ނުޒޫ އާއި ފިރިމީހާ.
12 ޖެނުއަރީ 2020 - 15:04
ދިވެހި ފިލްމީ ދާއިރާގައި މިހާރު ހުރި އެންމެ އުންމީދީ ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) މިއަދު ކައިވެނިކޮށްފި އެވެ.
މީގެ ތިން އަހަރު ކުރިން ފިލްމު "މަލިކާ" އިން ތައާރަފުވި ބަތަލާ ކައިވެނިކޮށްފައި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އަބްދުﷲ ޝިފާއުއާ އެވެ. އެ ދެ މީހުން ކައިވެނިކުރީ ކޯޓްގަ އެވެ.
ކައިވެންޏާ އަކު ނުޒޫ، 31، ގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި އަށް މަރުހަބާ ކިޔަމުންނެވެ.
ކުރު މުއްދަތެއްގެ ތެރެގައި ފާހަގަކޮށްލެވޭ ފިލްމުތަކެއް ކުޅެ، ބެލުންތެރިންގެ ލޯބި ހޯދާފައިވާ ބަތަލާ ކައިވެނިކުރި އިރު، އޭނާ މިހާރު އަންނަނީ މިދިޔަ އަހަރުގެ އެންމެ ހިނގި އެލް ފިލްމު ކަމަށްވާ "ބަވަތި" ގެ ޓީމުން ގެނެސްދޭ ދެވަނަ ފިލްމު "ނީނާ" ގެ ޝޫޓިން ފަށަން ތައްޔާރުވަމުންނެވެ.
"ވަކިން ލޯބިން" އާއި "ނޯޓީ 40" އާއި "ގޮށްރާޅު" އަދި "މާމުއި" ފަދަ ފިލްމުތަކުން ފެނިފައިވާ ނުޒޫގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކޮސް ގިނަ މިސްޓޭކްސް" އާއި "ބައިސާ" ހިމެނެ އެވެ.
ނުޒޫ އަކީ މި ފަހުން ފިލްމީ ދާއިރާ އަށް ނުކުތް ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ބަތަލާ އެވެ.
އެންމެ ފަހުން ބޭއްވި ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އޭނާ ދެ ފިލްމަކުން އެންމެ ނޮމިނޭޓް ވެސް ވި އެވެ. އެއީ އަލަތު ފިލްމު "މަލިކާ" އިން އެންމެ މޮޅު ބަތަލާގެ މަގާމަށާއި "ވަކިން ލޯބިން" އިން އެންމެ މޮޅު ސަޕޯޓިން ބަތަލާގެ މަގާމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަމް
12 January 2020
މައި ފޭވރިޓް ނުޒޫ. މަރުހަބާ
ސަމްސު
12 January 2020
މަރުހަބާ ނުޒޫ.
ކީކޭ
12 January 2020
ހެހެ މިވެސް ދެން ޚަބަރެއްތަ؟
ކިއްލިބާޝާ
12 January 2020
މިއީ މުނިފޫހިފިލުވުމެ ޚަބަރެއް އިނގޭތޯ!
ހެހެހެ
12 January 2020
ކީކޭ މެން ތިޔަހެން ނުވޭ. މީ ހަމަ އުފާވެރި ހަބަރެއް. އެދެމަފިރިންނައް އެދެނީ އުފާވެރި ކައިވެންޔަކައް.