13 އޯގަސްޓް 2019 - 20:40
ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރު ޑޭވިޑް ދަވަންގެ 45 ވަނަ ފިލްމު "ކޫލީ ނަމްބަރު 1" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.
މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ބެންކޮކްގައި ޝޫޓް ކުރަމުން އަންނަ ފިލްމުގެ ދެ ޕޯސްޓަރެއް ދައްކައިލި އިރު، އެކަތީގައި ފެންނަނީ އެކްޓަރު ވަރުން ދަވަން އެކަންޏެވެ. އަނެއް ޕޯސްޓަރުގައި ހިމެނެނީ އޭނާ އާއި ސާރާ އަލީ ހާނެވެ.
"ކޫލީ ނަމްބަރު 1" އަކީ ޑޭވިޑް 1995 ގައި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ހަމަ އެ ނަމުގައި ގެނެސް ދިން ކާމިޔާބު ފިލްމު އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.
Varun Dhawan and Sara Ali Khan... Two new posters of #CoolieNo1... Directed by David Dhawan... Produced by Vashu Bhagnani, Jackky Bhagnani and Deepshikha Deshmukh... 1 May 2020 release. pic.twitter.com/In8lT0tYK0
— taran adarsh (@taran_adarsh) August 12, 2019
ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓުން ޕްރޮޑިއުސް ކުރާ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މެއި މަހުގެ 1 ގަ އެވެ.
"ކޫލީ ނަމްބަރު 1" ވެގެން ދާނީ ވަރުން އާއި ސާރާގެ ޖޯޑު ސްކްރީނަށް އަންނަ ފުރަތަމަ ފިލްމަށެވެ. އަދި މިއީ ބައްޕަ ޑޭވިޑާ އެކު ވަރުން މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ.
ދެބައިން އެންމެ ފަހުން އެކީގައި ގެނެސް ދިނީ 2017 ގެ "ޖުޅުވާ 2" އެވެ.
ފަރްހާން އަހްތަރު ބޮކްސިން ތެޅުންތެރިއެއްގެ ރޯލް ކުޅޭ ފިލްމު "ތޫފާން" ގެ ބަތަލާގެ ރޯލަށް މުރާނާލް ތާކޫރު ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
So sweet thank you 🙏🏻 https://t.co/z3qQHNsgzj
— Mrunal Thakur (@mrunal0801) August 5, 2019
ނަމަވެސް މިކަން އަދި އެ ފިލްމުގެ ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރާ ކަށަވަރެއް ނުކޮށްފަ އެވެ. ނަމަވެސް "ތޫފާން" ގެ ޓީމްގެ މެމްބަރަކާ ހަވާލާދީ ފިލްމީ ޚަބަރުތައް ގެނެސްދޭ ގިނަ ނޫސްތަކުން ބުނީ މުރުނާލް ފިލްމަށް ސޮއިކޮށްފައިވާ ކަމަށެވެ. އޭނާއަކީ ބުރާސްފަތި ދުވަހު ރިލީޒް ކުރާ "ބަތުލާ ހައުސް" ގެ ވެސް ބަތަލާ އެވެ.
މިދިޔަ މަހު ރިލީޒް ކުރި "ސުޕަ 30" ގެ ވެސް ބަތަލާ ވަނީ ޑައިރެކްޓަރު އުމޭޝް ޝުކްލާގެ "ނަމޫނޭ" އަށް ވެސް ސޮއިކޮށްފަ އެވެ.
މިހާރު ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ "ތޫފާން" ގައި ފަރުހާންގެ ކޯޗެއްގެ ރޯލް ކުޅެން ޕަރޭޝް ރާވަލް ސޮއިކޮށްފައިވެ އެވެ.
ފަރާ ހާންގެ އަލަތު ޑައިރެކްޝަން "މޭ ހޫ ނާ" ގެ ބަތަލާގެ ރޯލް ކުޅެން ލިބުނު އަމްރިތާ ރާއޯ އަނެއްކާ ވެސް ފަރާއާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފި އެވެ.
Twitterati I'm Baccck!!! 😄
— AMRITA RAO (@AmritaRao) August 6, 2019
Thank you @TwitterIndia 🙌 for rescuing my account from the hackers! 😊
And thank you Hackers for this MUCH NEEDED Digitox ! 😁
Ohh did i just coin a new word! 🤔 pic.twitter.com/FbEDb5TUTY
މިހާރު ފިލްމުތަކުން ފުރުސަތުތައް ނުލިބި، ހާލަކުން ފަހަރަކު ސްކްރީނުން ފެންނަ ބަތަލާ ބުނީ އޭނާ ފިލްމުތަކަށް ގިނަ ފަހަރަށް އެއްބަސް ވަނީ އެ ފިލްމުގެ ޑައިރެކްޓަރަކަށް ކުރާ އިތުބާރެއްގެ މައްޗަށް ބުރަވެ ކަމަށެވެ.
އެގޮތުން ފަރާއަކީ އޭގެ ތެރެއިން އެކަކު ކަމަށް ބުންޏެވެ. އެހެންވެ ފަރާ މިހާރު ހަދަން ތައްޔާރުވަމުން އަންނަ "ސައްތޭ ޕޭ ސައްތާ" އަކީ ވަރަށް ކުޅެލަން ބޭނުންވާ ކަހަލަ ފިލްމެއް ކަމަށް "އިޝްގް ވިޝްގް" އާއި "ވިވާހް" ފަދަ ފިލްމުތައް ކުޅުނު އަމްރިތާ ބުންޏެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރު ކުރީކޮޅު ރިލީޒް ކުރި ނަވާޒުއްދީން ސިއްދީގީގެ "ތަކެރީ" އިންނެވެ.
"ސައްތޭ ޕޭ ސައްތާ" ގެ ކާސްޓާ ބެހޭ ގޮތުން މީޑިއާތަކުގައި ގިނަ ވާހަކަތަކެއް ދެކެވެމުން ދިޔަ ނަމަވެސް، ފަރާ އަދި އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އަންނަ އޮކްޓޯބަރު 2 ގައި ރިލީޒް ކުރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އެކްޝަން ފިލްމު "ވޯ" ގެ އާ ޕޯސްޓަރެއް ދައްކާލައިފި އެވެ.
You cannot miss this #WAR. Choose your side now! #HrithikvsTiger @iHrithik @iTIGERSHROFF @Vaaniofficial #SiddharthAnand @War_TheFilm pic.twitter.com/LCXILe2nj4
— Yash Raj Films (@yrf) August 12, 2019
މިދިޔަ މަހުގެ ތެރޭގައި ޓީޒާއެއް ވެސް ދައްކާލާފައިވާ މި ފިލްމަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފާއި ވާނީ ކަޕޫރް ލީޑް ރޯލް ކުޅެފައިވާ "ވޯ" ގެ ޓްރެއިލާ އަށް ބެލުންތެރިން މިހާރު އަންނަނީ ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ.
ވައިއާރްއެފްގެ އެންމެ އަގު ބޮޑު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ސިދާތު އާނަންދެވެ. މި ފިލްމަކީ ވައިއާރްއެފުން މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމެވެ.
"ވޯ" ތިން ބަހަކުން ނެރޭނެ އެވެ. އެއީ ހިންދީގެ އިތުރުން ތަމަޅަ އާއި ތެލެގޫ ބަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy