މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި މަހުގެ 30 ގައި ރިލީޒްކުރާ ފިލްމު "ސާހޯ"ގެ އާ ލަވައެއް ދައްކާލައިފި އެވެ.

މި ލަވަ އަކީ މި ފިލްމުގެ ހާއްސަ ފެނިލުމަކުން ބަތަލާ ޖެކްލިން ފެނަންޑޭޒް، ބަތަލު ޕްރަބާސްއާ އެކު ފެންނަ "ބޭޑް ބޯއި" އެވެ. ވަރުގަދަ ނެށުންތަކެއް ހިމެނޭ ފޯރިގަދަ ލަވަ ކިޔާފައި ވަނީ ބާދުޝާ އާއި ނީތީ މޯހަން އެވެ. "ބޭޑް ބޯއި" ގެ މަންޒަރުތައް ނަގާފައި ވަނި އޮސްޓްރިއާގަ އެވެ.

"ސާހޯ" އަކީ ޕްރަބާސް އާއި ޝްރަދާ ކަޕޫރް ލީޑް ރޯލު ކުޅޭ އެކްޝަން ތުރިލާއެކެވެ.

ތިން ސަތޭކަ ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ސުޖީތެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސާހޯ" ގެ ކާސްޓުންގެ ތެރޭގައި ޖެކީ ޝްރޮފް، ނީލް ނިތިން މުކޭޝް، މަންދިރާ ބޭދީ، ޗަންކީ ޕާންޑޭ އަދި އެވެލީން ޝަރުމާ ހިމެނެ އެވެ.

"ޗިޗޯރް" ގެ ފުރަތަމަ ލަވަ ދައްކާލައިފި

އަންނަ މަހުގެ 6 ގައި ރިލީޒްކުރާ ފިލްމު "ޗިޗޯރް" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

"ޑަންގަލް" އަށް ފަހު، ޑައިރެކްޓަރު ނިތޭޝް ތިވާރީ ގެނެސްދޭ ފިލްމުގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދައްކައިލި ފުރަތަމަ ލަވައަކީ "ފިކަރު" އެވެ. ޕްރިތަމްގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ ނަކަޝް އަޒީޒް، ދޭވީ ނޭގީ، އަމިތު މިޝްރާ، އަމީތާބް ބަޓަޗަރިއާ، ސްރީރާމް ޗަންދުރާ އަދި އަންތަރާ މިތުރާ އެވެ.

އެކީގައި ކިޔަވަން އުޅުނު ބައެއްގެ އެހާރާއި މިހާރުގެ ވާހަކަތަކެއް ކިޔައިދޭ "ޗިޗޯރް" ގެ ކާސްޓުންގެ ތެރޭގައި ޝްރަދާ، ސުޝާންތު ސިންގް ރާޖްޕޫތު، ޕްރަތީކް ބައްބަރު، ވަރުން ޝަރުމާ އަދި ތާހިރު ރާޖް ބާސިން ހިމެނެ އެވެ.

ކޮންކޮނާ ވެބް ސީރީޒެއް ޑައިރެކްޓްކުރަނީ

ކާމިޔާބު ފިލްމުތަކެއް ކުޅެ، މިހާރު ޑައިރެކްޝަނަށް ވެސް ނުކުމެފައިވާ ބަތަލާ ކޮންކޮނާ ސެން ޝަރުމާ ވެބް ސީރީޒެއް ޑައިރެކްޓްކުރަން ސޮއިކޮށްފި އެވެ.

ޒީ ސްޓޫޑިއޯސްއާ ގުޅިގެން ހަދާ މި ވެބް ސީރީޒަކީ 60 އާއި 70 ގެ އަހަރުތަކުގައި ކަލްކަތާގައި "ކްއީން އޮފް ކެބަރޭ" ގެ ނަމުން މަޝްހޫރުވި އަރާތީ ދާސް އަށް ބިނާކޮށް ހަދާ އެއްޗެކެވެ.

ވެބް ސީރީޒާ ބެހޭ ގޮތުން ކޮންކޮނާ ބުނީ އޭނާ އެއާ ހަވާލުވީ އެ ވާހަކަ އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭތީ ކަމަށެވެ. އަދި އޭގައި އެ ދުވަސްވަރުގެ ކަލްކަތާގެ ސިޔާސީ މަސްރަހު ވެސް އޮތް ގޮތް ދައްކުވައި ދޭނެ ކަމަށް ބުންޏެވެ.

"ވޭކަޕް ސިދް" އާއި "ލައިފް އިން އަ...މެޓްރޯ" އަދި "ޕޭޖް 3" ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާ ބުނީ ވެބް ސީރީޒް މިހާރު އޮތީ ސްކްރިޕްޓިން މަރުހަލާގައިި ކަމަށެވެ. އަދި އެ ނިމުމުން ކާސްޓުން ހަމަޖައްސައި، އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށާނެ ކަމަށް ބުންޏެވެ. ބެލެވޭ ގޮތުން މި ވެބް ސީރީޒް ސްޓްރީމް ކުރާނީ ޒީގެ ޑިޖިޓަލް ޕްލެޓްފޯމް ޒީ5 އިންނެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒްކުރި "ދަ ޑެތު އޮފް ގުންޖް" އަކީ ކޮންކޮނާގެ އަލަތު ޑައިރެކްޝަނެވެ.

"ދަބަންގް 3" ގެ ޓީމް ޖެއިޕޫރްގައި

ސަލްމާން މިހާރު ކުޅެމުން އަންނަ ފިލްމު "ދަބަންގް 3" ގެ ފަހު ޝޫޓިން ޝެޑިއުލް ޖެއިޕޫރްގައި ފަށައިފި އެވެ.

އެތަނުގައި ފިލްމު ޝޫޓް ކުރަމުން ދަނިކޮށް ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ބައެއް މީޑިއާތަކުގައި ޖަހާފައިވެ އެވެ. "ދަބަންގް 3" އަކީ ސަލްމާން، ޗުލްބުލް ޕާންޑޭ ކިޔާ ފުލުހެއްގެ ރޯލުން ފެނިގެންދާ ފްރެންޗައިޒްގެ ތިން ވަނަ ބައެވެ. މި ފަހަރު ފިލްމު ޑައިރެކްޓް ކުރަނީ ޕްރަބޫދޭވާ އެވެ.

މީގެ ބަތަލާއިންގެ ރޯލުން ކުރީގެ ދެ ފިލްމުގައި ވެސް ބަތަލާގެ ރޯލް ކުޅުނު ސޮނާކްޝީ ސިންހާގެ އިތުރުން، އެކްޓަރު މަހޭޝް މަންޖްރޭކަރްގެ ހަގު އަންހެން ދަރިފުޅު ސާއީ މަންޖްރޭކަރް ބޮލީވުޑަށް ތައާރަފު ކުރާނެ އެވެ.

ސަލްމާންގެ ކޮއްކޮ އަރްބާޒް ހާން ޕްރޮޑިއުސްކޮށް، ރޯލެއް ވެސް ކުޅޭ "ދަބަންގް 3" ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 20 ގަ އެވެ. މި ފިލްމަށް ފަހު ސަލްމާން ދެން ފަށާނީ ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ" ގެ ޝޫޓިން އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454