އާޔޫޝް ޝަރުމާގެ "ކްވާތާ" ބަތަލާއަކަށް ކެޓްރީނާގެ ކޮއްކޮ އީޒަބެލް ހަމަޖައްސައިފި

ސަލްމާން ހާންގެ ޅިޔަނު އާޔޫޝް ޝަރުމާގެ ދެވަނަ ފިލްމު "ކްވާތާ" ގެ ބަތަލާގެ ރޯލަށް، ސަލްމާންގެ ކުރީގެ ލޯބިވެރިޔާ އަދި ބަތަލާ ކެޓްރީނާ ކެއިފްގެ ކޮއްކޮ އީޒަބެލް ކެއިފް ހަމަޖައްސައިފި އެވެ.


އަޔޫޝް އަސްކަރީ އޮފިސަރެއްގެ ރޯލު ކުޅޭ ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، "ކްވާތާ" އަކީ ކަރަން ލަލިތު ބުޓާނީ ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެ ބަތަލާއަކަށް އީޒަބެލް ނަގާފައި ވަނީ އާޔޫޝްއާ އެކު ފެންނާނީ ޖެކްލިން ފެނަންޑޭޒް ކަމަށް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

މިދިޔަ އަހަރު ރިލީޒް ކުރި "ލަވް ޔާތުރީ" އިން ބޮލީވުޑަށް ނުކުތް އާޔޫޝްގެ "ކްވާތާ" ރިލީޒް ކުރާ ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ބެލެވޭ ގޮތުން މި ފިލްމު ވާނީ އީޒަބެލްގެ އަލަތު ބޮލީވުޑް ފިލްމަށެވެ.

އޭނާ ތައާރަފުކުރާ ގޮތަށް ކުރިން އޮތީ "ޓައިމް ޑް ޑާންސް" ކިޔާ ފިލްމަކުންނެވެ. ޑައިރެކްޓަރު/ކޮރިއޯގްރާފަރު ރެމޯ ޑި ސޫޒާ އެކު މަސައްކަތްކޮށްފައިވާ ސްޓޭންލީ ޑި ކޯސްޓާ ޑައިރެކްޓް ކުރާ އެ ފިލްމުގެ ޝޫޓިން ވެސް މިދިޔަ އަހަރު ލަންޑަނުގައި ނަަގައި ނިންމާފައިވެ އެވެ. އެކަމަކު ޓީ ސީރީޒުން ޕްރޮޑިއުސްކޮށް އަންނަ ނޮވެމްބަރު މަހުގެ 29 އަށް ތާވަލުކޮށްފައި އޮތް "ޓައިމް ޓް ޑާންސް" އެ ތާރީހުގައި ރިލީޒް ކުރާނެ ކަމަށް ނުބެލެވެ އެވެ.

އީޒަބެލްއާ އެކު އެ ފިލްމުގެ ބަތަލުގެ ރޯލު ކުޅޭނީ ސޫރަޖް ޕަންޗޯލީ އެވެ. "ޓައިމް ޓް ޑާންސް" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަނޫޕަމް ކޭރް، ވަލުސްޗާ ޑި ސޫޒާ، އަކްޝޭ އޮބެރޯއީ އަދި ރާޖްޕަލް ޔާދާވް ހިމެނެ އެވެ.

އީޒަބެލް ކުރިން ބޮލީވުޑަށް ނުކުންނަ އިރު އޭނާ މީގެ ކުރިން ވަނީ ސަލްމާން ކޯ-ޕްްރޮޑިއުސް ކުރި ކެނެޑާގެ ފިލްމެއް ކުޅެފަ އެވެ. އެއީ 2014 ގައި ރިލީޒް ކުރި ފިލްމް "ޑރ. ކެބީ" އެވެ.