ރޮކް.
10 ޑިސެމްބަރ 2019 - 07:04
ބޮލީވުޑަކީ ވަރަށް އިހުތިރާމްކުރާ އިންޑަސްޓްރީއެއް ކަމަށާއި ކޮންމެވެސް ދުވަހަކުން ބޮލީވުޑްގެ ފިލްމަކުން ފެނިދާނެ ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑްވޭން (ރޮކް) ޖޯންސަން ބުނެފި އެވެ.
އޭނާގެ އެންމެ ފަހުގެ ފިލްމު "ޖުމާންޖީ: ދަ ނެކްސްޓް ލެވެލް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރޭގައި ރޮކް ބުނީ ބޮލީވުޑާއި އެ އިންޑަސްޓްރީގެ ތާރީހަށް އަބަދުވެސް ވަރަށް ގަޔާވާ ކަމަށެވެ.
"އެހެންވީމަ ކޮންމެވެސް ދުވަހަކުން ބޮލީވުޑްގެ އެކްޝަން ފިލްމަކުން ފެނުމަކީ ހަމަ ވެދާނެ ކަމެއް،" ހޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް އެކްޓަރު ބުންޏެވެ.
The JUMANJI UNIVERSE expands and the game FIGHTS BACK. #ItsOn #JUMANJI #TheNextLevel
— Dwayne Johnson (@TheRock) December 7, 2019
IN THEATERS DECEMBER 13TH 🌎 pic.twitter.com/4MCD9Ooedl
ރޮކް އާއި ބޮލީވުޑްގެ ޒުވާން ބަތަލު ވަރުން ދަވަން އަކީ ސޯޝަލް މީޑިއާ އިން ވަރަށް ގާތް ދެ މީހުންނެވެ. އެގޮތުން އެކަކު އަނެކަކުގެ ޕޯސްޓްތަކަށް ކޮމެންޓްކުރުމަކީ ވެސް ދޭތެރެ ދޭތެރެ އިން ފެންނަ ކަމެކެވެ. އެކަމަށް އިޝާރާތްކޮށް ކުރީގެ ރެސްލިން ތަރި ބުނީ އޭނާ އަކީ ވަރުންގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ.
"އަހަންނަށް އެނގޭ ވަރުން އަކީ ބޮލީވުޑްގެ ވަރަށް މަޝްހޫރު ސްޓާރެއްކަން. އަދި އޭނާ އަކީ އަހަރެންގެ ވަރަށް ބޮޑު ފޭނެއް،" ރޮކް ބުންޏެވެ. "އަދި އަހަންނަށް އެނގޭ އަހަރެންގެ ވެސް ވަރަށް ގިނަ ފޭނުން އިންޑިއާގައި ތިބިކަން."
ރޮކް ބޮލީވުޑްގެ ފިލްމެއް ކުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، އޭނާ ވަނީ ހޮލީވުޑްގައި މަސައްކަތްކުރާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ އެކީގައި ވެސް މަސައްކަތްކޮށްފަ އެވެ. އެއީ ޕްރިޔަންކާގެ އަލަތު ހޮލީވުޑް ފީޗާ ބޭވޮޗް (2017) ގަ އެވެ.
"ޖުމާންޖީ: ދަ ނެކްސްޓް ލެވެލް" އަންނަ ހުކުރު ދުވަހު ރިލީޒްކުރާ އިރު، މި ފިލްމަކީ "ޖުމާންޖީ" ފްރެންޗައިޒްގެ ހަތަރު ވަނަ ބައެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕްރިޔަންކާގެ ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy