"އަނދިރިކަން" އަންނަ މަހު 22 ގައި، ޓީޒާއެއް ވެސް ދައްކާލައިފި

އެކްޓަރު/ޑައިރެކްޓަރު އަލީ ސީޒަން އެކްޓްކޮށް، ޑައިރެކްޓްކުރާ ފިލްމު "އަނދިރިކަން" އަންނަ މަހުގެ 22 ގައި ގެނެސްދޭން ނިންމައި ފިލްމުހެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.


މި ފިލްމަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާ ފެމިލީ ޑްރާމާއެކެވެ. ސީޒަންއާ އެކު ފިލްމުގެ ލީޑް ރޯލު ކުޅެނީ ޝީލާ ނަޖީބާއި އައިމިނަތު ރިޝްފާ އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ އަދި މުހައްމަދު (ދަރާ) ރަޝީދު ހިމެނެ އެވެ.

މި ފިލްމުގެ މަންޒަރުތަކެއް މިދިޔަ މަހުގެ ތެރޭގައި މ. މަޑުއްވަރީގައި ވަނީ ނަގައިފަ އެވެ.

ސީޒަން ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފީޗާ ފިލްމަކީ 2016 ގެ "ވަފާތެރި ކެހިވެރިޔާ" އެވެ.