ނިކް.
27 ފެބުރުއަރީ 2020 - 07:27
އެމްބީސީން ގެނެސްދޭ މަޝްހޫރު ރިއަލިޓީ ޝޯ ދަ ވޮއިސްގެ 18 ވަނަ ސީޒަންގެ ކޯޗުންގެ ތެރޭގައި ޒުވާން ލަވަކިޔުންތެރިިޔާ ނިކް ޖޯނަސް ހިމެނިއްޖެ އެވެ.
މިއީ އިންޑިއާގެ އަށް އުފަން މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ދަ ވޮއިސްއާ ގުޅޭ ދެވަނަ ފަހަރެވެ. ކުރިން އޭނާ ވަނީ އަށް ވަނަ ސީޒަނުގައި ބެޓްލް އެޑްވައިޒަރެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ. ހޯމަ ދުވަހުގެ ރޭ ފެށި ޝޯ އިން ނިކަށް މި ފަހަރު ކޯޗެއްގެ ގޮތުގައި ޝޯ އިން ފުރުސަތު ލިބުނީ ކޯޗެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ގްވެން ސްޓެފެނީގެ ބަދަލުގަ އެވެ.
ނިކް، 26، އަކީ އާއިލީ ބޭންޑްގެ "ޖޯނަސް ބަރަދާޒް" ގެ ލީޑް ވޯކަލިސްޓް ވެސް މެ އެވެ.
ޝޯގެ ކޯޗުންގެ ގޮތުގައި މި ފަހަރު ވެސް ހަތަރު ފަންނާނަކު ހިމެނެ އއެވެ. އެއީ ކުރިން ވެސް ކޯޗުންގެ ރޯލް އަދާކޮށްފައިވާ ކެލީ ކްލާކްސަނާއި ޖޯން ލެޖެންޑާއި ބްލޭކް ޝެލްޓަނެވެ.
އެ މީހުންގެ އެޑްވައިޒަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަންނާނުނަށް ބަލާ އިރު ނިކްގެ ޓީމްގައި ހިމެނެނީ އޭނާގެ ދެބޭބެ އިން ކަމަށްވާ ޖޯ އިން ކެވިން ޖޯނަސް އެވެ. ކެލީގެ އެޑްވައިޒަރަކީ ޑުއާ ލިޕާ އެވެ. ލެޖެންޑްގެ ޓީމްގައި އެލާ މާއި ހިމެނޭ އިރު، ބްލޭކްގެ ޓީމްގެ އެޑްވައިޒަރަކީ ބިބީ ރެޒާ އެވެ.
ދަ ވޮއިސް 18 ގެ ޝޯގެ ހޯސްޓަކީ ކުރީގެ 17 ސޒަން ވެސް ހޯސްޓްކުރި ކާޒަން ޑެލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އ.އވ
27 February 2020
ލޮލް... އިންޓަނެޓް އެކްސްޕްލޯރާތަ؟؟