ކަލްކީ.
11 ފެބުރުއަރީ 2020 - 07:40
ޒުވާން އެކްޓަރު ކާތިކް އާރިޔަން، ޑައިރެކްޓަރު އޯމް ރައުތުގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމަކީ 3ޑީ ފޯމެޓްގައި ހަދާ އެކްޝަން ފިލްމެކެވެ. މިއީ ކާތިކް އެކްޝަން ފިލްމަކަށް ސޮއިކުރި ފުރަތަމަ ފަހަރެވެ.
ނަމަވެސް ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. އެކަމަކު މިއީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ހަދާ ފިލްމެކެވެ. އޯމްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 10 ގައި ރިލީޒްކުރި އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" އެވެ.
IT'S OFFICIAL... #KartikAaryan to collaborate with #Tanhaji director Om Raut... An action film in 3D... Produced by Bhushan Kumar. pic.twitter.com/7yEMNrIUeL
— taran adarsh (@taran_adarsh) February 9, 2020
އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "ލަވް އާޖް ކަލް" ގެ ބަތަލު ކާތިކް މިހާރު ވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންވެ. އެއީ "ބޫލް ބުލައްޔާ 2" އާއި "ދޯސްތާނާ 2" އެވެ.
ރަންވީރު ސިންގް ބަތަލުގެ ރޯލް ކުޅޭ ކޮމެޑީ ފިލްމު "ޖަޔޭޝްބާއީ ޖޯރްދާރް" ގެ ޝޫޓިން ނިންމާލައިފި އެވެ.
It's a wrap for #JayeshbhaiJordaar 🎬
— Yash Raj Films (@yrf) February 7, 2020
Read on - https://t.co/XxzDGAjV9G@RanveerOfficial | #ShaliniPandey | @bomanirani | #RatnaPathakShah | #DivyangThakkar | #ManeeshSharma | @JJ_TheFilm pic.twitter.com/V3rIvpmzEa
މި ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ތައްގަނޑުގައި، ޑައިރެކްޓަރު މަނީޝް ޝަރުމާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އޭނާ އަކީ 2010 ގައި ރަންވީރު ބޮލީވުޑަށް ތައާރަފުވި ފިލްމު "ބޭންޑް ބާޖާ ބާރާތު" ގެ ޑައިރެކްޓަރެވެ.
"ޖަޔޭޝްބާއީ ޖޯރްދާރް" އަކީ ދިވްޔަންގް ތައްކަރު ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ދެކުނުގެ ބަތަލާ ޝާލިނީ ޕާންޑޭ، ބޮމަން އިރާނީ، ރަތުނާ ޕަތަކް އަދި އަޕަރްޝަކްތީ ކްރާނާ ހިމެނެ އެވެ.
ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
"ޝައިތާން" އާއި "ޒިންދަގީ ނާ މިލޭގީ ދޮބާރާ" އަދި "ޔެ ޖަވާނީ ހެ ދީވާނީ" ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާ ކަލްކީ ކޮއެޗްލިނަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ.
ކަލްކީ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ގާއި ހާޝްބާގް ކިޔާ މީހަކާ އެވެ. އޭނާއާ ގުޅުމުގެ ކުރިން ހުނަރުވެރި ބަތަލާ ވަނީ ޑައިރެކްޓަރު އަނޫރާގް ކެޝަޕާ ވެސް ކައިވެނިކޮށްފަ އެވެ. އެ ދެ މީހުން 2011 ގައި ކުރި ކައިވެނި ރޫޅުނީ 2015 ގަ އެވެ.
ކަލްކީ، 36، އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ގަލީ ބޯއި" އިންނެވެ.
އެކްޓަރުން ވަރުން ދަވަންގެ ކައިވެންޏާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން އޭނާ އާއި ލޯބިވެރިޔާ ނަތާޝާ ދަލާލް މެއި މަހުގެ 22 ވަނަ ދުވަހު ކައިވެނިކުރަން ނިންމައިފި އެވެ.
ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކައިވެނީގެ ހަފުލާ ބާއްވާނީ އިންޑިއާގެ ގޯއާގަ އެވެ. ނަމަވެސް މިހާރު ޚަބަރުތައް ބުނާގޮތުން ހަފުލާ ބޭއްވުމުގެ ފުރުސަތު ބޮޑީ ތައިލެންޑްގަ އެވެ. އަދި ވަރުން އާއި ނަތާޝާގެ އާއިލާ އިން ކައިވެނީގެ ތައްޔާރީތައް ވަރަށް ފޯރީގައި ކުރިއަށް ގެންދާ ކަމަށްވެ އެވެ.
ވަރުން އާއި ނަތާޝާ އަނުޝްކާގެ ދެމަފިރިންނާ އެކު.
ވަރުން މެއި މަހުގެ 22 ގައި ކައިވެނިކުރާނެ ކަމަށް އަޑުއަރާފައިވާ އިރު، މި އަހަރު ރިލީޒްވާ އޭނާގެ ދެވަނަ ފިލްމު "ކޫލީ ނަމްބަރު 1" މެއި 1 ގައި ސިނަމާތަކަށް އަންނާނެ އެވެ. ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާ އަކީ ސާރާ އަލީ ޚާނެވެ.
ވަރުންގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ސްޓްރީޓް ޑާންސާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy