މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މި އަހަރުގެ ސެޕްޓެމްބަރު މަހު ގެނެސްދޭން ނިންމާފައިވާ ފިލްމު "ގަންގްބާއީ ކަތިއަވާޅީ" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

އާލިއާ ބަޓް ބަތަލާގެ ރޯލް ކުޅޭ ފިލްމުގެ ދެ ޕޯސްޓަރެއް ދައްކައިލި އިރު، ފިލްމުގެ ޝޫޓިން ވެސް މިހާރު ވަނީ ފަށައިފަ އެވެ. "ގަންގްބާއީ ކަތިއަވާޅީ" އަކީ ޒުވާން ބަތަލާ ބަންސާލީގެ ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

މި ފިލްމުގައި އާލިއާ ކުޅެނީ މުމްބާއީގައި ކުރިން އުޅުނު ނުފޫޒު ގަދަ މާފިއާ ކްއީން ގަންގްބާއީގެ ރޯލެވެ. ނަމަވެސް އޭނާއާ އެކު ފިލްމުން ފެންނާނެ އިތުރު ކާސްޓުން އަދި ކަށަވަރު ނުވި ނަމަވެސް، ވިޖޭ ރާޒްގެ ފިލްމުގެ ރޯލަކުން ފެންނާނެ އެވެ.

"ގަންގްބާއީ ކަތިއަވާޅީ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ 11 ގަ އެވެ. ބަންސާލީ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ "ޕަދުމާވަތު" އެވެ.

ދެ ބައޮޕިކެއް

އިންޑިއާގެ ޑާންސް ގްރޫޕް "ކިންގްސް ޔުނައިޓެޑް" އާއި އޯލް-އިންޑިއާ އެންޓި-ޓެރަރިސްޓް ފްރޮންޓްގެ ޗެއާމަން އަދި އިންޑިއަން ޔޫތު ކޮންގްރެސްގެ ކުރީގެ ރައީސް މަނިންދަރު ސިންގް ބިއްޓާގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމައިފި އެވެ.

މި ދެ ފިލްމު ހަދަނީ ރިލަޔަންސް އެންޓަޓައިންމަންޓާއި ޕްރޮޑިއުސަރު ޝައިލަންދަރު ސިންގް ގުޅިގެންނެވެ.

ބިއްޓާގެ ފިލްމަށް ދީފައިވާ ނަމަކީ "އެމްއެސް ބިޓާ: ހިޓް ލިސްޓް" އެވެ. ނަމަވެސް ފިލްމު ޑައިރެކްޓަރާއި ކާސްޓުން އަދި އިއުލާނެއްނުކުރެ އެވެ.

ކިންގްގް ޔުނައިޓެޑްގެ ފިލްމާ ބެހޭ އިތުރު ތަފުސީލުތަކެއް ވެސް އަދި ހާމައެއްނުކުރެ އެވެ. އެ ޑާންސް ގްރޫޕަކީ ސްޓާ ޕްލަސް އިން މިހާރު ދައްކާ "ޑާންސް +" ގެ ކޯޗުންގެ ތެރޭގައި ހިމެނޭ ސުރޭޝް މުކުންދުގެ މޭސްތިރިކަމުގެ ދަށުގައި އުފެދި ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ޑާންސް ގްރޫޕެކެވެ.

ސުރޭޝް އަށް ދެ ފިލްމެއް

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ވިދިޔާ ބާލަންގެ ފިލްމު "ތުމާރީ ސުލޫ" ގެ ޑައިރެކްޓަރު ސުރޭޝް ތުރިވޭނީ ދެ ފިލްމެއް ގެނެސްދޭން ޕްރޮޑަކްޝަން ހައުސްއަކާ އެކު އެގްރިމަންޓް ހަދައިފި އެވެ.

އަބުންދަންތިއާއާ ގުޅިގެން އޭނާ ހަދާ ދެ ފިލްމުގެ ތެރެއިން އެކައްޗަކީ ތުރިލާއެކެވެ. އަނެއް ފިލްމަކީ ކޮމެޑީއެކެވެ. އެކަމަކު މި ދެ ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. އެކަމަކު މި ދެ ފިލްމުގެ މަސައްކަތް މި އަހަރާއި އަންނަ އަހަރު ކުރިއަށްދާނެ ކަމަށް ބުންޏެވެ.

ސުރޭޝް 2017 ގައި ގެނެސްދިން "ތުމާރީ ސުލޫ" އަކީ ބޮކްސް އޮފީހުގައި 84 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ވަރަށް ކާމިޔާބު ފިލްމެކެވެ. އެ ހަދާފައި ވަނީ އެންމެ 20 ކްރޯޑް ރުޕީސް (3 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ރާނާގެ ބަދަލުގައި

އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮން އިންޑިއާ" ގައި ކުރިން ރާނާ ދަގޫބަޕަތީ ކުޅެން އޮތް ރޯލް އޭނާ ދޫކޮށްލުމާ ގުޅިގެން އެ ރޯލް ޝަރަދު ކެލްކަރަށް ދީފި އެވެ.

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި ޝަރަދަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އަޖޭގެ "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގައި ވެސް މުހިއްމު ރޯލެއް ކުޅެފައިވާ އެކްޓަރެކެވެ. ރިޕޯޓްތައް ބުނާގޮތުން "ބާހްބަލީ" ފަދަ ފިލްމުތައް ކުޅުނު ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ރާނާ "ބޫޖް" ދޫކޮށްލީ އޭނާގެ ބިޒީ ޝެޑިއުލާ ހެދި އެވެ.

އަބީޝެކް ދުދައްޔާ ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓްގައި ސަންޖޭ ދަތު، އައްމީ ވާކް، ސޮނާކްޝީ ސިންހާ، ނޯރާ ފަތެހީ އަދި ޕްރަނީތާ ސުބާޝް ހިމެނެ އެވެ. ނޯރާ އަށް "ބޫޖް" އިން ފުރުސަތު ލިބުނީ ފިލްމަށް ކުރިން ސޮއިކުރި ޕަރިނީތީ ޗޯޕްޅާ ފިލްމު ދޫކޮށްލުމުންނެވެ.

ޖުމްލަ 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ މި ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ އޮގަސްޓް 14 ގަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454