12 ފެބުރުއަރީ 2020 - 10:32
އަންނަ އަހަރުގެ ފިތުރު އީދަށް ތާވަލުކޮށްފައިވާ ސަލްމާން ޚާންގެ ފިލްމު "ކަބީ އީދު، ކަބީ ދިވާލީ" ގެ ބަތަލާއަކަށް ޕޫޖާ ހެގްޅޭ ހަމަޖައްސައިފި އެވެ.
ރިތިކް ރޯޝަނާ އެކު ފިލްމު "މޮހެންޖޮ ދާރޯ" އިން 2016 ގައި ބޮލީވުޑަށް ތައާރަފުވި ބަތަލާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ މިދިޔަ އޮކްޓޯބަރު މަހު ރިލީޒްކުރި "ހައުސްފުލް 4" އެވެ. އެ ފިލްމަކީ ވެސް "ކަބީ އީދު، ކަބީ ދިވާލީ" ގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމެކެވެ.
We are elated to welcome back @hegdepooja to the #NGEFamily, as she joins #SajidNadiadwala's "Kabhi Eid Kabhi Diwali" starring @BeingSalmanKhan directed by @farhad_samji ♥️😍@WardaNadiadwala @SKFilmsOfficial pic.twitter.com/yIHT5Inof3
— Nadiadwala Grandson (@NGEMovies) February 11, 2020
ޕޫޖާ، 29، ފިލްމަށް ސޮއިކުރިކަން ސާޖިދުގެ ފިލްމު ކުންފުނި ނަދިއަދުވާލާ އެންޓަޓައިންމަންޓުން ކުރި ޓްވީޓަކުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. މިއާ އެކު "ކަބީ އީދު، ކަބީ ދިވާލީ" ވެގެން ދާނީ ސަލްމާނާ އެކު ސްކްރީނުން އަނެއްކާ ވެސް މުޅިން ތާޒާ ޖޯޑެއްގެ ކެމިސްޓްރީ ތަޖުރިބާކޮށްލަން ބެލުންތެރިންނަށް ލިބޭނެ ފިލްމަކަށެވެ.
ކުރިން އަޑުއަރާފައިވާ ގޮތުން "ކަބީ އީދު، ކަބީ ދިވާލީ" ގެ ބަތަލާ އަކީ ކްރިތީ ސެނަނެވެ. ސަލްމާނާއި ކްރިތީ ވެސް އަދި އެކީގައި ފިލްމަކުން ފެނިފައި ނުވާތީ މި ދެ ތަރިންގެ ޖޯޑަކީ ވެސް ބެލުންތެރިން ދެކިލަން ހިތްވާ ޖޯޑެކެވެ.
"ކަބީ އީދު، ކަބީ ދިވާލީ" އަކީ ސާޖިދުގެ ވާހަކައަކަށް ފަރުހާދު ސަމްޖީ، ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. ރިޕޯޓްތައް ބުނާގޮތުން މީގެ މައިގަނޑު ޕްލޮޓަކީ އިންޑިއާގެ މުސްލިމުންނާއި ހިންދޫންގެ ވާހަކަ އެވެ.
ފިލްމުގެ ޝޫޓިން މި އަހަރުގެ އޮކްޓޯބަރުގައި ފަށަން ތައްޔާރީތައް އަންނަނީ ވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy