29 އޮކްޓޯބަރ 2019 - 07:35
ކަލާޒް އިން ދައްކަމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 13 އިން މިހާތަނަށް ތިން ބައިވެރިއަކު ބޭރުކޮށްލާފައި ވަނިކޮށް، ވައިލްޑް ކާޑްގެ ދަށުން އިތުރު ތިން މީހަކަށް ފުރުސަތު ދީފި އެވެ.
ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ، ހޯސްޓް ސަލްމާން ޚާނާ އެކު ގެނެސްދިން "ވީކެންޑް ކާ ވާރު" ގައި ވަނީ އާ ތިން ބައިވެރިން ވެސް ތައާރަފު ކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ޔޫޓިއުބުން މަޝްހޫރުކަން ހޯދި އަދި ސަންޖޭ ދަތުގެ ބޮޑު ފޭނެއް ކަމަށްވާ ހިންދުސްތާނީ ބައު އާއި އިންޑިއާގެ ޒުވާން ޕޮލިޓިކަލް އެނަލިސްޓް ތެހްސީން ޕޫނަވާލާގެ އިތުރުން ބޯޖްޕޫރީ އެކްޓަރު ޚޭސަރީ ލާލް ޔާދަވް އެވެ.
މި ތިން މީހުން މިހާރު ތިބީ "ބިގް ބޮސް" ގޭގެ ސިއްރު ކޮޓަރިއެއްގައި، ޝޯގެ މިހާރުގެ ބައިވެރިންގެ ހަރަކާތްތައް ބަލާށެވެ.
Bhojpuri filmon ke hero #KhesariLalYadav le rahe hai #BiggBoss13 ke ghar mein entry!
— COLORS (@ColorsTV) October 27, 2019
Dekhna hai kaisa hoga inka andaaz? Toh tune-in to #WeekendKaVaar, tonight at 9 PM!
Anytime on @justvoot. @BeingSalmanKhan @Vivo_India #BiggBoss #BB13 #SalmanKhan pic.twitter.com/O8JXMjmn7D
ނަމަވެސް މިކަން އަދި ޝޯގެ ބައިވެރިންނަކަށް ނޭނގެ އެވެ. ބެލެވޭ ގޮތުން އަލަށް ގެއަށް ވަދެ، "ބިގް ބޮސް" ގެ ރަސްމީ ކުޅިގަނޑުގެ ތެރެއަށް އާ ތިން ބައިވެރިން ވައްދާނީ މިހާރު އިންޑިއާގައި ކުރިއަށްދާ ދިވާލީގެ ފޯރި ނިމުމުންނެވެ.
Let @nihilist_aditya who wants to be part of #HindustaniBhau group !! Full of fun full of entertainment 😁😁😁 pic.twitter.com/OyVp2MaZPc
— 𝕸𝖆𝖝𝖎𝖓 FiFian 🎸🎸🎸 (@Maxin_Dsouza_) October 26, 2019
"ބިގް ބޮސް" ސީޒަން 13 ދައްކަން ފެށީ މިިދިޔަ މަހުގެ 29 ވަނަ ދުވަހު 13 ބައިވެރިންނާ އެކީގަ އެވެ. އޭގެ ތެރޭގައި ހިމެނުނީ އަންހެން 8 ބައިވެރިންނާއި ފިރިހެން 5 ބައިވެރިންނެވެ. ބެލުންތެރިންގެ ވޯޓް އެންމެ މަދުން ލިބިގެން ގެއިން ބޭރުކޮށްލާފައިވާ ތިން ބައިވެރިންނަކީ ބޮލީވުޑްގެ ކުރީގެ ބަތަލާ ކޮއެނާ މިތުރާ އާއި މިއުޒިޝަން އަބޫ މަލިކްގެ އިތުރުން ޓީވީ ބަތަލާ ދަލްޖީތު ކޯރެވެ.
A politician will do anything to keep his chair ...Even become a "nationalist" ..#MondayMotivation pic.twitter.com/eG7pqXKqqb
— Tehseen Poonawalla (@tehseenp) 25 de març de 2019
ޝޯގައި މިހާރު ވާދަކުރަމުން އަންނަ ބައިވެރިންނަކީ ޓީވީ އެކްޓަރު ސިދާތު ޝުކްލާ، އެކްޓަރު/މޮޑެލް ޕާރަސް ޗަބްރާ، ލިޔުންތެރިޔާ ސިދާތު ޑޭ، މޮޑެލް އާސިމް ރިއާޒް، ޓީވީ ބަތަލާ ޑެވޮލީނާ ބަޓަޗަރްޖީ (ގޯޕީ ބަހޫ)، ޓީވީ ބަތަލާ ރާޝްމީ ދެސާއީ، ޓީވީ ބަތަލާ މާހިރާ ޝަރުމާ، ޕަންޖާބީ ލަވަކިޔުންތެރިޔާ ޝެހެނާޒް ގިލް، ޓީވީ ބަތަލާ އާރްތީ ސިންގް އަދި ޓީވީ އެންކަރު ޝެފާލީ ބައްގާ އެވެ.
މި ހަފުތާގެ "ވީކެންޑް ކާ ވާރު" ގައި ސަލްމާން ވަނީ ބައެއް ބައިވެރިން ގޭތެރޭގައި އެކަކު އަނެކަކަށް ޒުވާބުކޮށް އައުގުރާނަ ގޮވައި، ރުޅި ކޮންޓްރޯލުން ނައްޓައި އެކަކު އަނެކެއްގެ މައިންބަފައިންނަށް ގޮވައި ހައްދުން ބޭރުވަމުންދާކަން ފާހަގަކޮށް އެ މީހުންނަށް ވަރަށް ބޮޑަށް ބަވައިފަ އެވެ.
#Diwali weekend par @BeingSalmanKhan hue gharwalon par blast💥 ek ek karke li sabki class.
— COLORS (@ColorsTV) October 26, 2019
Aaj hoga bohot saara hungama on #WeekendKaVaar, raat 9 baje.
Anytime on @justvoot. #BiggBoss13 #BB13 #BiggBoss #SalmanKhan @Vivo_India @AmlaDaburIndia @bharatpeindia pic.twitter.com/arl0Eq4xgb
"ބިގް ބޮސް" ޝޯ ފޮލޯކުރާ ގިނަ ބަޔަކު ބުނާގޮތުގައި ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ ޓީވީ އެކްޓަރު ސިދާތު ޝުކްލާ ވަނީ މި ޝޯގެ ތެރެއިން އޭނާގެ އިމޭޖް ވަރަށް ބޮޑަށް ހަރާބުކޮށްލައިފަ އެވެ. އޭނާ ފާހަގަކުރެވެނީ ރުޅި ކޮންޓްރޯލް ނުވެ، ދެ ޖިންސްގެ ބައިވެރިންގެ ގަޔަށް ބޮލަށް އަރާ ހިސާބަށްދާ ފަންނާނެއްގެ ގޮތުގަ އެވެ. އެކަން ފާހަގަކޮށް ސަލްމާން ވަނީ ސިދާތު ވަރަށް ބޮޑަށް މައިތިރިވާން ޖެހޭ ކަމަށް ބުނެފަ އެވެ.
އަދި އިއްޒަތާއި އަބުރު ރައްކާތެރިކުރުމަކީ ކޮންމެ މީހަކު ވެސް އަމިއްލަ އަށް ކުރަންޖެހޭ ކަމަކަށްވާތީ ހުރިހާ ބައިވެރިން ވެސް އެކަމަށް ވިސްނައިގެން ކުރިއަށްދާން ސަލްމާން ނަސޭހަތް ވެސް ދީފައިވެ އެވެ.
އޭނާ ފާހަގަކުރި ގޮތުގައި "ބިގް ބޮސް" ހޯސްޓްކުރާތާ މި އަހަރަށް 10 އަހަރުވީ އިރު، މި ވަރުގެ ކަންތައްގަނޑު ބޮޑު ހައްދުން ނެއްޓިފައިވާ ސީޒަނަކާ އަދި ދިމައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy