ގެނެސް ދިން "އޮކްޓޯބާ" އާއި "ޕީކޫ" ގެ ވެސް ސްކްރީންޕްލޭ ލިޔުނު ޗޫހީ ޗަތުރަވެދީގެ ސްކްރިޕްޓަކަށް ހަދާ ފިލްމެކެވެ.

ތައްބޫ "ޖަވާނި ޖާނެމަން" ގެ ޝޫޓިން ނިންމާލައިފި

މިދިޔަ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން އިނގިރޭސިވިލާތުގައި ޝޫޓް ކުރަމުން އަންނަ "ޖަވާނި ޖާނެމަން" ގެ މަސައްކަތް، އެ ފިލްމުގެ މުހިއްމު ރޯލެއް ކުޅޭ ބަތަލާ ތައްބޫ ނިންމާލައިފި އެވެ.

މި ފިލްމަކީ ސައިފް އަލީ ހާން އަލަށް އުފެއްދި ފިލްމު ކުންފުނި ބްލެކްނައިޓް ފިލްމްސްގެ އަލަތު ފިލްމެވެ. އޭނާ ވެސް މުހިއްމު ރޯލެއް ކުޅޭ "ޖަވާނި ޖާނެމަން" އިން ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ އަންހެން ދަރިފުޅު އަލައިއާ ފަރުނީޗަރުވާލާ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު ވެސް މެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ތައްބޫ ފިލްމުގައި ފެނިގެން ދާނީ އަލައިއާގެ މަންމަގެ ރޯލުންނެވެ. ފިލްމުގެ ސެޓުން އާންމުކޮށްފައިވާ ބައެއް ފޮޓޯތަކަށް ބަލާ އިރު ތައްބޫ ފިލްމުގައި ފެނިގެން ދާނީ ވަރަށް މޮޑަން ކެރެކްޓާއަކުންނެވެ.

"ޖަވާނި ޖާނެމަން" އަކީ އުމުރުން ދުވަސްވީ ކަމަށް ގަބޫލު ނުކުރާ ބައްޕައަކާއި ޒުވާން އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި "ނޯޓްބުކް" ގެނެސް ދިން ނިތިން ކައްކަރެވެ.

"ޖަވާނި ޖާނެމަން" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ނޮވެމްބަރުގެ މަހުގެ 29 ގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454