28 އޯގަސްޓް 2019 - 07:59
ސަލްމާން ހާނާއި އާލިއާ ބަޓާ އެކު، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަން ތައްޔާރުވި ފިލްމު "އިންޝާﷲ" މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ބަންސާލީގެ ފިލްމު ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ހޯމަ ދުވަހު ކުރި ޓްވީޓެއްގައި އެކަން ހިއްސާކުރީ އާދީއްތަ ދުވަހު ސަލްމާން ކުރި ޓްވީޓެއްގައި، އަންނަ އަހަރުގެ ފިތުރު އީދުގައި "އިންޝާﷲ" ރިލީޒްނުކުރާނެ ވާހަކަ ވެސް ބުނެފައި ވަނިކޮށެވެ. އެ ޓްވީޓްގައި ތަފުސީލަކަށް ނުގޮސް ސަލްމާން ބުނީ ފިލްމު ފަހަތަށް ޖައްސާލައިފައިވާ ކަމަށާއި އަންނަ އަހަރުގެ ފިތިރު އީދުގައި އެހެން ފިލްމާ އެކު އަންނާނެ ކަމަށެވެ.
"އިންޝާﷲ" ނަހަދަން ނިންމިކަން ހިއްސާކުރި ބަންސާލީގެ ކުންފުނީގެ ޓްވީޓްގައި ވެސް ތަފުސީލެއް ނުދީ ބުނީ މި ވަގުތަށް އެ ފިލްމު ނަހަދަން ނިންމާފައިވާ ކަމަށާއި ވަރަށް އަވަހަށް އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
Bhansali Productions has decided to not go ahead with In-shaa-Allah for now... Further announcement will be out soon... God willing🙏🏻@prerna982
— BhansaliProductions (@bhansali_produc) August 26, 2019
ބަންސާލީ މި ފިލްމު ނުހަދަން ކުއްލި ގޮތަކަށް ނިންމި އިރު، އެ ފިލްމުގެ ލަވައެއްގެ ޝޫޓިން އާލިއާ ދާދި ފަހުން މުމްބާއީގެ މެހެބޫބް ސްޓޫޑިއޯގައި ޝޫޓް ވެސް ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.
The film with Sanjay Leela Bhansali is pushed but I will still see you all on Eid, 2020. Insha-Allah!!
— Salman Khan (@BeingSalmanKhan) August 25, 2019
އަދި ފިލްމުގެ ގިނަ މަންޒަރުތަކެއް ނަގާ އެމެރިކާގައި މިދިޔަ މަހުގެ ތެރޭގައި "އިންޝާﷲ" ޝޫޓްކުރާނެ ތަންތަން ވެސް ބަލައި، ފައިނަލްކޮށްފައިވެ އެވެ.
މި ފިލްމަކީ ނުފޫޒުގަދަ ވިޔަފާވެރިޔަކާއި ޒުވާން ބަތަލާއަކާ ދެމެދު ހިނގާ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމެއް ކަމަށްވެ އެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުގައި "އިންޝާﷲ" ގެ މަސައްކަތް ހުއްޓައިލަން ނިންމި މައިގަނޑު އެއް ސަބަބަކީ ސަލްމާން ފިލްމަށްކީ އަގު އަތްނުފޯރާ ހިސާބަށް ދިއުމެވެ. އެގޮތުން 150 ކްރޯޑް ރުޕީސް (21 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމަށް ސަލްމާން ކިޔާފައި ވަނީ 100 ކްރޯޑް (14 މިލިއަން ޑޮލަރު) ކަމަށްވެ އެވެ. އެއީ ފިލްމުގެ ސިނަމާތަކުގައި ދައްކައިގެން ލިބޭ އާމްދަނީގެ އިތުރުން ފިލްމަށް އެހެން ގޮތްގޮތުން ލިބޭ ފައިދާ އިން ވެސް ބައިއަޅާ ގޮތަށެވެ. މީގެ އިތުރުން ބަންސާލީ ބޭނުންވާ ގޮތަށް ސަލްމާނަށް ފިލްމަށް ވަގުތު ދެވެން ނެތުމަކީ ވެސް މައްސަލައެއް ކަމަށްވެ އެވެ. ބައެއް މީޑިއާތަކުން ބުނިގޮތުގައި އަންނަ މަހުން ފެށިގެން ސަލްމާންގެ ތާރީހުން ބަންސާލީ އެއްފަހަރާ 120 ދުވަސް ބޭނުންވެ އެވެ.
ނަމަވެސް މިކަންކަމާ ގުޅިގެން ސަލްމާނާއި ބަންސާލީ އަށް އެއްގަލަކަށް ނޭރި "އިންޝާﷲ" ހުއްޓައިލަން ޖެހުނީ ކަމަށްވެ އެވެ.
"Insha Allah" gai Salman Khan aai Alia Bhatt
The most trusted news source in the Maldives
Mihaaru
"އިންޝާﷲ" އިއުލާންކުރީ މާޗް 19 ގައި.
މި ދެ މީހުންނަކީ ކުރިން ވެސް އެކީގައި ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިވާ ދެ މީހުންނެވެ. އޭގެ ތެރޭގައި ޚާމޯޝީ :ދަ މިއުޒިކަލް (1996)، ހަމް ދިލް ދޭ ޗުކޭ ސަނަމް (1999) އަދި ސަލްމާން ހާއްސަ ފެނިލުމެއް ކުޅުނު ސާވަރިޔާ (2007) ހިމެނެ އެވެ.
ސަލްމާން މިހާރު އަންނަނީ ޑިސެމްބަރު 20 ގައި ރިލީޒްކުރާ "ދަބަންގް 3" ގެ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy