08 ފެބުރުއަރީ 2020 - 09:10
ސަލްމާން ޚާން ހޯސްޓްކުރާ ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބިސް" ސީޒަން 13 ގެ އެންމަ ގަދަފަދަ ބައިވެރިންގެ ތެރޭގައި ހިމެނޭ އާސިމްގެ ރިއާޒްގެ ފޮޓޯ އަށް މަޝްހޫރު ރެސްލިން ތަރި ޖޯން ސީނާ އިންސްޓަގްރާމްގައިި ހިއްސާކުރުމާ އެކު އާސިމްގެ ފޭނުން އުފާ ފާޅުކުރަން ފަށައިފި އެވެ.
ކަޝްމީރަށް އުފަން މޮޑެލްގެ ފޮޓޯ، ކެޕްޝަނަކާ ނުލައި ޖޯން ސީނާ އިންސްޓަގްރާމްގައި ހިއްސާކުރުމުން ގިނަ ބަޔަކު ބުނެފައި ވަނީ މިއީ އޭނާ އާސިމަށް ތާއީދުކުރާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ވަރަށް ގިނަ ފޭނުން އެ ފޮޓޯ އަށް ކޮމެންޓްކުރުމުގެ އިތުރަށް ޓްވިޓާގައި ވެސް އަންނަނީ އާސިމަށް މަރުހަބާ ކިޔަމުންނެވެ.
އޭގެ ތެރެއިން ބައެއް މީހުން ވަނީ އާސިމާ އެންމެ ބޮޑު ވާދަވެރި ކަމެއް އޮތް "ބިގް ބޮސް" ގެ ބައިވެރިންގެ ތެރެއިން ސިދާތު ޝުކްލާ އަށް މިކަން އެނގިއްޖެ ނަމަ، ހަޖަމުކުރަން ވަރަށް ދަތިވާނެ ކަމަށް ބުނެ އޭނާ އަށް ޖޯކް ޖަހައިފަ އެވެ.
John cena shared Pic of Asim on insta !
— Krutika Rao (@_kritikaRao_) February 5, 2020
Asim goes international BaBy ! @JohnCena !
Boom ! Never Give up !
Champ @imrealasim #AsimForTheWin #AsimRiaz #BB13
މިހާރު ހޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ޖޯން ސީނާގެ ކުރިއަށް އޮތް ފިލްމަކީ މެއި މަހުގެ 22 ގައި ރިލީޒްކުރާ "ފާސްޓް އެންޑް ފިއުރިއަސް 9" އެވެ.
John Cena is supporting Asim WOW #asimriaz
— Lisia Williams (@LisiaWilliams2) February 5, 2020
ގިނަ ބަޔަކު ލަފާކުރާ ގޮތުގައި އާސިމަކީ "ބިގް ބޮސް 13" ގެ ގަދަ ތިނަކަށް ދާނެ ބައިވެރިއެކެވެ. އެގޮތުން ގަދަ ހިފުމަށް ދާނެ ކަމަށް އަންދާޒާކުރެވޭ ބައިވެރިންނަކީ އާސިމާއި ސިދާތުގެ އިތުރުން ޝެހެނާޒް ގިލް (ސަނާ) އެވެ.
John supporting Asim.
— Asim is love (@rnandi96) February 5, 2020
Me: i love freaking fear in chuklian supporters !!!yeah darr acha hia!!#AsimRiaz
"ބިގް ބޮސް" ގެ މި ފަހަރުގެ ސީޒަން ފެށުނީއްސުރެ އެއް ވާނެއްގައި ހިފަހައްޓަމުން އަންނަ އާސިމް ފާހަގަކުރެވިފައި ވަނީ ވަރަށް ރުޅިގަދަ ބައިވެރިއެއްގެ ގޮތުގަ އެވެ. އެގޮތުން އޭނާއާ އެންމެ ބޮޑަށް ކޯޅުންތައް ހިނގާފައި ވަނީ ވެސް ސިދާތާ އެކީގަ އެވެ.
މި ފަހަރުގެ ސީޒަނުން ފާހަގަކުރެވުނު އަނެއް ކަމަކީ އާސިމަށް ޝޯގެ ތެރެއިން ލޯބިވެރިޔަކު ވެސް ލިބުމެވެ. އެއީ ވައިޑްކާޑްގެ ދަށުން ކުރިން ޝޯގައި ވާދަކުރި ހިމާންޝީ ކްރާނާ އެވެ.
"ބިގް ބޮސް 13" މި މަހުގެ 16 ގައި ނިންމައިލާ އިރު، ޝޯގައި ދެމިތިބީ އާސިމާއި ސިދާތާއި ސަނާ އާއި ޕާރަސް ޗާބްޅާ އާއި މާހިރާ ޝަރުމާ އާއި އާރްތީ ސިންގް އާއި ރަޝްމީ ދެސާއީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާޕާ
08 February 2020
ޗެންޕިއަނުންނަށް ޗެންޕިއަނުން ފެނުނީމަ އެގޭނެ.