24 ފެބުރުއަރީ 2020 - 07:16
ފިލްމުތައް ކުޅުމަކީ އެކްޓަރުން ރޯލް މޮޑެލުންގެ ގޮތުގައި ދެކެންޖެހޭ ސަބަބެއް ނޫން ކަމަށް ބަތަލާ ސާރާ އަލީ ޚާން ބުނެފި އެވެ.
ދެހާސް އަށާރައިގައި އެކްޓިން އަށް ނުކުތް އުންމީދީ ޒުވާން ބަތަލާ ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއްގައި ބުނީ ވަރަށް ފިލްމު ބަލާ މީހުން ފިލްމީ ތަރިން އެކި ގޮތްގޮތަށް ޖަޖްކުރާ ކަމަށެވެ. އެކަމަކު އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުންޏެވެ.
ފިލްމީ އާއިލާއަކަށް އުފަން ސާރާ، 24، ބުނީ އެކްޓަރުން ފިލްމުތަކުގައި ކުރާ ކަމަކީ ލިޔުންތެރިން، ޑައިރެކްޓަރުން ކިޔައިދޭން ބޭނުންވާ ވާހަކައެއް ހުށަހަޅައި ދިނުން ކަމަށެވެ. އެހެންވެ ފިލްމުތަކުގައި ތަރިން އަދާކުރާ ރޯލްތަކަކީ އެ މީހުންގެ އަމިއްލަ ދިރިއުޅުމާ އެއްވެސް ގުޅުމެއް ހުރި ކަންކަމެއް ނޫން ކަމަށް ބުންޏެވެ.
އޭނާ ބުނީ ފިލްމުތައް ބަލާފައި އެ އެއްޗެހިން ދައްކުވައިދޭ ގޮތަށް ބައެއް މީހުން އަމިއްލަ ދިރިއުޅުން ބިނާކުރަން އުޅުމާއި އެކްޓަރުން ކުޅޭ ކެރެކްޓާތަކާއި އެ މީހުން ރޯލް މޮޑެލްތަކުގެ ގޮތުގައި ބެލުމަކީ އަމިއްލަ ނަފުސަށްވެވޭ އިހުމާލެއް ކަމަށެވެ.
"ކުރުކޮށް ބުނަންޏާ ފިލްމުތަކަކީ ފިލްމު ކުޅޭ މީހުން ރޯލް މޮޑެލުންގެ ގޮތުގައި ބަލައިގަންނަން ޖެހޭ ޕްލެޓްފޯމެއް ވެސް ނޫނޭ. އަދި އެ މީހުންނަކީ އެކްޓަރުންނަށްވާތީ ރޯލް މޮޑެލުންގެ ގޮތުގައި އެހެން މީހުން ނަމޫނާއަކަށް ބަލާ ބަޔަކަށް ވާކަށް ވެސް ނުޖެހޭ. އެކަން ކުރެވޭނެ އެހެން ގޮތްގޮތް ހުންނާނެ،" އޭނާ ބުންޏެވެ.
ސާރާ ބުނި ގޮތުގައި ފިލްމުތަކުގައި ތަރިން ކުޅޭ ކެރެކްޓާތަކަށް ބިނާކޮށްފައި އެ މީހުން ޖަޖްކުރުމަކީ ވެސް އިންސާފެއް ނޫނެވެ. އެގޮތުން މި މަހުގެ 14 ގައި ރިލީޒްކުރި "ލަވް އާޖް ކަލް" ގައި އޭނާ ކުޅުނު ކެރެކްޓާ ޒޯއީ އަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ރޯލެއް ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.
"އެކަމަކު އެ ކެރެކްޓާގައި ދައްކުވައި ދެނީ އަހަރެންގެ އަސްލު އުޅޭ ގޮތެއް ނޫން. އެހެންވެ މި ބުނަނީ ފިލްމުތައް ބަލާފައި އޯޑިއަންސް ތަރިން ޖަޖްނުކުރާށޭ." ސާރާ ބުންޏެވެ. "އަހަންނަކީ އަބަދު ވެސް ފާޑުކިޔުންތަކަށް ވެސް މަރުހަބާކިޔާނެ މީހެއް. އެކަމަކު ފާޑު ވެސް ކިޔަން ވާނީ ޒާތީ ނުވެ."
އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު ބުނީ އޭނާގެ އެކްޓިން އަށް ބައެއް މީހުން ވަރަށް ޒާތީކޮށް ފާޑުކިޔުމަކީ ވަރަށް ހިތުގައި ޖެހޭ ކަމެކެވެ. އެކަމަކު އަބަދު ވެސް ކުޅޭ ކޮންމެ ފިލްމެއްގައި މަސައްކަތްކުރަނީ ޑައިރެކްޓަރިން ބުނާ ގޮތަށް ހަދައިގެން، ހުނަރު ރަނގަޅުކުރަން ކަމަށް މެއި މަހު ރިލީޒްކުރާ "ކޫލީ ނަމްބަރު 1" ގެ ބަތަލާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯޑައުޓް
24 February 2020
އަދި ކިރިޔާ ފިލްމުސްޓާރަކު އޮޓަރެއްހުރި ތެދުވާހަކައެއް އެބުނީ.. އައި ލައިކް ދިސްވަން.
ދޮންދީދީ
24 February 2020
ރަގަޅު އެހެންވީމަ އަހަރުމެން އެކްޕެކްޓް ނުކުރަނީ އަހަރުމެނަގެ ތަރިންގެ ފަރާތުން އެއްވެސް ކަމެެއް. މަގުމަތީ ސިނގިރޭޓް ބޯން ތިއްބާވެސް ފެނޭ. މީހުންނާ ޒުވާބު ކުރަނިކޮށްވެސް ފެނޭ.
ރަބަރު
24 February 2020
ކޮންމެ މަގުސަދެއްގައި ދެއްކިއަސް ސާރާ އެދެއްކީ ވަރަށް ރަނގަޅުވާހަކައެއް. ހަގީގަތުގައި ކޮންމެ މުޖުތަމައެއްގައިވެސް އެންމެ ގަދަރުވެރި ބަޔަކީ މުދައްރިސުން. ވާންޖެހެނީވެސް ބެލެވެންވަނީވެސް މިހެން. އެކަމަކު ހުރިހާތާކުންވެސް ފެންނަނީ ފިލްމީތަރިން މާ މޮޅުބަޔަކަށް ހަދައިގެން އުޅޭތަން. ދެން މެޑިކަލް ޑޮކްޓަރުން. މުދައްރިސުންގެ އަގު ވަޒަން ނުކުރެވުމުން މުޖްތަމައުތަކަށް ލިބޭ ގެއްލުން ވަރަށް ބޮޑު.
ތުއްތުނާ
24 February 2020
ކުރާ މަސައްކަތެއްގެ ސަބަބުން އެއްވެސް މީހަކު ވަކި ގަދަރުވެރި އަދި ދެންތިބި މީހުންނަށް ވުރެ ހާއްސަ މީހެއް ނޫން....... މަސްވެރިއެއް ، މުދައްރިސެއް ، ޑޮކްޓަރެއް އަދި އެހެނިހެން މަސައްކަތްތައް ކުރާ މީހެއްކަމަށް ވިއަސް....... މިސާލަކަށް ބަލާ ނަމަ ޑޮކްޓަރަށް މަސް ކާން ލިބޭނީ މަސްވެރިންގެ ފަރާތުން.......
ތޭރި
24 February 2020
ހިންދީ ފިލްމް އިންޑަސްޓްރީ އަކީ ނެޕޮޓިޒަމްގެ ހާއްޔެއް. އަބަދުވެސް ފިލްމުތަކުން ފުރުސަތު ލިބެނީ ފިލްމީ ތަރިންގެ ދަރިންނަށް ނޫނީ ތިމާގެ މީހުންނަށް. ސާރާވެސް އޭނަގެ ފުރަތަމަ ފިލްމުހޯދީ ޑައިރެކްޓާރ ރޯހިތު ޝެޓީގެ އޮފީހަށްގޮސް، ރޯހިތަށް އެނގޭ ކާކުގެ ދަރިއެއްކަން.
ރޯނު
24 February 2020
ތިއީ ހުރިހާ ތަނެއްގަވެސް ތިކަން އޮތްގޮތް.
ޢެހެންތަ ހީވަނީ
24 February 2020
ބަފައިމީހާގެ ބަސްނާހާދަރިއެއް . އެވަރަށްކިޔަވައިދީމޮޅުމީހަކަށްހެދީފިލްމުކުޅޭކަށްނޫނޭބުުނީމަވެސް ފިލްމުކުޅެންވެއްޖެ .ފިލްމެއް ނުލިބޭދުވަހަކު ފަގީރުވާނެޔޭބުނީމަވެސްބަހެއްނޭހި ކިޔަވައިދީ މޮޚުމީހަކަށް ހެދީ ތިހާމޮޅުކުއްޖެއްކަމަށް ގަބޫލު ބަފައިމީހާގަބޫލުކުރާއިރު ފިލްމެްް ފުލޮޕް ވިއަސް ދުވަސް ދިއައީ އޭބުނީމަ ގަބޫލުނުކުރި ސާރާއުޅޭ ވައްތަރުންނޭމީހުންފާޑުކިޔަނީ
ފާޔު
24 February 2020
ވަޒީފާއަކަށްވުރެ މާބޮޑަށްވެސް އިތުރަށް މުއްސަނދިކަން ލިބޭނެ ހޮލީވުޑް ނޫނީ ބޮލީވުޑްގެ މަގުބޫލު ބޮޑުސްޓާރަކަށް ވެއްޖެއްޔާ. އޭނާއަކީ ބޮލީވުޑް ރޯޔަލްޓީ. ސްޓާރަކަށްވެވިދާނެ ބައިވަރު ޝަރުތުތައް ފުރިހަމަވޭ.